Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ވަގު ފޯމްގެ މައްސަލަ

ވަގު ފޯމްގެ މައްސަލަ - މައްސަލަ ތަހުގީގުކުރުމަށް ފުލުހުންނާއި އޭސީސީގެ މައްޗަށް އަމުރުކޮށްދިނުމަށް ޕީޖީގައި އެދިއްޖެ

އެންމެ ރީތި ގޮތަކީ އިހުސާން އިސްތިއުފާދެއްވުން ނުވަތަ މަޤާމުން ވަކިކުރުން ކަމަށް ޤާނޫނީ ޓީމުން ބުނޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 19 ޖެނުއަރީ 2025 | އާދީއްތަ 10:26
އެމްޑީޕީގެ ޤާނޫނީ ޓީމުގެ ނޫސްވެރިންގެ ބައްދަލުވުން

އެމްޑީޕީގެ ޤާނޫނީ ޓީމުގެ ނޫސްވެރިންގެ ބައްދަލުވުން

ވަގު ފޯމް ފުރައިގެން ޕީއެންސީ އަށް މީހުން ވައްދާފައިވާ މައްސަލަ އާއި ގުޅިގެން އެ މައްސަލަ ތަހުގީގުކުރުމަށް ފުލުހުންނާއި އޭސީސީގެ މައްޗަށް އަމުރުކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި އެދިފައިވާނެ ކަމަށް އެމްޑީޕީން ހާމަކޮށްފިއެވެ.

އެމްޑީޕީގެ ޤާނޫނީ ޓީމުން އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޑިރެކްޓަރު މަހްފޫޒް ސައީދު ވިދާޅުވީ ޕީއެންސީ އަށް މެމްބަރުން އިތުރުކުރުމަށް ސައްހަ ނޫން ގިނަ އަަދަދެއްގެ ފޯރމް ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން އާއްމުންގެ ޒާތީ މައުލޫމާތުން ވައްކަންކޮށް، އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް ވަގަށް ޕީއެންސީ އަށް ވައްދާފައިވާ ކަމަށް މަހްފޫޒް ވިދާޅުވިއެވެ. އެފަދައިން އޮޅުވާލައިގެން ޕީއެންސީ އަށް މެމްބަރުން ވައްދާފައިވާ މައްސަލަ ފެންމަތިވުމުން އެކަމާއި ގުޅޭގޮތުން ޝަކުވާ ހުށަހަޅަން އެމްޑީޕީން ހުޅުވާލި ފުރުސަތުގައި އެމްޑީޕީގެ 3000 މީހުން ޕީއެންސީ އަށް ވައްދާފައިވާކަމުގެ ޝަކުވާ ލިބިފައިވާ ކަަމަށް މަހުފޫޒް ވިދާޅުވިއެވެ. އޭގެ ތެރެއިން އެކަން ތަހުގީގު ކުރަން ބޭނުންވާ މީހުންގެ މައްސަލަތައް ފުލުހުންގެ އިދާރާއަށް ހުށަހަޅަމުންދާ ކަމަށާއި މިހާތަނަށް އެފަދަ 68 މައްސަލަ ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މި މައްސަލަ އަކީ އާއްމުންގެ މަސްލަހަތު އިންތިހާއަށް އޮތް މައްސަލައަކަށްވުމާއި އެކު މި މައްސަލަ ތަހުގީގުކުރުމަށް ޕީޖީ އަމުރުކުރަން ޖެހޭނެކަމަށް ޤަބޫލުކުރައްވާ ކަމަށް ވެސް މަހްފޫޒް ވަނީ ވިދާޅުވެފައެވެ.އެ ޕާޓީގެ ފަރާތުން ފުލުހުންނަށް ވާނީ މި މައްސަލަ އާއި ގުޅޭ ޖިނާއީ ކަންކަން ތަހުގީގުކުރުމަށް އެދި ހުށަހަޅާފަ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ ފޯމްފުރުމުގައި ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްފައިވާތީ އެކަން ބަލާދިނުމަށް އެންޓިކޮރަޕްޝަން ކޮމިޝަން އޭސީސީގައި އެދިފައިވާނެ ކަމަށް މަހްފޫޒް ވަނީ ވިދާޅުވެފައެވެ.

ފުލުހުންނާއި އޭސީސީ މެދުވެރިކޮށް މި މައްސަލަ ބެލުމުގެ އަމުރެއް ނެރެދިނުމަށް ޕީޖީގައި އެދިފައި ވަނީ މިއީ އާއްމު މަސްލަހަތު ހިމެނޭ ކަމަކަށްވާތީ ކަމަށް މަހްފޫޒް ވަނީ ވިދާޅުވެފައެވެ. އެގޮތުން މީގެ ކުރިން ގޯއްޗާއި ފްލެޓްގެ މައްސަލަ ތަހުގީގުކުރުމަށް ޕީޖީ އެންގެވި ބީދައިން މިކަން ވެސް އާއްމުންގެ މަސްލަހަތު ހިމެނޭ ކަމެއްގެ ގޮތުގައި ބެއްލެވުމަށް ފަހު ތަހުގީގުކުރަން އަމުރުކުރަން ޖެހޭ ކަމަށް އެމްޑީޕީން ޤަބޫލުކުރާކަން އެނާ ވަނީ ހާމަކުރައްވާފައެވެ. މީގެ އިތުރުން ސަރުކާރުގެ އިދާރާއެއްގެ ތެރޭގައި ފޯރމްތައް ފުރަން ޖެހުނު ސަބަބާއި، އެ ފޯރމް ފުރިތަނުގައި މިނިސްޓަރ އަލީ އިހުސާން ހުންނަވަން ޖެހުނު ސަބަބާއި، އެކަން ކުރެއްވީ ރައީސްގެ އިރުޝާދުގެ ދަށުންތޯ ނުވަތަ ނޫންތޯ ވެސް ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޤާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ އައިކު އަހުމަދު އީސާ ވިދާޅުވީ މި މައްސަލައިގައި ކޮރަޕްޝަންގެ ގިނަ ކަންކަން ފާހަގަކުރެވޭ ކަމަށެވެ. ފޯރޖް ޑޮކިއުމެންޓްތަކެއް ބޭނުންކުރުމުގެ އިތުރުން ހޯމް މިނިސްޓްރީގެ ވަސީލަތްތައް ބޭނުންކޮށްގެން ޕީއެންސީގެ ފޯމް ފުރުމަކީ ކޮރަޕްޝަންކަމަށް އޭނާ ވިދާޅުވިއެވެ. އެންމެ ފުރަތަމަ ބަލަންޖެހޭ މައްސަލަ އަކީ އެއީ ކަމަށް ޤަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ނަޒާހަތްތެރި ތަހުގީގެއް ކުރަން ބޭނުން ނަމަ މިނިސްޓަރ އިހުސާން ވަގުތީގޮތުން ނަމަވެސް މަޤާމުން ދުރުކުރަން ޖެހޭކަމަށް އައިކު ވަނީ ވިދާޅުވެފައެވެ. އަދި އެންމެ ރީތި ގޮތަކީ އިހުސާން އިސްތިއުފާދެއްވުން ނުވަތަ މަޤާމުން ވަކިކުރުން ކަމަށް އައިކު ވިދާޅުވިއެވެ. އައިކު ވަނީ މިހާތަނަށް އައި އިރު މި މައްސަލަ ނުބެލިވާ ސަބަބާއި މެދު ސުވާލު އުފައްދަވާފައެވެ.

މީގެ އިތުރުން، އެމްޑީޕީގެ ޤާނޫނުނީ ޓީމުގައި ހިމެނިވަޑައިގަންނަވާ އިތުރު ބޭފުޅުން ވެސް ވަނީ އެ ނޫސްވެރިންގެ ބައްދަލުވުމުގައި މި މައްސަލަ އާއި މެދު ވާހަކަދައްކަވާފައެވެ. އެގޮތުން އާއްމުންގެ މަސްލަހަތު ހިމެނޭ ކަމެއްގައި ފުލުހުންނާއި އޭސީސީ ހަނު އޮތުމަކީ ދައުލަތް ހަނުއޮތުން ކަމަށް އެމްޑީޕީގެ ޤާނޫނީ ޓީމުން ވަނީ ފާހަގަކުރައްވާފައެވެ. އަދި މި މައްސަލަ އާއި ގުޅިގެން ހޯމް މިނިސްޓަރ އަލީ އިހުސާނަށް ކުރެވެނީ ސީރިއަސް ތުހުމަތުތަކެއް ކަމަށް އެ ބޭފުޅުން ފާހަގަކުރައްވައެވެ. ސަބަބަކީ އެއީ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ތިމާއަށް ނުވަތަ އެހެން ފަރާތަކަށް މަންފާ ހޯދާދިނުން ކަމަށް އެ ބޭފުޅުން ވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ މި މައްސަލައިގައި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ޢަމަލުތަކާއި މެދު ތުހުމަތުކުރުމުގެ ޖާގަ އޮތް ކަމަށް ވަނީ ފާހަގަކުރައްވާފައެވެ.

ޤާނޫނީ ޓީމުން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި އެމްޑީޕީގެ މެމްބަރުންގެ ތެރެއިން ޕީއެންސީ އަށް ވެއްދި މީހުންގެ ޝަކުވާތަކަށް ބަލާއިރު ޕީއެންސީއަށް ގިނަ މީހުން ވައްދާފައި ހުރީ ސޮޔާއި ފިންގަރޕްރިންޓް ފޯޖުކޮށްގެން، އައިޑީކާޑުގައި ޖަހާފައި ހުރި ފޮޓޯ ބޭނުން ކޮށްގެންކަން ފާހަގަކުރެވެއެވެ. އެހެންކަމުން މިއީ ހަމައެކަނި ޕާޓީއަކުން އެކަނި ކުރެވޭ ވަރަށް ވުރެ ބޮޑު މައްސަލަ އެއް ކަމަށް ބެލެވޭ ކަމަށާއި މިއީ ރޭވިގެން ހިންގާފައިވާ ބޮޑު ޖަރީމާ އެއް ކަމަށް އެ ބޭފުޅުން ފާހަގަކުރައްވައެވެ. މިއީ ސަރުކާރުގެ އިދާރާތަކާއި ވުޒާރާތަކުގެ ބައިވެރިވުމާއި އެކު އިންތިޒާމްވެގެން ހިނގި ކަމެއް ކަމަށް ވެސް އެމްޑީޕީގެ ޤާނޫނީ ޓީމުން ފާހަގަކުރައްވައެވެ.

މިފަދަ މައްސަލަ އެއް ޕީޖީގެ ފަރާތުން ބަލަން އަމުރު ނުކޮށްވުމަކީ އެމްޑީޕީން ކަންބޮޑުވާ ކަމެއް ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. މިބޮޑު ޚިޔާނާތް ހިންގުމުގައި ހޯމް މިނިސްޓަރުގެ ސީދާ ބައިވެރިވުން އޮތް ކަމަށް ބެލޭތީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.

މިއީ ޑރ މުއިއްޒުގެ ކެބިނެޓް މިނިސްޓަރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅުނު ފުރަތަމަ ފަހަރެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު