Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހުކުރު ހުތުބާ

ވަޒީފާގެ އެއްބަސްވުމަކީ ހަމައެކަނި މުސާރަ ލިބިގަތުމަށްޓަކައި ވެވޭ އެއްބަސްވުމަކަށް ނުހެދުމަށް ހުކުރު ހުތުބާގައި ގޮވާލައިފި

މުވައްޒަފުގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުވެ، ކަނޑައެޅިފައިވާ މުސާރައާއި އިނާޔަތްތައް ޤަވާއިދުން ދިނުމަށް ގޮވާލާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 10 ޖެނުއަރީ 2025 | ހުކުރު 11:21
ހުކުރު ނަމާދުގެ ތެރެއިން

ހުކުރު ނަމާދުގެ ތެރެއިން

ވަޒީފާގެ އެއްބަސްވުމަކީ ހަމައެކަނި މުސާރަ ލިބިގަތުމަށް ޓަކައި ވެވޭ އެއްބަސްވުމަކަށް ނުހެދުމަށް ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުކުރު ހުތުބާ އިއްވާފައިވަނީ މަސައްކަތުގެ އަހުލާގާއި ގުޅޭގޮތުންނެވެ. ހުތުބާގައި ބުނެފައިވަނީ އިސްލާމީ ޝަރީޢަތުގެ ހުރިހާ ތަނބުތައް އޮފުދާރުކޮށްދެނީ މަތިވެރި އަޚްލާޤާއި ރިވެތި ސިފަތަކުންނެވެ. އުންމަތެއް ހެޔޮ އުންމަތަކަށް ވަނީ އެއުންމަތުގެ އަޚްލާޤީ ފޭރާން ތާހިރުވެގެންނެވެ. މަތިވެރި އަޚްލާޤަކީ އިސްލާމީ ޢަޤީދާގެ އެންމެ މުހިއްމު އަސާސެވެ. އަޅުކަމުގެ ބިންގަލުކަމަށް ހުތުބާފައި ބުނެފައިވެއެވެ. އަދި އަޅުކަން ބިނާވެފައި ވަނީ ޢިބާދާތާއި މުޢާމަލާތުގެ މައްޗަށް ކަމަށާއި، ޢިބާދާތާއި މުޢާމަލާތު ވަނީ ގުޅި ލާމެހިފައި ކަމަށާއި، މާތް ﷲ އަށް އަޅުކަން ކުރުމަށްފަހު ދުނިޔަވީ ޙަޔާތުގެ އެކި މުޢާމަލާތްތައް ކުރުމަށް ބިމުގައި ފެތުރިގަތުމަށް މާތް ﷲ އަންގަވާފައިވާ ކަމަށް ހުކުރު ހުތުބާފައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

މުޖުތަމަޢުގައި ހިމެނޭ ގިންތިތަކުގެ ތެރެއިން މުވައްޒަފުންނަކީ އެންމެ މަތިވެރި ސުލޫކުން އެންމެ ފުރިހަމައަށް ޒީނަތްތެރިވާންޖެހޭ މީހުން ކަމަށް ހުކުރު ހުތުބާގައި ބުނެފައިވެއެވެ. އަދި ވަޒީފާގެ މައިދާނުން ރިވެތި މާތް އަޚްލާޤީ ސިފަތައް ފެންނަންޖެހޭ ކަމަށް ބުނެފައިވެއެވެ. އަދި ކޮންމެ މުވައްޒަފަކީ އޭނާ ވާ ކޮންމެ ތަނެއްގައި އޭނާ ހެއްދެވި މަޤުޞަދު މަތިން ހަނދާންކޮށް އެމަޤުޞަދު ޙާޞިލުކުރުމަށް މަސައްކަތް ކުރަންޖެހޭނޭ މީހެއް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

ވަޒީފާގެ އެއްބަސްވުމަކީ ހަމައެކަނި މުސާރަ ލިބިގަތުމަށް ޓަކައި ވެވޭ އެއްބަސްވުމަކަށް ނުހެދުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ. އަދި ސޮއިކުރާ ޢަޤުދަކީ އޮފީސް ވަތްގަނޑުގައި ބާއްވާލުމަށް ކުރަހައިލެވޭ ތަޞްވީރަކަށް ނެހެދުމަށާއި، އެހެނީ، ވަޒީފާ ބަޔާނަކީ ޚިދުމަތް ފޯރުކޮށް ދިނުމަށް ހިފޭ ޢަހުދު ކަށަވަރެއް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.  

ހުތުބާގައި ބުނެފައިވަނީ އޮފީހުގެ ކަރަންޓާއި ފެނަކީ ވެސް އަމާނާތެއް ކަމަށާއި، ފޯނާއި ކަރުދާހާ ދެއްޔަކީވެސް އަމާނާތެއް ކަމަށެވެ. އޮފީހުގެ މެޝިނަރީތަކަކީވެސް އަމާނާތެއް ކަމަށާއި، ވަޒީފާއަށް ކަނޑައެޅިފައިވާ ވަގުތަކީ ވެސް އަމާނާތެއް ކަމަށެވެ. އަދި މުއައްސަސާގެ މުހިއްމު މަސައްކަތްތަކާ ގުޅޭ ވަޒީފާގެ ސިއްރުތައް ހިފެހެއްޓުމަކީވެސް އަމާނާތަކަށް ވާއިރު، މި އަމާނާތްތަކަށް ރައްކާތެރިވުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ.

އަދި ވަޒީފާގެ މުހިއްމު ވަގުތުތައް އޮފީހުން ބޭރުގައި އަމިއްލަ ކަންކަމަށް ހޭދަކުރާއިރު، ޙަވާލުވި އަމާނާތުގެ މަތިން ހަނދުމަކުރުމަށް ގޮވާލާފައިވެއެވެ. އޮފީހުގެ ތަކެތި ނަހަމަ ގޮތުގައި ބޭނުން ކުރާއިރު، މާތް ﷲ ބައްލަވައިވޮޑިގެންވާކަން ހަނދުމަކުރުމަށާއި، އޮފީހުގެ ސިއްރުތައް މީސްމީޑިއާގެ މަންސަތަކުގައި ފަތުރާއިރު، ފަހުން ހިތާމަކުރަންޖެހޭނެކަން ވެސް ހަނދުމަކުރުމަށް ވަނީ ހުތުބާގައި ބުނެފައެވެ.

މީގެ އިތުރުން މުވައްޒަފުގެ މައްޗަށް ވާޖިބުތަކެއްވާ ފަދައިން ވަޒީފާ ދޭ ފަރާތުގެ މައްޗަށްވާ ޙައްޤުތަކެއްވާ ކަމަށާއި، މުވައްޒަފުގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުވެ، ކަނޑައެޅިފައިވާ މުސާރައާއި އިނާޔަތްތައް ޤަވާއިދުން ދިނުމަށް ވަނީ ގޮވާލާފައެވެ. އަދި ވަޒީފާގެ އުޞޫލުތަކުގެ ތެރެއިން ދޭންޖެހޭ ޗުއްޓީއާއި ހުސްވަގުތު ދީ، މުވައްޒަފުންގެ މެދުގައި ޢަދުލުއިންޞާފު ޤާއިމުކޮށް، އޯގާތެރިކަމާއެކު މުޢާމަލާތު ކުރަންޖެހޭނެ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު

އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު

01 މާރިޗު 2017
ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި

ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި

02 ފެބުރުއަރީ 2017
މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު