Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޫސުން

މޫސުން ގޯސްވެ އިދާރާތައް ތައްޔާރީ ހާލަތަށް

13 ޖެނުއަރީ 2025 | ހޯމަ 06:58

ފެންބޮޑުވާ ތަންތަނުގައި ވެލި ބަސްތާ ޖެހުމަށް ބޭނުންވާ ގޯނި ފަދަ ތަކެތި ފޯރުކޮށްދީފައިވާ ކަމަށް އިދާރާތަކުން ބުނޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 13 ޖެނުއަރީ 2025 | ހޯމަ 06:58
2025 ޖެނުއަރީ 13 - މޫސުމާއި ގުޅޭ މައުލޫމާތު ދިނުމަށް އިދާރާތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

2025 ޖެނުއަރީ 13 - މޫސުމާއި ގުޅޭ މައުލޫމާތު ދިނުމަށް އިދާރާތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ރާއްޖޭގެ މޫސުން ގޯސްވެ އެމަރޖެންސީ އޮޕަރޭޝަން އެކްޓިވޭޓްކޮށް, އިދާރާތައް ތައްޔާރީ ހާލަތަށް ގެނެސްފައިވާކަން އިދާރާތަކުން ހާމަކޮށްފިއެވެ.

އެކަން ހާމަކޮށްފައި ވަނީ ހޯމަ ދުވަހު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

Advertisement - newsAdvertisement

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޭޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެން.ޑީ.އެމް.އޭގެ ޗީފް އެގްޒެކެޓިވް ހިސާން ޙަސަން ވިދާޅުވީ މޫސުން ގޯސްވުމުގެ ސަބަބުން އެމަރޖެންސީ އޮޕަރޭޝަންސް އެކްޓިވޭޓްކޮށްފައިވާ ކަމަށެވެ. ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ކަމާއި ގުޅުން ހުރި ފަރާތްތައް ވާން ޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށާއި ފެންބޮޑުވާ ތަންތަނުގައި ވެލި ބަސްތާ ޖެހުމަށް ބޭނުންވާ ގޯނި ފަދަ ތަކެތި ފޯރުކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އާއްމުކޮށް ފެންބޮޑުވާ ސަރަހައްދުތަކުގެ ތެރެއިން މާލޭގައި 57 އަށް ވުރެ ގިނަ ތަނުގައި ވެލި ބަސްތާ ޖަހާފައިވާ ކަަމަށް އޭނާ ވިދާޅުވިއެވެ. އެއީ އާއްމުކޮށް ފެންބޮޑުވާކަމުގެ މައުލޫމާތު ލިބޭ ތަންތަން ކަމަށާއި އިތުރަށް ވެލިބަސްތާ ޖަހަން ޖެހޭ ތަންތަނުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ހިސާން ވަނީ ވިދާޅުވެފައެވެ. އެ ތަންތަނުގައި ވެލި ބަސްތާ ޖަހާފަިއ ވަނީ މާލެ ސިޓީ ކައުންސިލުގެ ބޮޑެތި އެހީތެރިކަމަކާއި ކަމަށާއި އިތުރު ތަންތަނުގައި ވެލި ބަސްތާޖެހުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަަމަށް އޭނާ ވިދާޅުވިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފައިވާ ގޮތުގައި ރާއްޖޭގެ ހުޅަނގު ދެކުނުން އުފެދިފައިވާ ކޮޅިގަނޑު ހުޅަނގަށް ޖެހި، ރާއްޖެ ސަރަޙައްދުގައި ބޯ ވިއްސާރަ ވިލާ އުފެދުމުގެ ފުރުޞަތު ބޮޑެވެ. އެހެންކަމުން މާދަމާއިން ފެށިގެން މި ހަފްތާގެ ހޮނިހިރު ދުވަހުގެ ނިޔަލަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށް ވަނީ ލަފާކޮށްފައެވެ. އެހެންކަމަށް ވާއިރު ކަމާއި ގުޅުން ހުރި އިދާރާތަކުން ދޭ އިރުޝާދުތައް ބަލާ އެ އިރުޝާދުތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ. އޭނާ ވަީ ވިޔަފާރިތައް ބަންދުކޮށްފައި ހުންނަ ވަގުތުތަކުގައި ވެސް އެ ތަންތަނަށް ފެން ނުވަންނާނެ ފަދައިން ރައްކާތެރިކަމުގެ ފިޔަވަޅު ވީ ވަރަކުން އެޅުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވައި ގަދަވެ އުދަ އަރާނެ ކަމަށް ލަފާކުރެވޭތީ އެކަމަށް ސަމާލުވުމަށް ވެސް ވަނީ އިލްތިމާސްކުރައްވާފައެވެ. އެގޮތުން ދަނޑުވެރިކަން ކުރާ ފަރާތްތަކާއި، ވަޔާއި އެއްލާލަފާނެ ފަދަ އެއްޗެހި ހުރި ތަންތަނުގައި ރައްކާތެރިކަން އިތުރުކުރުމަށް އޭނާ ވަނީ އިރުޝާދު ދެއްވާފައެވެ.

ފުލުހުންނާއި ސިފައިންވެސް ތިބީ މޫސުން ގޯސްވުމުގެ ސަބަބުން ދިމާވެދާނެ ކަމަށް ތައްޔާރުވެގެން ކަމަށް އެ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ. އެގޮތުން މޫސުމުގެ އަސަރުކޮށް، ފެންބޮޑުވުމާއި ރާޅު އެރުމުގެ އަސަރުކޮށްފާނެ ކަަމަށް ބެލެވޭ ސަރަހައްދުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސިފައިންނާއި ފުލުހުން ތައްޔާރަށް ތިބި ކަމަށް އެ އިދާރާތަކުން ވަނީ ފާހަގަކޮށްފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވީ މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ސިފައިންނާއި ފުލުހުންގެ ޖޮއިންޓް އޮޕަރޭޝަނެއް އެކުލަވާލާ އެ އޮޕަރޭޝަންގެ މައިމަރުކަޒު ބަންޑާރަކޮށީގައި ޤާއިމްކޮށްފައިވާ ކަމަށެވެ. ހިލްމީ ވިދާޅުވީ މޫސުމާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން ރާއްޖެގެ ހަތަރު ހާލަތެއްގައި ޓާސްކްފޯސްތައް ޤާއިމްކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެހެންމެ މާލޭގެ ތިން ސަރަހައްދަކުން ވެލިބަސްތާ ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަަމަށް ހިލްމީ ވިދާޅުވިއެވެ. އޭގެ ތެރޭގައި ހިމެނެނީ ކުޑަކުދިންގެ ބަގީޗާ، ސަލްމާން މިސްކިތް ކައިރި ސަރަހައްދުގެ އިތުރުން އަދި ރަސްފަންނު ސަރަހައްދެވެ. އޭނާ ވިދާޅުވީ ސިފައިން ތިބީ 24 ގަޑި އިރު މޫސުމާއި ގުޅިގެން ދިމާވާ ކަންކަމަށް އެޓެންޑުވުމަށް ތައްޔާރަށް ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ މޫސުން ގޯސްވުމުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން ފުލުހުންގެ ޚިދުމަތް ނެތް ރަށްރަށުގައި ވެސް ދިމާވެދާނެ ހާލަތަކަށް ތައްޔާރުވެ ކައުންސިލްތަކާއި އެކު މަސައްކަތް ކުރަމުންދާ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި މާލެ ސަރަހައްދުގައި ފެންބޮޑުވާ ސަރަހައްދުތަކުގައި އުޅަނދު ދުއްވުމަކީ އެހެން އާއްމުންނަށް ވެސް ގެއްލުންވާނެ ކަމަކަށް ވާތީ އެފަދަ މަގުތައް ބަންދުކުރާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ. މާލޭގައި ފެންބޮޑުވާ ސަރަހައްދުތަކުގެ އާއްމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 24 ގަޑި އިރު ފުލުހުން ހަރަކާތްތެރިވާނެ ކަމަށާއި އެ އިންތިޒާމްތައް ވަނީ ހަމަޖެހިފައި ކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

ޖެނުއަރީ 13 ން 18 ށް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ވަރަށް ގޯސް ވާނެ ކަމަށް ލަފާ ކުރެވޭތީ ލިބިދާނެ ގެއްލުންތަކުން ދުރާލާ ރައްކައުތެރިވުމަށް އެންޑީއެމްއޭ އިން ވަނީ އިލްތިމާސްކޮށް ފައެވެ. އަދި އެންޑީއެމްއޭގެ ހޮޓްލައިން 115 އަށް ގުޅައިގެން މޫސުމުގެ ސަބަބުން ލިބޭ ގެއްލުން ރިޕޯޓްކުރުމަށާއި އެހީ ހޯދުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

ޤައުމީ މޫސުމާބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި، ދިވެހިރާއްޖޭގެ އިރުން ބަންގާޅު ކަނޑުގެ ދެކުނު-ހުޅަނގު ސަރަޙައްދުގައި އުފެދިފައިވާ ކޮޅިގަނޑު ހުޅަނގަށް ޖެހިގެން ދާނެކަމަށް ބެލެވެއެވެ. މިކަމުގެ ސަބަބުން ޖަނަވަރީ 13 އިން 18 އާ ދެމެދު ރާއްޖޭގެ ބޮޑު ބަޔަކަށް، ގުގުރާ އަދި ވިއްސާރަވެދާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ. އަދި މީގެ ސަބަބުން ވައި ގަދަވެ، ކަނޑު ގަދަވެ، އަދި ބައެއް ރަށްތަކަށް ރާޅު އަރާފާނެ ކަމަށް ބެލެވެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

23 އޯގަސްޓު 2017

މަޖިލީސް ޗެމްބަރުގެ ތެރެއަށް ސެކިއުރިޓީން ވަންނަން ޖެހޭ ހާލަތަށް ކަންކަން ބަދަލުކުރީ އިދިކޮޅު މެންބަރުން: ނިހާން

23 އޯގަސްޓު 2017
މަޖިލީސް ޗެމްބަރުގެ ތެރެއަށް ސެކިއުރިޓީން ވަންނަން ޖެހޭ ހާލަތަށް ކަންކަން ބަދަލުކުރީ  އިދިކޮޅު މެންބަރުން: ނިހާން
20 އޯގަސްޓު 2017

ހާލުކޮޅު ގޯސްވެ، މެންބަރު ޚަލީލު އެޑްމިޓް ކޮށްފި

20 އޯގަސްޓު 2017
ހާލުކޮޅު ގޯސްވެ، މެންބަރު ޚަލީލު އެޑްމިޓް ކޮށްފި
10 އޯގަސްޓު 2017

މޫސުން ގޯސްވުން:ރައްޔިތުންނާއި މުދަލުގެ ރައްކާތެރިކަމަށް ސަމާލުވޭ!

10 އޯގަސްޓު 2017
މޫސުން ގޯސްވުން:ރައްޔިތުންނާއި މުދަލުގެ ރައްކާތެރިކަމަށް ސަމާލުވޭ!
02 ޖުލައި 2017

ރައީސް ޔާމީންގެ ވެރިކަމުގައި މިރާއްޖެއަށް ތަރައްގީގެ ބަހާރު މޫސުން އައިސްފި: މުފީދު

02 ޖުލައި 2017
ރައީސް ޔާމީންގެ ވެރިކަމުގައި މިރާއްޖެއަށް ތަރައްގީގެ ބަހާރު މޫސުން އައިސްފި: މުފީދު
12 ޖޫން 2017

މާލީ އިދާރާތައް މިމަހުގެ 28 ވަނަ ދުވަހު ހުންނާނީ ހުޅުވިފައި: އެމްއެމްއޭ

12 ޖޫން 2017
މާލީ އިދާރާތައް މިމަހުގެ 28 ވަނަ ދުވަހު ހުންނާނީ ހުޅުވިފައި: އެމްއެމްއޭ
08 ޖޫން 2017

ދިވެހިރާއްޖެ އދ. ގެ ހިޔުމަންރައިޓްސް ކައުންސިލްގެ އެޖެންޑާގައި ހިމެނޭ ހާލަތަށް ދިއުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް: އެމްޑީޕީ

08 ޖޫން 2017
ދިވެހިރާއްޖެ އދ. ގެ ހިޔުމަންރައިޓްސް ކައުންސިލްގެ އެޖެންޑާގައި ހިމެނޭ ހާލަތަށް ދިއުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް: އެމްޑީޕީ
19 މެއި 2017

އައްޑޫގައި ގެއްލުންވި އާއިލާތަކަށް ރަމްޟާން މަހުގެ ކުރިން އާންމު ހާލަތަށް އާދެވޭނެ: ޑިފެންސް މިނިސްޓަރު

19 މެއި 2017
އައްޑޫގައި ގެއްލުންވި އާއިލާތަކަށް ރަމްޟާން މަހުގެ ކުރިން އާންމު ހާލަތަށް އާދެވޭނެ: ޑިފެންސް މިނިސްޓަރު
30 މާރިޗު 2017

އެޗްވަންއެންވަން އާންމު ހާލަތަށް

30 މާރިޗު 2017
އެޗްވަންއެންވަން އާންމު ހާލަތަށް
15 މާރިޗު 2017

މޫސުން ގޯސްވެ ޔެލޯ އެލާޓް ނެރެފި

15 މާރިޗު 2017
މޫސުން ގޯސްވެ ޔެލޯ އެލާޓް ނެރެފި
25 ޖެނުއަރީ 2017

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް