Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސްޕެނިޝް ލަލީގާ

ބާސާ އާއި ރެއާލްއިން ވެސް ލީގުގެ ފެށުން ރަނގަޅުކޮށްފި

ރެއާލް ބެޓިސްއާ ވާދަކޮށް ބާސާއިން މެޗު ކާމިޔާބުކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 21 އޯގަސްޓު 2017 | ހޯމަ 03:15
ބެޓިސްއާ ދެކޮޅަށް ކުޅުނު ބާސާގެ ޓީމު

ބެޓިސްއާ ދެކޮޅަށް ކުޅުނު ބާސާގެ ޓީމު

ސްޕެނިޝް ލަލީގާގައި އާދިއްތަ ދުވަހުގެ ރޭ ކުޅުނު މެޗުތަށް ބާސާ އާއި ރެއާލްއިން ކާމިޔާބުކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ރެއާލް ބެޓިސްއާ ވާދަކޮށް ބާސާއިން މެޗު ކާމިޔާބުކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ.

ފުރަތަމަ ހާފު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ ބާސާއެވެ. އެ ޓީމަށް ބެޓިސްގެ ގޯލު ފޫއަޅުވާލެފައި ވަނީ މެޗުގެ 36 ވަނަ މިނުޓުގައެވެ. މި ގޯލަކީ ބާސާގެ ޑެއުލޮފޯ ނެގި ހުރަހެއް ޑިފެންޑް ކުރަން އުޅުމުގެ ތެރޭގައި ބެޓިސްގެ ކުޅުންތެރިޔެއް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

މެޗުގެ 39 ވަނަ މިނުޓުގައި ބާސާއަށް މެޗުގެ ލީޑު ފުޅާކޮށްދިނީ އެ ޓީމުގެ މިޑްފީލްޑާ ސާޖީ ރޮބާޓޯއެވެ. މި ލަނޑަކީ ވެސް ޑެއުލޮފޯ ނަގައިދިން ހުރަހަކުން ރޮބާޓޯ ކާމިޔާބުކޮށްދިން ގޯލެކެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައީ 2-0 ގެ ނަތީޖާއަކުން ބާސާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ވެސް ބާސާއިން ވަނީ ބެޓިސްގެ ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން ބާސާގެ ފޯވާޑް މެސީ ފޮނުވާލި އެތަކެއް ހަމަލާތަކެއް އަމާޒުވެފައި ވަނީ ބެޓިސްގެ ގޯލު ދަނޑިއާއެވެ. ބާސާއިން މި މެޗާ ކުރިމަތިލާފައި ވަނީ އެ ޓީމުގެ ގިނަ ތަރިންތަކެއް ނުލައެވެ. އެހެން ނަމަވެސް އެ ޓީމުން ވަނީ މުޅި މެޗުގައި ވެސް ރަނގަޅު ކުޅުމެއް ދައްކާފައެވެ.

ރެއާލްއިން ޑެޕޯޓިވޯ އާއި ވާދަކޮށް މެޗު ކާމިޔާބުކޮށްފައި ވަނީ 3-0 އަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ރެއާލްއިން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. މި ލަނޑުތައް އެ ޓީމަށް ކާމިޔާބުކޮށްދީފައި ވަނީ ކަސެމީރޯ އާއި ގެރެތު ބޭލްއެވެ. މި ލަނޑުތަކާ އެކު ރެއާލްއިން ވަނީ ފުލުފުލުގައި އެތަކެއް ހަމަލާތަކެއް ޑިޕޯޓިވޯގެ ގޯލާ އަމާޒުކޮށްފައެވެ.

އެގޮތުން މެޗުގެ 63 ވަނަ މިނުޓުގައި ރެއާލްއަށް އެ ޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފައި ވަނީ މިޑްފީލްޑަރ ޓޯނީ ކްރޫސްއެވެ. މި މެޗުގެ 90 ވަނަ މިނުޓުގައި ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސްއަށް ވަނީ ދެވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.

މި މޮޅާ އެކު ރެއާލް އޮތީ ކުޅުނު އެއް މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ތާވަލުގެ އެއްވަނައިގައެވެ. ލަނޑުގެ ތަފާތުން ތާވަލުގެ ދެވަނައިގައި އޮތީ ބާސާއެވެ. މިދިޔަ ސީޒަނުގައި ސްޕެނިޝް ލަލީގާ ކާމިޔާބުކޮށްފައި ވަނީ ރެއާލް މެޑްރިޑުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު