Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާ ގައި ބަނޑުހައިހޫނުކަމުގެ ހާލަތު އިތުރަށް ގޯސްވަމުންދާކަމަށް އދ. އިން އިންޒާރު ކޮށްފި

ޣައްޒާގެ އާބާދީއަށް ތިން މަސް ދުވަހަށް ބޭނުންވާ ގާތްގަނޑަކަށް 120،000 މެޓްރިކް ޓަނުގެ ކާނާގެ އެހީ ސަރަހައްދުން ބޭރުގައި ހިފެހެއްޓި އިސްރާއީލުން ގެންދަނީ އެތަކެތި ޣައްޒާ އަށް ވެއްދުމަށް ހުރަސް އަޅަމުން.

ރާއްޖެ އެމްވީ | 10 ޖެނުއަރީ 2025 | ހުކުރު 02:16
2025 ޖެނުއަރީ 9 - ޚާން ޔޫނިސްގައި ބަނޑުހައިވެފައިވާ ފަލަސްތީނު މީހުން ކާއެއްޗެހި ހޯދުމަށް އެހީދޭ ފަރާތްތަކުން ހިންގާ ބަދިގެއެއްގެ ކައިރީގައި ތޮއްޖެހިފައި

2025 ޖެނުއަރީ 9 - ޚާން ޔޫނިސްގައި ބަނޑުހައިވެފައިވާ ފަލަސްތީނު މީހުން ކާއެއްޗެހި ހޯދުމަށް އެހީދޭ ފަރާތްތަކުން ހިންގާ ބަދިގެއެއްގެ ކައިރީގައި ތޮއްޖެހިފައި

އދ. ގެ އިންސާނީ އެހީތެރިކަމާ ބެހޭ ކަންކަން ވިލަރެސްކުރާ އޮފީސް ކަމުގައިވާ ޔުނައިޓެޑް ނޭޝަންސް އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް (އޯޗާ) އިން ބުރާސްފަތި ދުވަހު އިންޒާރު ދީފައިވާ ގޮތުގައި ޣައްޒާގައި ބަނޑުހައިހޫނުކަމުގެ ހާލަތު ދަނީ އިތުރަށް ގޯސްވަމުންނެވެ.

ހާލަތު އިތުރަށް ގޯސްވަމުންދަނީ ބޭނުންވާ ތަކެތީގެ މަދުވުމާއި، ވަސީލަތްތައް ޣައްޒާ އަށް އެތެރެ ކުރުމަށް އިސްރާއީލުން ކުރިމަތިކޮށްފައިވާ ހަރުކަށި ހުރަސްތަކާއި އަދި ހަތިޔާރުއެޅި ގްރޫޕް ތަކުން އެހީގެ ތަކެތި ވަގަށް ނެގުމުގެ މައްސަލަ އިތުރުވެފައިވާތީ ކަމަށް އެފަރާތުން ބުނެއެވެ.

އޯޗާގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޣައްޒާގެ މެދުތެރޭ ސަރަހައްދުން ތަކެތީގެ ހުރިހާ ސްޓޮކެއް އާދީއްތަ ދުވަހު ވަނީ ހުސްވެފައެވެ. އަދި ހަމައެއާއެކު، ޣައްޒާ ވާދީގެ ދެކުނަށް ކާނާގެ އެހީ ފޯރުކޮށްދިނުމަށް ހުޅަނގުގައި އޮންނަ އެރެޒް ޗެކްޕޮއިންޓް ތެރެއިން ތަކެތި ގެންދިއުމުގެ ހުއްދަ ދިނުން އިސްރާއީލު ސަރުކާރުން ވަނީ ހުއްޓާލާފައެވެ. 

މި ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވަނީ ޣައްޒާގެ އާބާދީއަށް ތިން މަސް ދުވަހަށް ބޭނުންވާ ގާތްގަނޑަކަށް 120،000 މެޓްރިކް ޓަނުގެ ކާނާގެ އެހީ ސަރަހައްދުން ބޭރުގައި ހިފެހެއްޓިފައިވާކަމަށެވެ. 

އިންސާނީ އެހީތެރިކަމުގެ ބައިވެރިން އިންޒާރުދެމުންދަނީ އިތުރު ސަޕްލައި ފޯރުކޮށްނުދެވިއްޖެނަމަ، ބަނޑުހައިހޫނު ކަމުގައި ތިބި އާއިލާތަކަށް ކާނާގެ ޕާރުސަލްތައް ބެހުން ވަރަށް ބޮޑަށް މަދުވެގެންދާނެކަމަށެވެ. މެދު އަދި ދެކުނު ޣައްޒާގައި ދުވާލަކު 200،000 އަށްވުރެ ގިނަ ޕާރުސަލު ފޯރުކޮށްދޭ 50 އަށްވުރެ ގިނަ ކޮމިއުނިޓީ ބަދިގެ ކުރިއަށް އޮތް ދުވަސްތަކުގައި ބަންދުވުމުގެ ބިރު އެބައޮތެވެ.

ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހޯމަ ދުވަހާ ހަމައަށް، ކާބޯތަކެތީގެ އެހީ ފޯރުކޮށްދިނުމަށް އެފަރާތުން ހިންގާ 20 ބޭކަރީގެ ތެރެއިން މިހާރު މަސައްކަތް ކުރަނީ ހަމައެކަނި 5 ބޭކަރީ ކަމަށެވެ. މިތަންތަން މަސައްކަތް ކުރުން ބިނާ ވެފައި އޮންނަނީ، އެތަންތާނގެ ޖަނަރޭޓަރުތައް ހިންގުމަށް ދެކުނު ޣައްޒާ އިން ފޯރުކޮށްދޭ ތެލުގެ އެހީ ގެ މައްޗަށެވެ.

އޯޗާއިން އިތުރަށް އިންޒާރުދީފައިވަނީ ޖެނެރޭޓަރުތައް ހިންގުމަށް ބޭނުންވާ ތެލުގެ ދަތިކަމުގެ ސަބަބުން ޣައްޒާގެ ކުރިންވެސް ވީރާނާވެފައިވާ ސިއްހީ ނިޒާމަށް އިތުރު ގެއްލުން ލިބެމުންދާކަމަށާއި، މިކަމުގެ ސަބަބުން ބަލިމީހުންގެ ފުރާނައަށް ނުރައްކާވެފައިވާކަމަށެވެ. އުތުރު ޣައްޒާއަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން އެތަނުގައި ދިރިއުޅޭ މީހުންނަށް ސިއްހީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވެއެވެ. އުތުރު ޣައްޒާގައި މިހާރު ކުޑަކޮށްވެސް މަސައްކަތްކުރަމުންދާ ހަމައެކަނި ހޮސްޕިޓަލްކަމުގައިވާ ޖަބާލިޔާގެ އަލް-އަވްދާ ހޮސްޕިޓަލަށް ވަދެ ނިކުމެ ހެދުމަށް އިސްރާއީލުން ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތި ކޮށްފައެވެ.

މީގެ އިތުރުން، އދ. އިން އުތުރު ޣައްޒާއަށް ޒިޔާރަތް ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އަޅާ އދ. ޓީމަށް ބޭނުންވާ ހުއްދަ ދިނުމަށް އިސްރާއީލުން ވަނީ އިންކާރު ކޮށްފައެވެ.

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ
11 ޖެނުއަރީ 2017

ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ

11 ޖެނުއަރީ 2017
ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

ޑިމޮކްރަސީ ހިމާޔަތް ކުރުމަށް އޮބާމާގެ ވަދާއީ ޚިތާބުގައި ގޮވާލައްވައިފި

11 ޖެނުއަރީ 2017
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު