Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސާޖަންޓް އާދަމްގެ މަރު

ސާޖަންޓް އާދަމްގެ މަރު: ދިފާއީ ވަކީލު އެހެން އަޑުއެހުމެއްގައި ހުރުމުން ކްރިމިނަލް ކޯޓުގެ އަޑުއެހުންތައް ނުފެށުނު

ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވަނީ ޕްރޮސިކިއުޓަރުން ކޯޓަށް ހުށަހަޅާފައިވާ އެއްވެސް ޝަފަހީ ހެކިވެރިއަކު ކޯޓަށް ހާޒިރުނުކޮށް ކަމަށް ވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 15 ޖެނުއަރީ 2025 | ބުދަ 12:16
ކާށިދޫގައި ޕޮލިސް ސާޖަންޓް އާދަމް ހަލީމް މަރާލި މައްސަލައިގައި ހުކުމް އިއްވި ސަމާހު

ކާށިދޫގައި ޕޮލިސް ސާޖަންޓް އާދަމް ހަލީމް މަރާލި މައްސަލައިގައި ހުކުމް އިއްވި ސަމާހު

ކ. ކާށިދޫގައި މަރާލި ޕޮލިސް ސާޖަންޓް އާދަމް ހަލީމްގެ ގާތިލު މުހައްމަދު ސަމާހަށް އިއްވާފައިވާ މަރުގެ ހުކުމް ބާތިލުކޮށް، އެ މައްސަލަ ކްރިމިނަލް ކޯޓުން އަލުން ބެލުމަށް ބޭއްވި އަޑުއެހުން ކެންސަލްވެއްޖެއެވެ.

ކ. ކާށިދޫގައި މަރާލި ޕޮލިސް ސާޖަންޓް އާދަމް ހަލީމްގެ ގާތިލު މުހައްމަދު ސަމާހަށް އިއްވާފައިވާ މަރުގެ ހުކުމް ބާތިލުކޮށް، އެ މައްސަލަ ކްރިމިނަލް ކޯޓުން އަލުން ބެލުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެންގީ މުހައްމަދު ސަމާހުގެ ފަރާތުން މި މައްސަލަ އިސްތިއުނާފުކުރުމުންނެވެ. ސުޕްރީމް ކޯޓުން މި މައްސަލަ އަލުން ބަލަން އަންގާފައިވަނީ 23 ސެޕްޓެމްބަރު 2024 ގައެވެ.

Advertisement - newsAdvertisement

މި މައްސަލައަކީ 23 ޖުލައި 2012 ވަނަ ދުވަހު ހިނގާދިޔަ ޙާދިސާއަކާ ގުޅޭ މައްސަލައެކެވެ.

ސުޕްރީމް ކޯޓުގެ އެންގުމާ އެއްގޮތަށް މި މައްސަލަ ކްރިމިނަލް ކޯޓުގައި ތާވަލުކޮށް ފުރަތަމަ އަޑުއެހުން ބޭއްވި ނަމަވެސް، ސަމާހުގެ ވަކީލު އެހެން ޝަރީއަތެއްގައި ހުރުމުން މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ވަނީ ނުވެފައެވެ.

ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ މި މައްސަލައިގައި އެއިރު ކަން ހިނގާފައިވާގޮތަށް ބަލާއިރު ސަމާހުގެ ވަކީލު ވިދާޅުވީ، ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ޙުކުމް ކޮށްފައިވަނީ އޭނާގެ އިއުތިރާފަށް ބަލައިގެން ކަމަށާއި، އެ އިއުތިރާފުގެ ސައްޙަކަން ކަށަވަރު ކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ.

އަދި ސަމާހުގެ ފަރާތުން އޭނާ އިއުތިރާފު ނުވާކަމަށް 12 ނޮވެމްބަރު 2012 ގައި ބުނި ނަމަވެސް، އެ ވާހަކަތަކަށް ރިއާޔަތް ކުރުމެއް ނެތި އޭނާގެ މައްޗަށް ޝަރީއަތް ހިންގައި، ޤިސާސް ހިފުމަށް ޙުކުމް ކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށް އޭނާގެ ވަކީލު ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، އޭނާއަށް ފުލުހުން އަނިޔާކޮށްފައިވާ ކަމަށް އޭނާ ބުނާއިރު، ޝަރީއަތުގައި ފުލުހުން ބުނެފައިވަނީ އޭނާ ގެނައިރުވެސް ހުރީ އެގޮތަށް (އަނިޔާތަކާއެކު) ކަމަށެވެ.

އެކަމާ ގުޅޭގޮތުން ސަމާހު ބުނީ، އޭނާ ގެންދިޔައީ ސައިކަލެއްގައި ބިޑި އަޅުވާފައި ބާއްވައިގެން ކަމަށާއި، ގެންދިއުމަށްފަހު އޭނާގެ ބޮލާއި މޫނުގައި ތަޅާފައިވާ ކަމަށެވެ.

އެހެންކަމުން އެ ޙާލަތުގައި އޭނާ ހުއްޓައި ޝަރީއަތަށް ގެންދިއުމުންވެސް، އޭނާ ހުރި ޙާލަތާމެދު ފަނޑިޔާރު ސުވާލު އުފެދެންޖެހޭކަމަށް ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނޭކަމަށް އޭނާގެ ވަކީލު ވަނީ ވިދާޅުވެފައެވެ.

އަދި ހަމައެއާއެކު، އޭނާ ހަނު ހުންނަން އެދުމަށްފަހު، ވަކީލެއް ބޭނުންވާކަމަށްވެސް ބުނުމަށްފަހު، އެގޮތަށް ބަޔާންވެސް ދީފައިވާކަމަށް ވަކީލު ވިދާޅުވިއެވެ.

އޭގެ ފަހުން ކުޑަ ވަގުތުކޮޅަކަށް ވިސްނާލަން ހުރެފައި އޭނާ ބަޔާން ބަދަލުކޮށް އިއުތިރާފުވި ކަމަށާއި، އޭނާ ބަޔާން ބަދަލުކުރީ އޭނާގެ ދައްތަ ހައްޔަރު ކުރުން ނޫން ގޮތެއް ނެތްކަމަށް ފުލުހުން އޭނާއަށް އިވޭވަރަށް ބުނިއަޑު އިވިގެންކަމަށް ވަކީލު ވިދާޅުވިއެވެ.

އެކަމުންވެސް އޭނާ އިއުތިރާފުވުމުގެ ފަހަތުގައި ޝައްކު އުފެދޭ ކަންކަން ހުރިކަން އެނގޭކަމަށް ވަކީލު ވިދާޅުވިއެވެ.

އޭނާގެ ފަރާތުން ވަނީ ކްރިމިނަލް ކޯޓުގެ ޙުކުމަކީ ޝަރުއީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމަށް ކަނޑައަޅުއްވައި އެ ޙުކުމް ބާތިލު ކޮށްދެއްވުމަށާއި، އެ ގަޒިއްޔާއަށް ތާއީދުކޮށް ހައިކޯޓުން ކޮށްފައިވާ ޙުކުމްވެސް ބާތިލުކޮށްދޭން އެދިފައެވެ.

މި މައްސަލައިގެ ޙުކުމް އިއްވަވަމުން ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ، މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ކަމަށް ފެންނަން އޮތީ ދައުވާ ލިބޭ މީހާ ކުށަށް އިއުތިރާފުވެއްޖެ ކަމަށް ފުލުހުންގެ ތަހުގީގުން އަވަސް އަވަހަށް ބަލައި، އެ އިއުތިރާފު ފަނޑިޔާރެއްގެ ކުރިމަތީގައި ވީހައި އަވަހަކަށް ރެކޯޑުކުރުމުން ފުދިއްޖެ ކަމަށް ބަލައި، ލޮލުން ދުށް ހެކިންނާ އެހެނިހެން ހެކި ހޯދުމަށް އިތުރަށް މަސައްކަތް ނުކޮށް ތަހުގީގު ހުއްޓާލުމާއި، އަދި ދައުވާލިބޭ މީހާ ކޯޓުގައި ދިން ބަޔާނަކީ ކުށް ސާބިތުވާ ފުރިހަމަ އިއުތިރާފެއް ކަމަށް ބަލައި، ޕްރޮސިކިއުޝަނުން ކޯޓަށް ހުށަހަޅާފައިވާ އެއްވެސް ޝަފަހީ ހެއްކަކު ކޯޓަށް ހާޒިރުނުކޮށް، ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ޝަރިއަތް ނިންމާލުން ކަމަށެވެ.

އެހެންނަމަވެސް، މިއީ ޖިނާއީ ތަހުގީގުކުރަންޖެހޭ އަދި ޖިނާއީ ޝަރީއަތް ކުރަންޖެހޭ ގޮތެއްވެސް ނޫންކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ފަނޑިޔާރު ވިދާޅުވީ، މި މައްސަލައިގައި އިއުތިރާފު ބަޔާނުގެ މައްޗަށް އެކަނި ތަހުގީގުންނާއި ޝަރިއަތުން ބަރޯސާވުމުގެ އާޚިރު ނަތީޖާއަކަށްވީ، ފަހުގެ މަރުހަލާ ތަކުގައި ސަމާހު މުޅި ބަޔާނަށް އިންކާރުކޮށް، ކުށްކުރި ތަނުގައި އެގަޑީގައި އޭނާ ނުވެސް ނެތް ކަމަށް ބުނުން ކަމަށާއި، އަދި އިއުތިރާފު ބަޔާން ކަށަވަރުކޮށްދޭ އަދި ނަފީކޮށްދޭ މިނިވަން ހެއްކެއް ނުވަތަ ގަރީނާއެއް ޝަރިއަތުގެ ކުރިމަތީގައި މިއަދު ނެތުން ކަމަށެވެ.

އެހެން އެކަން ވެފައި އޮތުމުން ސުޕްރީމް ކޯޓުގައި ޕްރޮސިކިއުޝަނުން އެދިފައި ވަނީ ސަމާހުގެ ބަޔާނާއި އެ ބަޔާނުން ހާމަވާ ކަންކަމަށް ބިނާކޮށްގެން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ދިނުމަށެވެ.

އެހެންނަމަވެސް، މުޙައްމަދު ސަމާހުގެ ބަޔާނުގެ ބޭރުން އެ ބަޔާނުގައި ބުނެފައިވާ ކަންކަން ނަފީކުރާ މިނިވަން އެއްވެސް ހެއްކެއް ސުޕްރީމް ކޯޓުގެ ކުރިމަތީގައި މިއަދު ނެތްކަންވެސް ފަނޑިޔާރު ފާހަގަ ކުރެއްވިއެވެ.

ފަސް ފަނޑިޔާރުންގެ ބެންޗަކުން ސުޕްރީމް ކޯޓުގައި ބެއްލެވި މި މައްސަލައިގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި 5 ފަނޑިޔާރުންގެ އިއްތިފާޤުން ވަނީ މި މައްސަލަ ކްރިމިނަލް ކޯޓުން އަލުން ބެލުމަށް ޙުކުމް ކުރައްވާފައެވެ.

އަދި ފުލުހުންގެ ފަރާތުން ސަމާހުއަށް އަނިޔާކުރިކަމަށް ބުނާ މައްސަލައާ ގުޅޭ ކަންކަން ބެލުމަށް ފަނޑިޔާރު ޝުޖޫން ހުށަހަޅުއްވާފައިވެއެވެ.

މި ޙާދިސާގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ސަމާހު ގޭބަންދު ކޮށްފައި ހުއްޓައި މަގު މައްޗަށް ނުކުމެ އުޅުމުގެ ތެރޭގައި ޕޮލިސް ސާޖަންޓް އާދަމް ހަލީމްއަށް އޭނާ ފެނުމުން، އޭނާ ޕޮލިސް ސްޓޭޝަނަށް ގެންދަން އެ ފުލުސް އޮފިސަރު ވަނީ މަސައްކަތް ކޮށްފައެވެ.

އަދި އެކަމާ ގުޅިގެން އެ އޮފިސަރަށް ތޫނު އެއްޗަކުން ޙަމަލާދީ މަރާލީއެވެ. 

ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ 23 ވަނަ ދުވަހު ފުލުހުން ފާހަގަކުރާ ޕޮލިސް މެމޯރިއަލް ޑޭ އަކީ ސާޖަންޓު އާދަމް ހަލީމް މަރާލުމާއި ގުޅިގެން ފާހަގަކުރަމުންދާ ދުވަހެކެވެ.

ޑިއުޓީއަށް ދިޔަ މަގުމަތީގައި އެ އޮފިސަރަށް ޙަމަލާދީ އަނިޔާވެރި ގޮތަކަށް އޭނާ މަރާލި މައްސަލައިގައި ސަމާހުގެ މައްޗަށް ކުރީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެ ސަމާހު މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 25 ޖެނުއަރީ 2013 ގައެވެ.

ކްރިމިނަލް ކޯޓުން ސަމާހު މެރުމަށް ހުކުމްކުރީ އާދަމް ހަލީމްގެ ހަތަރު ވާރިސުންގެ ތެރެއިން ހަލީމްގެ ބައްޕަ އާއި މަންމަ އަދި އޭނާގެ ހުވަފަތް ވެފައިވާ އަނބިމީހާ ވެސް ގިސާސް ހިފަން ބޭނުންވާތީ އެވެ.

މިއީ މަރުގެ މައްސަލައެއް ކަމުން ނިހާއީ ހުކުމެއް ކަނޑައެޅުމަށް ހައިކޯޓަށް ހުށައެޅުމުން، ކްރިމިނަލް ކޯޓުގެ އެ ޙުކުމަށް 30 ސެޕްޓެމްބަރު 2020 ގައި ދިވެހިރާއްޖޭގެ ހައިކޯޓުން ވަނީ ތާއީދުކޮށްފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު