Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށްފަހު ޣައްޒާ ގައި މަދުވެގެން 20 މީހުން ޝަހީދު ކޮށްލައިފި

ބުދަދުވަހު ހަނގުރާމަ ހުއްޓާލުމަށް އެއްބަސް ވީ ނަމަވެސް ޣައްޒާގެ ގިނަ ސަރަހައްދުތަކަކަށް އިސްރާއީލުން ވަނީ ހަމަލާދީފައި.

ރާއްޖެ އެމްވީ | 16 ޖެނުއަރީ 2025 | ބުރާސްފަތި 10:49
2025، ޖެނުއަރީ 5 ގައި، ޣައްޒާގެ މެދުތެރޭގެ ދީރުލް ބާލާހުގެ އަގްސާ ޝަހީދުންގެ ހޮސްޕިޓަލުގެ ބޭރުގައި އިސްރާއީލުން ބޮންއެޅުމުން ޝަހީދުވި މީހުންގެ ގާތްތިމާގެ މީހުންނަށް ހިތާމަކުރަނީ

2025، ޖެނުއަރީ 5 ގައި، ޣައްޒާގެ މެދުތެރޭގެ ދީރުލް ބާލާހުގެ އަގްސާ ޝަހީދުންގެ ހޮސްޕިޓަލުގެ ބޭރުގައި އިސްރާއީލުން ބޮންއެޅުމުން ޝަހީދުވި މީހުންގެ ގާތްތިމާގެ މީހުންނަށް ހިތާމަކުރަނީ

ޣައްޒާ ގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވިއްޖެ ކަމަށް ބުދާ ދުވަހު އިއުލާނު ކޮށްފައި ވަނިކޮށް އިސްރާއީލުން ފަލަސްތީނުގެ މަދުވެގެން 20 މީހުން ޝަހީދު ކޮށްލައިފިއެވެ.

އެކަން ވަނީ ޣައްޒާގެ މަދަނީ ދިފާއީ އޭޖެންސީން ކަށަވަރު ކޮށްދީފައެވެ. 

އޭޖެންސީގެ ތަރުޖަމާނު މަޙްމޫދު ބައްސާލް އޭއެފްޕީއަށް ބުނިގޮތުގައި، ޣައްޒާ އަށް އިސްރާއީލުން އެތައް ހަމަލާއެއް ދީފައިވެއެވެ. މިހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭން 18 މީހުންނަކީ ޣައްޒާ ސިޓީ އަށް ދިން ހަމަލާތަކުގައި ޝަހީދުވި މީހުން ކަމަށްވެސް ބުނެފައިވެއެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައި ކަމަށް އިއުލާނު ކުރި ނަމަވެސް "ހަމަލާތައް ހުއްޓާލާފައެއް ނުވެއެވެ،" އޭނާ ވިދާޅުވިއެވެ.

ރަސްމީ އިދާރާތަކުން ހާމަކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު، 7 އޮކްޓޯބަރ 2023  އިން ފެށިގެން އިސްރާއީލުގެ ޙަމަލާތަކުގެ ސަބަބުން ފަލަސްޠީނުގެ ޝަހީދުވެފައިވާ މީހުންގެ އަދަދު 46,707 އަށް އަރާފައިވެއެވެ. އަދި އިތުރު 110,265 މީހުން ޒަޚަމްވެފައިވެއެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

20 ފެބުރުއަރީ 2017
މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި
19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
11 ފެބުރުއަރީ 2017

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް
09 ފެބުރުއަރީ 2017

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު