Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އިސްރާއީލުގެ ކެބިނެޓުން ފާސްކޮށްފި 

އިސްރާއީލުގެ ކެބިނެޓުގެ ބައެއް ހަރުކަށި މެންބަރުން މި އެއްބަސްވުމާ ދެކޮޅުހަދާފައި ވާއިރު، މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވަނީ ނަތަންޔާހޫގެ އިއްތިހާދު ސަރުކާރުގެ 24 ވަޒީރުން މި އެއްބަސްވުމަށް ތާއީދުކޮށް ވޯޓު ދިންއިރު 8 މެންބަރުން މިއާ ދެކޮޅަށް ވޯޓުދިނެވެ.

ރާއްޖެ އެމްވީ | 18 ޖެނުއަރީ 2025 | ހޮނިހިރު 07:53
ބުރެއިޖު ރެފިއުޖީ ކޭމްޕްގައި ހުކުރު ދުވަހު 'އަހަރެމެން ގައުމަށްޓަކައި ގުރުބާންވާނަން' ލިޔެފައިވާ ފަލަސްތީނުގެ ދިދައެއް ހިފައިގެން ފަލަސްތީނުގެ ކުޑަކުއްޖަކު ދުވަނީ

ބުރެއިޖު ރެފިއުޖީ ކޭމްޕްގައި ހުކުރު ދުވަހު 'އަހަރެމެން ގައުމަށްޓަކައި ގުރުބާންވާނަން' ލިޔެފައިވާ ފަލަސްތީނުގެ ދިދައެއް ހިފައިގެން ފަލަސްތީނުގެ ކުޑަކުއްޖަކު ދުވަނީ

460 ދުވަހަށްވުރެ ގިނަ ދުވަސްވީ ހަނގުރާމައިގައި އިސްރާއީލުގެ ބާރުތަކުން 46,788 އަށްވުރެ ގިނަ ފަލަސްތީނު މީހުން ޝަހީދު ކޮށް، 110,453 މީހުން ޒަޚަމްކޮށްލުމަށްފަހު، ޣައްޒާގެ އަނިޔާވެރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ބެންޖަމިން ނަތަންޔާހޫގެ ކެބިނެޓުން ރުހުން ދީފިއެވެ. 

ހަ ގަޑިއިރަށްވުރެ ގިނައިރުގެ ބައްދަލުވުމަކަށް ފަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އިސްރާއީލުގެ ސަރުކާރުން ތަސްދީޤު ކޮށްފައިވާ ކަމަށް ނަތަންޔާހޫގެ އޮފީހުން ހޮނިހިރު ދުވަހުގެ ފަތިހު ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވެއެވެ.

"ސަރުކާރުން ވަނީ ރަހީނުން އަނބުރާ ގެނައުމުގެ އޮނިގަނޑަށް ހުއްދަދީފައެވެ. ރަހީނުން ދޫކޮށްލުމުގެ އޮނިގަނޑު އާދީއްތަ ދުވަހު ތަންފީޒުކުރަން ފެށޭނެއެވެ،" އެ ބަޔާނުގައި ބުނެފައިވެއެވެ. 

އިސްރާއީލުގެ ކެބިނެޓުގެ ބައެއް ހަރުކަށި މެންބަރުން މި އެއްބަސްވުމާ ދެކޮޅުހަދާފައި ވާއިރު، މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވަނީ ނަތަންޔާހޫގެ އިއްތިހާދު ސަރުކާރުގެ 24 ވަޒީރުން މި އެއްބަސްވުމަށް ތާއީދުކޮށް ވޯޓު ދިންއިރު 8 މެންބަރުން މިއާ ދެކޮޅަށް ވޯޓުދިނެވެ.

އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން ހުކުރު ދުވަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ތާއީދުކޮށް ވޯޓުދީފައިވެއެވެ. 

މި އެއްބަސްވުމުގެ ދަށުން، ހަނގުރާމަ ހުއްޓާލުމުގެ ކަންކަން ފުރަތަމަ ކުރިއަށް ދާނީ ހަ ހަފުތާގެ މަރުހަލާއަކުންނެވެ. މި މަރުހަލާގައި ޣައްޒާ ގައި ތިބި ރަހީނުން ދޫކޮށްލުމުގެ ބަދަލުގައި އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ފަލަސްތީނު މީހުން ދޫކޮށްލެވޭނެއެވެ.

ކެބިނެޓުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ތަސްދީޤު ކުރުމަށްފަހު، އިސްރާއީލުގެ އިދާރާތަކުން އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގައި ދޫކޮށްލުމަށް ހަމަޖެހިފައިވާ 737 ފަލަސްތީނު ގައިދީންގެ އަޕްޑޭޓްކޮށްފައިވާ ލިސްޓެއް ވަނީ ހާމަކޮށްފައެވެ. މި މަރުހަލާ އާދީއްތަ ދުވަހުގެ މެންދުރުފަހު 4:00 ގެ ކުރިން ނުފެށޭނެ ކަމަށްވެސް ބުނެފައިވެއެވެ. 

ދަ ޓައިމްސް އޮފް އިޒްރޭލުން ރިޕޯޓުކުރާ ގޮތުގައި މި ލިސްޓުގައި ހިމެނެނީ އުމުރަށް ޙުކުމް އިއްވާފައިވާ ހަމާސް، ފަލަސްތީނުގެ އިސްލާމިކް ޖިހާދު އަދި ފަލަސްތީނު އޮތޯރިޓީގެ ވެރިކަން ކުރާ ފަތަހް ޖަމާއަތަށް ނިސްބަތްވާ މެމްބަރުންނެވެ.

އަދިވެސް ގިނަ ބަޔަކު ޝައްކުގެ ނަޒަރަކުން ބަލަމުންދާ މި އެއްބަސްވުން ފުރަތަމަ މަރުހަލާ ފުރިހަމަ ވުމާ ހަމައަށްވެސް ދެމިގެން ހިނގައިދާނެ ކަމާ މެދު ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ.

ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކުގައި ބައިވެރިވާ އެމެރިކާގެ އިސް ފަރާތް ކަމުގައިވާ ބްރެޓް މެކްގާކް ބުނެފައިވަނީ، ހަނގުރާމަ ހުއްޓާލުން އާދީއްތަ ދުވަހުގެ ހެނދުނު ފެށޭނެ ކަމަށާއި، އާދީއްތަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ތިން އަންހެން ރަހީނުން ރެޑް ކްރޮސް މެދުވެރިކޮށް އިޒްރޭލަށް ހަވާލު ކުރެވޭނެ ކަމަށް ވައިޓް ހައުސް އިން އުންމީދުކުރާ ކަމަށެވެ. 

"އަހަރެމެންނަށް ޔަޤީންކަން އެބައޮތް... އާދީއްތަ ދުވަހު މި އެއްބަސްވުން ތަންފީޒު ކުރަން ފެށޭނެ ކަމަށް،" މެކްގާކް ވައިޓް ހައުސް ގައި ދިން ބަސްދީގަތުމެއްގައި ބުނެފައިވެއެވެ. 

އާދީއްތަ ދުވަހު ރަހީނުން ދޫކޮށްލުމަށްފަހު، މެކްގާކް ބުނެފައިވަނީ މި އެއްބަސްވުމުގެ ދަށުން ހަތް ދުވަހުގެ ފަހުން އިތުރު ހަތަރު އަންހެން ރަހީނުން ދޫކޮށްލެވޭނެ ކަމަށާއި، އޭގެ ފަހުން ކޮންމެ ހަތް ދުވަހަކުން އިތުރު ތިން ރަހީނުން ދޫކޮށްލެވޭނެ ކަމަށެވެ. 

ޤަޠަރު، މިޞްރު އަދި އެމެރިކާ އިން އިން މެދުވެރިވެގެން ބުދަ ދުވަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އިޢުލާންކުރި ނަމަވެސް، އޭގެ ފަހުން ވެސް އިސްރާއީލުގެ ހަމަލާތައް ޣައްޒާއަށް ދެމުން ގޮސް، މި ފާއިތުވި ކުރު މުއްދަތުގައި ގާތްގަނޑަކަށް 120 ފަލަސްތީނު މީހުން ވަނީ ޝަހީދު ކޮށްލާފައެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

20 ފެބުރުއަރީ 2017
މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި
19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
11 ފެބުރުއަރީ 2017

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް
09 ފެބުރުއަރީ 2017

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު