Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލޮސްއެންޖެލްސް އަނދަނީ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

ޖަންގަލީގައި ގުދުރަތީ ގޮތުން ރޯވި އަލިފާންގަނޑު ކޮންޓްރޯލުން ނައްޓާ ވަޔާއެކު ލޮސް އެންޖެލެސް އަށް ފެތުރެމުންދާތީ މަދުވެގެން 30،000 މީހުން ސަރަަހައްދު ދޫކޮށް ހިނގައްޖެއެވެ. އަލިފާންގަނޑު ފެތުރެނީ ގަދަ ވަޔާއި ހަނަފަސް ކަމުގެ ސަބަބުން ކަމަށް އޮފިޝަލުން ބުނެއެވެ.

ރާއްޖެ އެމްވީ | 8 ޖެނުއަރީ 2025 | ބުދަ 13:43
ލޮސްއެންޖެލްސް ގައި ފެތުރެމުންދާ އަލިފާންގަނޑުން ސަލާމަތްވުމަށް މަދުވެގެން 30،000 މީހުން އެ ސަރަހައްދު ދޫކޮށް ހިނގައްޖެ

ލޮސްއެންޖެލްސް ގައި ފެތުރެމުންދާ އަލިފާންގަނޑުން ސަލާމަތްވުމަށް މަދުވެގެން 30،000 މީހުން އެ ސަރަހައްދު ދޫކޮށް ހިނގައްޖެ

ދެކުނު ހުޅަނގު އެމެރިކާގެ ލޮސް އެންޖެލެސް ގައި ފެތުރެމުންދާ އަލިފާނުގެ ކާރިސާ އިން ސަލާމަތް ވުމަށް އެތައް ހާސް މީހުން އެ ސަރަހައްދު ދޫކޮށްދާން މަޖުބޫރު ވެއްޖެއެވެ.

އޮފިޝަލުން ބުނާ ގޮތުގައި އަންގާރަ ދުވަހު 30،000 އަށްވުރެ ގިނަ މީހުން ސަލާމަތްކުރެވުނެވެ. ރިޕޯޓުތައް ބުނާ ގޮތުގައި 3000 އޭކަރުގެ ސަރަހައްދަކަށް އަލިފާންގަނޑު ވަނީ ފެތުރިފައެވެ.

ލޮސް އެންޖެލެސް ގެ ކަނޑު އައްސޭރިފަށުގައިވާ ޕެސިފިކް ޕެލިސޭޑްސް ސަރަހައްދަށް އަލިފާންގަނޑު ފެތުރިފައި ވާއިރު އެ ސަރަހައްދަކީ ހޮލީވުޑްގެ މަޝްހޫރު ތަރިންނާއި، ފަންނާނުންނާއި މަހުޖަނުންގެ މަތީފަންތީގެ އަގު ބޮޑު ގެތައް އަޅާފައިވާ ސަރަަހައްދެކެވެ.

ޕެސިފިކް ޕެލިސޭޑްސް އަކީ ލޮސް އެންޖެލެސްގެ އެންމެ އަގުބޮޑު އަދި އެކްސްކްލޫސިވް ސަރަޙައްދުތަކުގެ ތެރެއިން އެއް ސަރަޙައްދެވެ.

ސަރަހައްދުގައި މުޅި ހަޔާތް ހޭދަ ކޮށްފައިވާ މީހުން ފުރާނަ ސަލާމަތް ކުރުމަށް ގެދޮރު ދޫކޮށް ދަމުން މިއީ "ގަބޫލު ކުރަން ދަތި ކަމެއް،" ކަމަށް ބުނެފައިވެއެވެ.

"އަހަރެން މުޅި އުމުރު ދިރިއުޅެފައި ވަނީ މިތާގައި، އެކަމަކު މިއީ އަހަރެން މީގެ ކުރިން ދުވަހަކުވެސް ދެކެފައިނުވާ ފަދަ ކަމެއް. މިއީ އެންމެ ނުރައްކާތެރި ހާލަތު،" އެ ސަރަހައްދުގެ މީހަކު މީޑީއާ އާ ވާހަކަ ދައްކަމުން ބުންޏެވެ.

ޖެނުއަރީ މަހަކީ އާންމު ގޮތެއްގައި އަލިފާނުގެ ހާދިސާތައް ހިނގާ މޫސުމެއް ނޫނެވެ. އެހެންނަމަވެސް މިއީ އާދަޔާ ޚިލާފު ހާލަތެއް ކަމަށް އެސަރަހައްދުގެ މީހުން ބުނެއެވެ. މި އަލިފާންގަނޑު މިހާ ބޮޑަށް ފެތުރެމުން މިދަނީ ފާއިތުވި ދިހަ އަހަރަށް ވުރެ ގިނަ ދުވަހުގެ ތެރޭގައި ދެކުނު ކެލިފޯނިއާގައި ތަޖުރިބާކުރެވުނު އެންމެ ގަދަ ވައިގެ ސަބަބުންނެވެ. އަދި ސަރަހައްދަށް ކުރިމަތިވެފައިވާ ހަނަފަސްކަމުގެ ސަބަބުން މިކަން އިތުރަށް ގޯސްވެފައިވާ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ފުލުހުންނާއި ފަޔަރ ޑިޕާޓްމަންޓުން ވަނީ މީހުންގެ ފުރާނަ އަށް ނުރައްކާ ވެދާނެ ކަމަށް ބުނެ ގެއިން ގެއަށް ޒިޔާރަތްކޮށް، މީހުން އެ ސަރަހައްދު ދޫކޮށް ދިއުމަށް އިލްތިމާސްކޮށްފައެވެ.

ބިރުގެނެފައިވާ އާންމުން ޕެސިފިކް ޕެލިސޭޑްސް ސަރަހައްދަށް ވަދެނިކުމެވާ ހަމައެކަނި މަގުމައްޗަށް ބައެއް މީހުން އެމީހުންގެ އަމިއްލަ ކާރުތައް ދޫކޮށްލުމަށް ފަހު ފައިމަގުގައި ދާ މަންޒަރުވެސް ވަނީ އާންމު ވެފައެވެ.

އިމަޖެންސީ އުޅަނދުތަކަށް މަގުން ޖާގަ ހަދަން ފަޔަރ ފައިޓަރުން ބުލްޑޯޒަރުތައް ބޭނުންކޮށްގެން އަގުބޮޑު ކާރުތައް އެއްފަރާތަކަށް ޖެއްސުމުގެ ތެރޭގައި ގިނަ ކާރުތައްވެސް ވަނީ ފިތި ހަލާކުވެފައެވެ.

މީޙުން ބުނަނީ މުޅި ސަރަހައްދުގައި ވަނީ އެލާމުގެ އަޑުފައްގަނޑު ކަމަށެވެ.

ލޮސް އެންޖެލެސް ފަޔަރ ޑިޕާޓްމަންޓުގެ ވެރިޔާ ކްރިސްޓިން ކްރައުލީ ވިދާޅުވީ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އެކަށީގެންވާ ރަނގަޅު އިންތިޒާމެއްގެ ދަށުން ނުދިޔަ ނަމަވެސް އެއްވެސް މީހެއްގެ ފުރާނަ ގެއްލުނު ކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށެވެ.

އެހެން ނަމަވެސް ފަޔަރ އޮފިޝަލެއް ޓެލެވިޜަން ސްޓޭޝަން ކޭޓީއެލްއޭ އަށް ވާހަކަ ދައްކަމުން ބުނެފައިވަނީ އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބައެއް މީހުން ފިހިފައިވާ ކަމަށް ބުނެފައިވެއެވެ. ބައެއް ފަޔަރ ފައިޓަރުންނަށް ވެސް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެތައް ސަތޭކަ ފަޔަރ ފައިޓަރުން އެ ސަރަހައްދަށް ޖަމާވެ، ބިމުންނާއި ވައިގެ މަގުން އަލިފާން ނިއްވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

"އަހަރުމެން އަދިވެސް ނުރައްކަލުން ސަލާމަތެއް ނުވޭ،" ލޮސް އެންޖެލެސް ކައުންޓީ ފަޔަރ ޗީފް އެންތަނީ މެރޯން މެންދުރުފަހު ބޭއްވުނު މީޑިއާ ބައްދަލުވުމެއްގައި ވިދާޅުވިއެވެ.

ދެކުނު ކެލިފޯނިއާގެ އެހެން ސަރަހައްދުތަކަށް ވެސް ނުރައްކާ ކުރިމަތިވިއެވެ. ދެވަނަ އަލިފާނުގެ ހާދިސާއެއް ފެށުނީ ޕެސެޑީނާ އާ ގާތްގަނޑަކަށް 30 މޭލު (50 ކިލޯމީޓަރު) އެތެރޭގެ ސަރަހައްދެއްގައެވެ.

ސީބީއެސް ނިއުސްގެ ރިޕޯޓުގައިވާ ގޮތުން، އެ ސިޓީގެ ނާސިންގ ހޯމަކުން ގާތްގަނޑަކަށް 100 ވަރަކަށް އުމުރުން ދުވަސްވީ މީހުން އިވަކުއޭޓް ކުރެވުނެވެ. ވީޑިއޯތަކާއި ފޮޓޯތަކުން ދައްކާގޮތުން، އުމުރުން ދުވަސްވީ މީހުންތައް، ބައެއް މީހުން ވީލްޗެއަރުގައި އެ އިމާރާތުގެ ޕާކިން ސަރަހައްދުގައި ދުންގަނޑުގެ ތެރޭގައި ތޮއްޖެހިފައި ތިބިއިރު، ފަޔަރ ޓްރަކްތަކާއި އެމްބިއުލާންސްތައް އެ ސަރަހައްދުގައި ދިޔައީ ހަރަކާތްތެރިވަމުންނެވެ.

ފަޔަރ އޮފިޝަލުން ބުނާގޮތުން، ތިންވަނަ އަލިފާނުގެ ހާދިސާއެއް ލޮސް އެންޖެލެސްގެ ހުޅަނގު އުތުރު ފަރާތުގައިވާ ސަން ފަރނާންޑޯ ވެލީގައި ހިނގާ އެ ސަރަހައްދު ހުސްކުރުމުގެ އަމުރުވެސް ނެރެވުނެވެ.

ކެލިފޯނިއާގެ ގަވަރނަރ ގެވިން ނިއުސަމް ވިދާޅުވީ، އަލިފާން ނިއްވުމުގެ މަސައްކަތަށް އެހީތެރިވުމަށް މައިސަރުކާރުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް ޖޯ ބައިޑަން ނިންމަވާފައިވާ ކަމަށެވެ.

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ
11 ޖެނުއަރީ 2017

ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ

11 ޖެނުއަރީ 2017
ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

ޑިމޮކްރަސީ ހިމާޔަތް ކުރުމަށް އޮބާމާގެ ވަދާއީ ޚިތާބުގައި ގޮވާލައްވައިފި

11 ޖެނުއަރީ 2017
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު