Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އިސްރާއީލުގެ ސަލާމަތީ ކެބިނެޓުން ފާސް ކޮށްފި

މުޅި ކެބިނެޓުން މި އެއްބަސްވުމަށް ހުއްދަދިނުމަށް ހުކުރު ދުވަހުގެ ފަހުގެ ވަގުތެއްގައި ބައްދަލުވުމެއް ބާއްވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރާއްޖެ އެމްވީ | 17 ޖެނުއަރީ 2025 | ހުކުރު 16:28
ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ރިޔާސަތު ބަލަހައްޓަވާ އިސްރާއީލުގެ ސަލާމަތީ ކެބިނެޓްގެ ބައްދަލުވުމެއް 2024 އޭޕްރީލް 14 ވަނަ ދުވަހު ކުރިއަށް ދަނީ

ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ރިޔާސަތު ބަލަހައްޓަވާ އިސްރާއީލުގެ ސަލާމަތީ ކެބިނެޓްގެ ބައްދަލުވުމެއް 2024 އޭޕްރީލް 14 ވަނަ ދުވަހު ކުރިއަށް ދަނީ

އިސްރާއީލުގެ ސަލާމަތީ ކެބިނެޓުން ހުކުރު ދުވަހު ވޯޓު ނަގައި، އަންނަ އާދިއްތަ ދުވަހު އަމަލު ކުރަން ފަށާ ޣައްޒާގެ ހަނގުރާމަ ހުއްޓާލުމާއި ރަހީނުން ދޫކޮށްލުމުގެ އެއްބަސްވުމަށް ހުއްދަދީފި ކަމަށް ބޮޑުވަޒީރުގެ އޮފީހުން ބުނެފިއެވެ.

ދެން އޮންނާނީ ނަތަންޔާހޫގެ ފުލް ކެބިނެޓުން މި އެއްބަސްވުން ފާސް ކުރުން ކަމަށްވެސް ބުނެފައިވެއެވެ. ފައިނަލް އެޕްރޫވަލް މުޅި ކެބިނެޓުން ލިބުމުން މި އެއްބަސްވުމުގެ ދަށުން، ޣައްޒާގައި ހިނގަމުންދާ އަނިޔާވެރި ހަނގުރާމައިގައި އިސްރާއީލުން ދެމުންދާ ހަމަލާތަކާއި ބޮންއެޅުން ނިމުމަކަށް އަންނާނެއެވެ.

މީގެ އިތުރުން، 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ހަމަލާއާ ގުޅިގެން ޣައްޒާގައި ހިފަހައްޓާފައިވާ އިސްރާއީލުގެ ރަހީނުން އާދީއްތަ ދުވަހު ދޫކޮށްލަން ފަށާނެއެވެ.

ޤަޠަރު، އެމެރިކާ އަދި މިޞްރު މެދުވެރިވެގެން ވެވުނު މި އެއްބަސްވުމުގެ ދަށުން، ކުރިއަށް އޮތް ހަފްތާތަކުގައި އިސްރާއީލުގެ ޖަލުތަކުގައި ތިބި އެތައް ސަތޭކަ ފަލަސްޠީނު ގައިދީން މިނިވަންވާނެއެވެ.

މި އެއްބަސްވުން އިޢުލާންކުރި ފަހުން ވެސް އިސްރާއީލުގެ ހަމަލާތަކުގައި ގިނަ އަދަދެއްގެ މީހުން ފަލަސްތީނުން ޝަހީދުވެފައިވެއެވެ.

އިސްރާއީލުގެ ސިފައިން ބުރާސްފަތި ދުވަހު ބުނެފައިވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާގެ 50 ށް ވުރެ ގިނަ ތަންތަނަށް ހަމަލާދީފައިވާ ކަމަށެވެ.

މުޅި ކެބިނެޓުން މި އެއްބަސްވުމަށް ހުއްދަދިނުމަށް ހުކުރު ދުވަހުގެ ފަހުގެ ވަގުތެއްގައި ބައްދަލުވުމެއް ބާއްވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ޢަމަލުކުރަން ފަށާނީ ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރައީސް ކަމަށް ހުވާކުރެއްވުމުގެ އެއް ދުވަސް ކުރިންނެވެ.

މި ހުށަހެޅިފައިވާ އެއްބަސްވުމަކީ "ހަނގުރާމައިގެ މަޤްޞަދުތައް ހާސިލުކުރުމަށް އެހީތެރިވާ" އެއްބަސްވުމެއް ކަމަށް ބުނެ، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން އިޢުލާން ކޮށްފައިވަނީ ސަލާމަތީ ކެބިނެޓުން ސަރުކާރަށް މި އެއްބަސްވުން ފާސްކުރުމަށް ލަފާދީފައިވާ ކަމަށެވެ.

ނަތަންޔާހޫގެ އޮފީހުން ކުރިން ބުނެފައިވަނީ އާދީއްތަ ދުވަހު ހަމާސް އިން ހައްޔަރު ކޮށްފައިވާ ރަހީނުން ދޫކޮށްލަން ފަށާނެ ކަމަށެވެ.                 

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

20 ފެބުރުއަރީ 2017
މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި
19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
11 ފެބުރުއަރީ 2017

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް
09 ފެބުރުއަރީ 2017

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު