Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ

އިޙްސާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަަށް ހުށަހަޅައިފި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 17 ޖެނުއަރީ 2025 | ހުކުރު 15:45
ރާއްޖެ އެމްވީ ކުއްލި ހަބަރު

ރާއްޖެ އެމްވީ ކުއްލި ހަބަރު

މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަަށް ހުށަހަޅައިފިއެވެ.

އެ މައްސަލަ ހުށަހަޅާފައި ވަނީ ގާނޫނުއަސާސީގެ 132 ވަނަ މާއްދާއިން ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމުގައްޔާއި، ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ލިބިގެންވާ ބާރު ބޭނުންކުރުމުގައި، ގާނޫނުއަސާސީއާއި ގާނޫނުތަކާ ކަނޑައެޅިގެން ހިލާފަށް އަމަލުކުރަމުންގެންދާތީއާއި، ގާނޫނުއަސާސީގެ 136 ވަނަ މާއްދާގެ (ށ) އާ ހިލާފަށް ވަޒީރުންގެ މަޖިލީހުގެ މެމްބަރަކު ކޮށްގެންނުވާނެ އަމަލުތައް ކުރަމުންގެންދާތީ، ގާނޫނުއަސާސީގެ

Advertisement - newsAdvertisement

101 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.

އެ މައްސަލަ ހުށަހަޅާފައި ވަނީ އެމްޑީޕީގެ 12 މެމްބަރުންގެ ސޮޔާއި އެކުގަ ކަމަށް ވާއިރު އެ މައްސަލައިގެ ސޮއިކުރުމުގެ މަސައްކަތް ކުރީ ޖެނުއަރީ 16ގައެވެ. އަދި މައްސަލަ ހުށަހެޅީ ހުކުރު ދުވަހުއެވެ.

ެިއިހުސާން ވަކިކުރަން ހުށަހެޅި މައްސަލައިގައި 5 ކަމެއް ފާހަގަކޮށްފައިވެއެވެ.

ދިވެހި ރައްޔިތުންގެ ޒާތީ މައުލޫމާތު ބަލަހައްޓަމުން ގެންދާ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އާއި، ދިވެހިރައްޔިތުންގެ ދަތުރުފަތުރުގެ ރެކޯޑުތައް ބަލަހައްޓަމުން ގެންދާ، މޯލްޑިވްސް އިމިގްރޭޝަނާއި އަދި، ފޯނުގެ ހިދުމަތާއި އިންޓަރނެޓްގެ ހިދުމަތް ފޯރުކޮށްދޭ ކުންފުނިތައް ރެގިއުލޭޓުކުރާ ފަރާތްކަމުގައިވާ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއަށް މަސްއޫލުވާ ވަޒީރަކީ، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން ކަން އެ މައްސަލައިގައި ވަނީ ފާހަގަކޮށްފައެވެ.

ޢަލީ އިޙްސާން އަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ބެލެނިވެރި ފަރާތް ކަމަށްވީއިރު، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން ގާނޫނުއަސާސީއާއި ގާނޫނުތަކާ ހިލާފަށް ހިންގާފައިވާ އަމަލުތަކުގެ ތެރޭގައި ޖިނާއީ ކުށުގެ އަމަލުތައްވެސް ހިމެނޭ ކަމަަަަށް އެ މައްސަލައިގައި ބުނެފައިވެއެވެ.

މީގެ އިތުރުން، އޭނާ އެ މަގާމުގައި ދެމިހުރެއްޖެނަމަ، އޭނާގެ މައްޗަށް ހިންގޭ ޖިނާއީ ތަހުގީގަށް ހުރަސްއެޅުމުގެ އިހްތިމާލު ފާޅުކަން ބޮޑުގޮތެއްގައި އޮންނާނެކަމަަށް އެ މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން އޭނާ އެ މަގާމުގައި އިތުރަށް ހުރުމަކީ، ދިވެހިރައްޔިތުންގެ ހައްޤުތައް ގެއްލި، ދިވެހިރާއްޖޭގެ ސަލާމަލާއި ރައްކާތެރިކަމަށް ބުރޫއަރާފާނެ ކަމެއް ކަމަށް ޤަބޫލުކުރެވޭ ކަމަށް އެ މައްސަލައިގައި ވަނީ ފާހަގަކޮށްފައެވެ.

އެ މައްސަލައިގައި ބުނެފައި ވަނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ވަޒީރުކަމާ މިނިސްޓަރ ޢަލީ އިޙްސާން ހަވާލުވެވަޑައިގެންނެވި ފަހުން، މި ވޭތުވެދިޔަ 1 އަހަރާއި 2 މަސް ދުވަހުގެ ތެރޭގައި، ވަޒީރުންގެ މަޖިލީހުގެ މެމްބަރަކު ކޮށްގެން ނުވާނެ ކިތަންމެ ކަމެއް ކޮށް، ޤާނޫނުއަސާސީއާއި ޤާނޫނުތަކާ ހިލާފުވެފައިވާ ކަމަށެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށްޓަކައި މޯލްޑިވްސް އިމްގްރޭޝަން އިން ބޭނުންކުރުމަށް ދިވެހިރާއްޖޭގެ ކުންފުންޏަކުން އޮންލައިން އެކްސްޕެޓް ސިސްޓަމެއް ގާއިމުކޮށްފައި ވަނިކޮށް، އެ ނިޒާމު ހުއްޓުމަކަށް ގެނެސް، ދިވެހިރާއްޖޭގައި އުޅޭ ބިދޭސީންގެ އެންމެހައި ކަންކަން ބެލެހެއްޓުމަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވި، "ބްލެކްލިސްޓް" ވެފައިވާ މެލޭޝިއާ ގެ ބެސްޓިނެޓް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށް، މި އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް އަހަރަކު 460 މިލިއަން ރުފިޔާގެ ކޮންޓްރެކްޓެއް އެވޯޑްކޮށްފައިވާ ކަމަށް މި މައްސަލައިގައި ވަނީ ފާހަގަކޮށްފައެވެ.

އެކަމުގެ އިތުރު ތަފްސީލް ހާމަކުރަމުން އެ މައްސަލައިގައި ބުނެފައި ވަނީ މި އެއްބަސްވުން އެކުލަވާލަންޖެހުނީ، 2013-2018 ގެ ސަރުކާރުން ބެސްޓިނެޓާއެކު ވެފައިވާ އެއްބަސްވުމަށް އަމަލުނުކޮށްފިނަމަ، ބެސްޓިނެޓަށް، 13.7 މިލިއަން ޑޮލަރުގެ ގެއްލުމުގެ ބަދަލު ދޭންޖެހުމުގެ ފުރުސަތު އޮތް ކަމަށް މިނިސްޓަރ ޢަލީ އިޙްސާން ބަޔާންކުރައްވާފައިވާ ކަމަށެވެ. އެހެންނަމަވެސް 2013-2018 ގެ ސަރުކާރާ ބެސްޓިނެޓް ކުންފުންޏާއެކު ގާނޫނީ ގޮތުން ބަނދެވިގެންވާ އެއްބަސްވުމެއް އެކުލަވާލާފައިނުވާކަމާއި، އެ ކުންފުންޏަށް ލިބެންޖެހޭ ކަމަށް ބުނާ ގެއްލުމުގެ ބަދަލާ ގުޅިގެން މިހާތަނަށް އެއްވެސް ޝަކުވާއެއް އަދި ދައުވާއެއްވެސް ހުށަހަޅާފައިނުވާކަން މި މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

ހަމައެހެންމެ އެ ސިސްޓަމް ތަރައްގީކޮށްފައިވާ ދިވެހިރާއްޖޭގެ ކުންފުނި މެދުވެރިކޮށް ހަރަދުކުޑަކޮށް އެ މަސައްކަތް ކުރެވެން އޮތްއިރު، އެކަމަށް ރިއާޔަތްކުރުމެއްނެތި، ދިވެހިރާއްޖޭގެ އެކްސްޕެޓް ސިސްޓަމްގެ ހިންގުން ބެސްޓިނެޓާ ހަވާލުކުރުމަކީ، ދައުލަތަށް މަންފާވާން އޮތްކަމެއްގައި އެނޫން ގޮތަކަށް ޢަމަލުކުރުމާއި، ދައުލަތަށް ލިބެން އޮތް ފައިދާއަކަށް އުނިކަމެއް ލިބޭގޮތަށް ޢަމަލުކުރުން ކަމާއި، މިއީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 517 ވަނަ މާއްދާގައި ބުނާ ޖިނާއީ ކުށުގެ އަމަލެއްކަމަށް ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން ގާނޫނުއަސާސީގެ 236 ވަނަ މާއްދާގެ ދަށުން ގާއިމްކޮށްފައިވާ ސަލާމަތީ ހިދުމަތުގެ ތެރޭގައި ހިމެނޭ ފުލުހުންގެ އިދާރާއާ ދިވެހިރާއްޖޭގައި ހިނގާ ޖިނާއީ އެންމެހައި މައްސަލަތަކެއް ތަހުގީގުކުރުމުގެ ބާރު ލިބިދީފައި ވާއިރު އެ ހިދުމަތުގެ މަސްއޫލުވެރި ވަޒީރުގެ ހައިސިއްޔަތުން އިހުސާން އަމަލުކުރައްވަނީ ރަނގަޅަށް ނޫން ކަމަށް އެ މައްސަލައިގައިވެއެވެ. އެގޮތުން އެ އިދާރާއިން ހިނގަމުންދާ ތަހުގީގުތަކަށް ސިޔާސީ ނުފޫޒު ފޯރުވައި، ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ހިންގާ ޖިނާއީ ކުށުގެ އަމަލުތައް ތަހުގީގުކުރުމަށް ހުރަސްއަޅައި، ގާނޫނުއަސާސީއާއި ގާނޫނުތަކުގައިވާ ގޮތުގެ މަތިން ދިވެހި ފުލުހުންގެ ހިދުމަތާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށް ތަކުރާރުކޮށް ހުރަސްއަޅަމުންގޮސްފައިވާކަމަށް އެ މައްސަލައިގައި ބަޔާންކޮށްފައިވެއެވެ.

ހަމައެހެންމެ އެތައް ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން، އެމީހުންގެ ރުހުމާ ނުލައި، ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މެމްބަރުން އިތުރުކުރުމުގެ ނަމުގައި، ގިނަ އަދަދެއްގެ ސައްހަނޫން ފޯމުތަކެއް އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވަނީ، ދިވެހި އެންމެހައި ރައްޔިތުންގެ ޒާތީ މައުލޫމާތު ހިމެނޭ ޑީއެންއާރުގެ މައުލޫމާތުތަކުންކަން އެނގޭ ކަމަށް ވެސް ވަނީ ބުނެފައެވެ. އެހެންކަމަށް ވާއިރު އެތަންވެސް އޮޔޯ ޓެކްނޮލޮޖީ ޢަލީ އިޙްސާންގެ ބެއްލެވުމުގެ ދަށުގައި ކަން މައްސަލައިގައި ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު