Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލޮސް އެންޖެލެސް އަނދަނީ

ލޮސް އެންޖެލެސްގެ ގައި ފެތުރެމުންދާ އަލިފާނުން 5،000 ށް ވުރެ ގިނަ އިމާރާތް އަނދާ ހުލިވެއްޖެ!

ކުރިން ފެތުރެމުން ދިޔަ އަލިފާނުގެ ހާދިސާތައް ކޮންޓްރޯލްކުރުމަށް މަސައްކަތް ކުރަމުން ދަނިކޮށް ވެސްޓް ހިލްސް ގައި ތިންވަނަ އަލިފާންގަނޑެއް ވަނީ އުފެދިފައެވެ.

ރާއްޖެ އެމްވީ | 10 ޖެނުއަރީ 2025 | ހުކުރު 09:56
ލޮސް އެންޖެލެސްގެ ޕެސިފިކް ޕެލިސޭޑްސްގެ އިމާރާތެއް އަނދާ ހުލިވަނީ

ލޮސް އެންޖެލެސްގެ ޕެސިފިކް ޕެލިސޭޑްސްގެ އިމާރާތެއް އަނދާ ހުލިވަނީ

އެމެރިކާގެ ލޮސް އެންޖެލެސް ސަރަޙައްދުގައި ރޯވެ ފެތުރެމުން ދިޔަ އަލިފާނުގެ ހާދިސާގައި މަދުވެގެން 10 މީހުން މަރުވެ، ގިނަ އަދެއްގެ ގެދޮރާއި އިމާރާތް އަނދައިގެން ގޮސްފައިވާކަމަށް ސަރަޙައްދުގެ އޮފިޝަލުން ބުނެފިއެވެ.

މި ދެ ހާދިސާ ހިނގަމުންދަނިކޮށް، ތިންވަނަ ސަރަހައްދެއްގައި އަލިފާންގަނޑެއް ރޯވެ ފެތުރެން ވަނީ ފަށާފައެވެ. އެއާއެކު އިތުރު އެތައް ހާސް މީހުން ސަލާމަތްކުރަން ވަނީ ޖެހިފައެވެ.

އެންމެ ފަހުން ހިނގި ހާދިސާ ގައި ބުރާސްފަތި ދުވަހުގެ މެންދުރުފަހު ރޯވެ އަނދަން ފެށީ ވެސްޓް ހިލްސް ސަރަޙައްދުގައެވެ. ތިންވަނަ އަލިފާންގަނޑު ފެތުރެން ފެށިއިރު ޕެލިސޭޑްސް އަދި އީޓަން ގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކުރުމަށް އަލިފާން ނިއްވާ ފަރާތްތައް ހުއްޓުމެއް ނެތި ދަނީ މަސައްކަތް ކުރަމުންނެވެ.

"ވައި ބާރު ވުމާ ގުޅިގެން މި އަލިފާންގަނޑު އަވަހަށް ފެތުރިގެންދާނެ ކަމަށް ލަފާކުރެވޭ،" ލޮސް އެންޖެލެސްގެ މޭޔަރު ކެރެން ބާސް ވިދާޅުވިއެވެ.

ރެޔާ ހަމައަށް މަރުވި މީހުންގެ އަދަދު 10 އަށް އަރާފައިވާ ކަމަށް ލޮސް އެންޖެލެސް ކައުންޓީގެ މެޑިކަލް އެގްޒެމިނަރ ޑިޕާޓްމަންޓުން ބުނެފައިވެއެވެ. މީގެ ކުރިން އިއުލާނު ކޮށްފައިވަނީ މި ހާދިސާގައި 7 މީހުން މަރުވި ކަމަށެވެ.

ޕެލިސޭޑްސް އަދި އީޓަން ގައި ރޯވި އަލިފާންގަނޑުގެ ސަބަބުން 5،000 އަށްވުރެ ގިނަ އިމާރާތް ވަކިވަކިން އަނދައިގެން ގޮސްފައިވާކަން އޮފިޝަލުން ވަނީ ކަށަވަރުކޮށްދީފައެވެ. މީގެ ތެރޭގައި ގެދޮރުގެ އިތުރުން ގުދަން ފަދަ އެހެނިހެން ތަންތަންވެސް ހިމެނެއެވެ. ގިނަ އަދަދެއްގެ ވެހިކަލްތައް ވެސް ވަނީ އަނދާ އަޅިޔަށް ވެފައެވެ.

މި ދެ އަލިފާނުގެ ހާދިސާއިން ޖުމްލަ 30،000 އޭކަރ (12،000 ހެކްޓަރ) އަށްވުރެ ބޮޑު ބިން އަނދައިގެން ގޮސްފައިވާކަމަށް ސްޓޭޓްގެ ވައިލްޑް ފަޔަރ އޭޖެންސީ ކެލް ފަޔަރ އިން ބުނެފައިވެއެވެ.

ލޮސް އެންޖެލެސް ކައުންޓީގެ ޝެރިފް ރޮބަޓް ލޫނާ ވިދާޅުވި ގޮތުގައި، 179,783 މީހުން ވަނީ އެ ސަރަޙައްދު ދޫކޮށް ދިއުމުގެ އަމުރުގެ ދަށުގައެވެ.

އެން.ބީ.ސީ ނިއުސް އިން ރިޕޯޓުކުރި ގޮތުގައި، ޖޭ.ޕީ މޯގަންގެ އިންޝުއަރެންސް އިން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި، މި އަލިފާނުގެ ސަބަބުން ލިބޭ ގެއްލުމުގެ އަގު 10 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ އިތުރުވެދާނެއެވެ.

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ
11 ޖެނުއަރީ 2017

ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ

11 ޖެނުއަރީ 2017
ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

ޑިމޮކްރަސީ ހިމާޔަތް ކުރުމަށް އޮބާމާގެ ވަދާއީ ޚިތާބުގައި ގޮވާލައްވައިފި

11 ޖެނުއަރީ 2017
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު