Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ބެހިފައިވަނީ ތިން މަރުހަލާއަކަށް، އެއްބަސްވުން ތަންފީޒު ކުރަން ފަށާނީ އާދިއްތަ ދުވަހު

ރޮއިޓަރސް ނިއުސް އޭޖެންސީން ރިޕޯޓުކުރި ގޮތުގައި، މި އެއްބަސްވުމުގައި ހިމެނެނީ 6 ހަފުތާގެ މުއްދަތަކަށް ދެމިގެންދާ ފުރަތަމަ މަރުޙަލާގައި ހަނގުރާމަ ހުއްޓާލުމެވެ. މީގެ ތެރޭގައި މެދުތެރޭ ޣައްޒާއިން އިސްރާއީލުގެ ސިފައިން މަޑުމަޑުން ފޭބުމާއި، އުތުރު ޣައްޒާ އަށް ފަލަސްޠީނު ރައްޔިތުން އަނބުރާ ދިއުން ހިމެނެއެވެ.

ރާއްޖެ އެމްވީ | 15 ޖެނުއަރީ 2025 | ބުދަ 20:08
ދެކުނު ޣައްޒާގެ ޚާން ޔޫނިސް ގައި ފަލަސްތީނުގެ ރައްޔިތުން އުފާފާޅު ކުރަނީ

ދެކުނު ޣައްޒާގެ ޚާން ޔޫނިސް ގައި ފަލަސްތީނުގެ ރައްޔިތުން އުފާފާޅު ކުރަނީ

އިސްރާއީލާއި ހަމާސް އިން ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައި ކަމަށް އިއުލާނު ކުރި އިރު އެ އެއްބަސްވުން ތިން މަރުހަލާއަކަށް ކުރިއަށްދާނެ ކަމަށް ރިޕޯޓް ތައް ބުނެއެވެ.

ޤަޠަރުގެ ބޮޑުވަޒީރު ޝެއިޚް މުޙައްމަދު ބިން އަބްދުއްރަޙްމާން އާލް ޘާނީ ވިދާޅުވި ގޮތުގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ޢަމަލުކުރަން ފަށާނީ އާދީއްތަ ދުވަހުއެވެ.

މި އެއްބަސްވުމަށް ވާސިލުވެފައިވަނީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެތައް ހާސް ފަލަސްޠީނު ރައްޔިތުން ޝަހީދުވެ، އަދި އެއަށްވުރެ ގިނަ އަދަދެއްގެ މީހުން ޒަޚަމްވެ، އެތައް ހާސް ބަޔަކު ގެދޮރުން ނުކުންނަން މަޖުބޫރުވެފައިވާ ދަނޑިވަޅެއްގައި، ދޯޙާ ގައި ހިނގި ވަރަށް އުނދަގޫ މަޝްވަރާ ތަކަކަށް ފަހުގައެވެ.

ރޮއިޓަރސް ނިއުސް އޭޖެންސީން ރިޕޯޓުކުރި ގޮތުގައި، މި އެއްބަސްވުމުގައި ހިމެނެނީ 6 ހަފުތާގެ މުއްދަތަކަށް ދެމިގެންދާ ފުރަތަމަ މަރުޙަލާގައި ހަނގުރާމަ ހުއްޓާލުމެވެ. މީގެ ތެރޭގައި މެދުތެރޭ ޣައްޒާއިން އިސްރާއީލުގެ ސިފައިން މަޑުމަޑުން ފޭބުމާއި، އުތުރު ޣައްޒާ އަށް ފަލަސްޠީނު ރައްޔިތުން އަނބުރާ ދިއުން ހިމެނެއެވެ.

ޙަމާސްއިން 33 ރަހީނުން ދޫކޮށްލާނެއެވެ. މީގެ ތެރޭގައި ހުރިހާ އަންހެނުންނާއި، ކުޑަކުދިންނާއި، 50 އަހަރުން މަތީގެ ފިރިހެނުން ހިމެނެއެވެ. މީގެ ބަދަލުގައި، އިސްރާއީލުން ބަންދުކޮށްފައި ތިބި އެތައް ސަތޭކަ ފަލަސްޠީނު މީހުން ދޫކޮށްލާނެއެވެ.

މީގެ އިތުރުން، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ބައެއްގެ ގޮތުން ޣައްޒާއަށް އިންސާނީ އެހީ ވެއްދުން އިތުރުކުރެވޭނެއެވެ.

ގިނަ ފަރާތްތަކުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ވާސިލުވެފައިވާ ކަމަށް ބުނި ނަމަވެސް، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުނެފައިވަނީ "މި އެއްބަސްވުމުގައި އަދިވެސް ޙައްލުނުވާ މާއްދާތަކެއް އެބަހުރި" ކަމަށާއި "މި ރޭ މިކަންކަން ހައްލުވާނޭ ކަމަށް އުއްމީދުކުރާ" ކަމަށެވެ.

އެއްބަސްވުމުގެ ދެވަނަ މަރުޙަލާއާ ގުޅޭ މަޝްވަރާތައް ފެށުމަށް ހަމަޖެހިފައިވަނީ ފުރަތަމަ މަރުޙަލާގެ 16 ވަނަ ދުވަހުގައެވެ.

މި މަރުޙަލާގައި އުއްމީދު ކުރެވެނީ އިސްރާއީލުގެ ފިރިހެން ސިފައިން ވެސް ހިމެނޭ ގޮތަށް، ބާކީ ތިބި ހުރިހާ ރަހީނުން، ދޫކޮށްލުމާއި، ދާއިމީ ގޮތަކަށް ހަނގުރާމަ ހުއްޓާލުމާއި، ޣައްޒާ އިން އިސްރާއީލުގެ ހުރިހާ ސިފައިން މުޅިން ފޭބުމެވެ.

ތިންވަނަ މަރުޙަލާގައި އުއްމީދު ކުރެވެނީ މަރުވެފައިވާ ރަހީނުންގެ ހަށިތައް އަނބުރާ ރައްދުކުރުމާއި، މިޞްރު، ޤަޠަރު އަދި އދ ގެ ބެލުމުގެ ދަށުން ޣައްޒާ އަލުން ބިނާކުރަން ފެށުމެވެ.

އިސްރާއީލުގެ ސަރުކާރުން ބުރާސްފަތި ދުވަހު ޣައްޒާގެ އެއްބަސްވުމަށް ވޯޓުލާނެ ކަމަށް އޮފިޝަލަކު ބުނެފައިވެއެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ޚަބަރު ފެތުރުނު އިރު، ޣައްޒާގެ ޚާން ޔޫނިސްގައި ފަލަސްޠީނު ރައްޔިތުން އުފާފާޅުކުރަމުން ދިޔަ އިރު، ތެލް އަވީވުގެ މަގުތަކުގައި އިސްރާއީލު މީހުން ޝުއޫރު ފާޅުކުރާ މަންޒަރު ފެނުނެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވީ އެއްބަސްވުމަށް ވާސިލުވެފައިވަނީ "އެތައް މަހެއްގެ ވަރުގަދަ ޑިޕްލޮމަސީއަކަށްފަހު" ކަމަށާއި، ރަހީނުން އެމީހުންގެ ޢާއިލާތަކައް ރައްދުކުރެވޭތީ "ވަރަށް އުފާވާ" ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު 600 އެހީގެ ޓްރަކު ޣައްޒާއަށް ވެއްދުމަށް ލާޒިމުކުރެއެވެ. ނަމަވެސް އދ ގެ އިސް އޮފިޝަލަކު ރޮއިޓަރސް އަށް ވިދާޅުވި ގޮތުގައި، މި އެއްބަސްވުމުގައި ސަލާމަތީ އިންތިޒާމުތައް ހިމެނިފައި ނުވާނަމަ މިކަން ކުރުމަކީ އުނދަގޫ ކަމަކަށް ވެދާނެއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ކުރިން ވިދާޅުވެފައިވަނީ ޙަމާސް މުޅިން ނައްތާނުލެވެނީސް ހަނގުރާމަ ހުއްޓާ ނުލައްވާނެ ކަމަށެވެ.                                                  

7 އޮކްޓޯބަރު 2023 އިން ފެށިގެން އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގައި މަދުވެގެން 46،707 ފަލަސްތީނު މީހުން ޝަހީދުވެ، 110،265 މީހުން ޒަޚަމްވެފައިވެއެވެ. 

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

20 ފެބުރުއަރީ 2017
މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި
19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
11 ފެބުރުއަރީ 2017

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް
09 ފެބުރުއަރީ 2017

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު