Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގެދޮރުވެރިޔާ ސްކީމް

ފްލެޓް ހަވާލު ކުރާނެ ތާރީޚާ ބެހޭ ގޮތުން ވެސް ރައީސް މުއިއްޒު ވަނީ ސީދާ އިތުރުފުޅު ހައްދަވާފައި

02 ޖެނުއަރީ 2024 ގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ ހިނގަމުންދާ ހަފްތާ އާއި ކުރިއަށް އޮތް ހަފްތާގައި ރަޖިސްޓަރީ ހަވާލުކޮށް ނިންމާނެ ކަމަށް

ރާއްޖެ އެމްވީ | 9 ޖެނުއަރީ 2025 | ބުރާސްފަތި 12:15
ރައީސް މުއިއްޒު މި ސަރުކާރުގެ ސިޔާސީ އިސް މަގާމުތަކުގައި ތިބި ފަރާތްތަކާއެކު އޭރު އޮތް ސަރުކާރާ ދެކޮޅަށް އިހްތިޖާޖުގައި

ރައީސް މުއިއްޒު މި ސަރުކާރުގެ ސިޔާސީ އިސް މަގާމުތަކުގައި ތިބި ފަރާތްތަކާއެކު އޭރު އޮތް ސަރުކާރާ ދެކޮޅަށް އިހްތިޖާޖުގައި

ފްލެޓް ހަވާލު ކުރާނެ ތާރީޚް އާ ބެހޭ ގޮތުން ވެސް ރައީސް މުއިއްޒު ސީދާ އިތުރުފުޅު ހައްދަވާކަން އަނެއްކާވެސް ހާމަ ވެއްޖެއެވެ.

"ގޯތި އަދި ފްލެޓް ލިބޭނެ ކަމަށް ފައިނަލް ލިސްޓުގައި ހިމެނި ގެޒެޓް ކޮށްފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ހަދައިދީ ގޯތި/ފްލެޓް ޙަވާލުކުރުމަކީ އަޅުގަނޑުމެން ވަޢުދުވީ ގޮތަށް ކުރިއަށް ދާނެ ކަމެކެވެ. މި ހަފްތާ އާއި މި އަންނަ ހަފްތާ ތެރޭ ރަޖިސްޓްރީ ޙަވާލުކޮށް ނިންމުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީ އިން ކުރިއަށް ގެންދާނެއެވެ."

Advertisement - newsAdvertisement

މިއީ 2 ޖެނުއަރީ 2024 ގައި ރައީސް ޑރ މުހައްމަދު މުއިއްޒު ސޯޝަލް މީޑިއާ ޕްލެޓް ފޯމް "އެކްސް" ގައި ކުރެއްވި ޕޯސްޓެކެވެ.

ވަރަށް ސާފު ބަހުން ކަމެއް ކުރިއަށް ދާނެ ކަމުގެ ޔަގީންކަން ތާރީޚް އާއެކު ރައްޔިތުންނަށް ރައީސް އެ ވަނީ ދެއްވާފައެވެ. އަމިއްލަފުޅު އިޚްތިޔާރުގައި ކުރެއްވި ޕޯސްޓެކެވެ. އޭގެ ފަހުން، އެ ވިދާޅުވި ދެ ހަފްތާ މަސްތަކަކަށް ބަދަލުވެ، އެންމެ ފަހުން އަހަރު ނިމި، 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 2 ވަނަ ދުވަހަށް އަހަރެއް ފާއިތުވީ އިރުވެސް އެ ވިދާޅުވި ގޮތައް އެކަމެއް ނުހިނގައެވެ.

އޭގެ ބަދަލުގައި ބޯހިޔާވަހިކަމުގެ ދާއިރާ އިން ހިނގި ބޮޑެތި ކަންކަމަކީ ފްލްޓާ ގޯތީގެ ކަންކަން ބަލަހައްޓަށް ހުރި ހައުސިން މިނިސްޓްރީ އަނދާ އަޅިޔަށް ވުމާއި، ހައުސިންގ މިނިސްޓަރަކަށް ހުންނެވި ހައިދަރު ހަޔަރ އެޑިއުކޭޝަން އަށް ބަދަލު ކުރެއްވުމެވެ.

ކަމެއް ވިދާޅުވި ތާރީޚަށް ނުހިނގިތާ އެކަން އެ ގޮތައް ނުހިނގީ ކީއްވެގެން ކަމެއްވެސް ރައީސުލް ޖުމްހޫރިއްޔާ ސާފުކޮށް ނުދެއްވިތާ، ސާފުކޮށްދޭނެ މީހަކު ވެސް ސަރުކާރަކު ނެތެވެ. އިސްވެ ކަމެއް ސާފުކޮށް ނުދިނީމާ ކަންބޮޑުވެފައި ތިބި ރައްޔިތުން ހައުސިންގ މިނިސްޓްރީ އަށް ދިޔުމުން މިހާރު ބުނަނީ ފްލެޓާ ބެހޭ ކަންކަމެއް ތިމަންނާމެނަކަށް ނޭނގޭ ކަމަށެވެ. އަދި އޭގެ އިތުރުން މިނިސްޓަރ ވިދާޅުވެފައި އޮންނީ އެޕޮއިންޓްމެންޓް ދޫކުރާ ފޯމުވެސް ދޫކުރުން ހުއްޓާލުމަށެވެ.

ފްލެޓް ހަވާލު ކުރައްވާނެ ކަމަށް ކުރިން ޔަގީން ކަމާއެކު ރައީސް މުއިއްޒު ދެއްވި ތާރީޚް ބޮޑު ތަނުން ފަހަނަ އަޅާ ދިޔަފަހުން ނޫސްވެރިއަކު ފްލެޓްތަކާ ބެހޭ ގޮތުން 09 ޖެނުއަރީ، 2025 ގައި ސުވާލު ކުރުމުން ހަމަ އެ ރައީސް ވަރަށް ޔަގީން ކަމާއެކު އަނެއްކާ އަނެއް ތާރީޚް ދެއްވައިފިއެވެ. މިފަހަރު ވިދާޅުވީ ރޯދަމަސް ފެށުމުގެ ކުރިން ފްލެޓް ލިސްޓު ނެރުއްވާނެ ކަމަށެވެ.

ހުވަދު އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން، ބުރާސްފަތި ދުވަހު ރޯދައިގެ ކުރިން ލިސްޓް އާންމު ކުރެވިދާނެތޯ ނޫސްވެރިއަކު ސުވާލު ކުރުމުން މުއިއްޒު ވިދާޅުވީ ރޯދައިގެ ކުރިން ކުރެވޭނެ ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެއްވޭ ކަމަށެވެ.

"އަޅުގަނޑަށް ވަރަށް ބޮޑަށް ގަބޫލު ކުރެވޭ ކުރެވޭނެ ކަމަށް،"

"ރޯދައިގެ ކުރިއަށް އިއުލާން ކުރަން އިރާދަކުރެއްވިއްޔާ މި މަސައްކަތް ކުރަނީ، އަޅުގަނޑަށް ވަރަށް ބޮޑަށް ގަބޫލު ކުރެވޭ ކުރެވޭނެ ކަމަށް" މުއިއްޒު ވިދާޅުވިއެވެ.

ކުރީ ސަރުކާރުން އެގްރީމެންޓް ހަދާ ހަވާލު ކޮށްފައިވާ އެކިފާޑުގެ ބަހަނާ ދައްކައިގެން އޭގެ ހައްގުވެރިންނަށް ހަވާލު ނުކޮށް ދިގު ދަންމާތީ އެތައް ބަޔަކު އަންނަނީ ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ. ހިތާމައަކީ ރައީސް މިގޮތައް ވިދާޅުވާ އެއްޗެއް ގަބޫލު ކުރާ މީހަކު ވަރަށް މަދެވެ. ރައީސް މުއިއްޒު އަކީ ވިދާޅުވާ އެއްޗަކާ ދިމާ އިދިކޮޅަށް އާންމުކޮށް ކަންކުރައްވާ ބޭފުޅެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު