Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ދިން ހަމަލާއެއްގައި ޣައްޒާ އިން މަދުވެގެން 9 މީހުން ޝަހީދު ވެއްޖެ

އަންގާރަ ދުވަހުގެ ހަވީރު ހެބްރޯންގެ ދެކުނުގައިވާ އަލް-ފަވާރު ކޭމްޕުގައި އުޅޭ ބައެއްގެ ގަޔަށް އިސްރާއީލު ސިފައިން ވަނީ ބަޑި ޖަހާ ޒަޚަމް ކޮށްލާފައި.

ރާއްޖެ އެމްވީ | 8 ޖެނުއަރީ 2025 | ބުދަ 07:46
ޖެނުއަރީ 07: ޣައްޒާ ސިޓީގެ ޖަބާލިއާ ސަރަހައްދުގައި ހުންނަ ގެއަކަށް އިސްރާއީލުން ދިން ހަމަލާގައި ޒަޚަމްވި ކުދިންތަކެއް އަލް އަހުލީ ބެޕްޓިސްޓް ހޮސްޕިޓަލުގައި

ޖެނުއަރީ 07: ޣައްޒާ ސިޓީގެ ޖަބާލިއާ ސަރަހައްދުގައި ހުންނަ ގެއަކަށް އިސްރާއީލުން ދިން ހަމަލާގައި ޒަޚަމްވި ކުދިންތަކެއް އަލް އަހުލީ ބެޕްޓިސްޓް ހޮސްޕިޓަލުގައި

އިސްރާއީލީ ބާރުތަކުން ޣައްޒާއަށް ހުއްޓުމެއް ނެތި ދެމުންދާ ހަމަލާތަކުގައި ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ދިން ހަމަލާއެއްގައި މަދުވެގެން 9 މީހުން ޝަހީދު ވެއްޖެއެވެ. މީގެ ތެރޭގައި އުމުރުން އެންމެ 15 ދުވަސް ވެފައިވާ ތުއްތު ކުއްޖެއްވެސް ހިމެނެއެވެ. މި ހަމަލާތައް ދިނީ އިސްރާއީލުން "އަމާން ސަރަހައްދު" ކަމަށް ބުނާ އަލް-މަވާސީ އަށް ބޮން އެޅުމުގެ ސަބަބުން މަދުވެގެން 5 ކުޑަ ކުދިން ޝަހީދު ކޮށްލިތާ ދެތިން ގަޑިއިރު ފަހުންނެވެ.

އަނެއްކޮޅުން އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ހެބްރޯން ކައިރީގައި ފަލަސްތީނުގެ ބައެއްގެ ގަޔަށް ބަޑި ޖަހާ ވަނީ ޒަޚަމް ކޮށްލާފައެވެ.

އަންގާރަ ދުވަހުގެ ހަވީރު ހެބްރޯންގެ ދެކުނުގައިވާ އަލް-ފަވާރު ކޭމްޕުގައި ހިނގި ކުރިމަތިލުން ތަކެއްގައި އިސްރާއީލީ އިސްތިއުމާރީ ބާރުތަކުގެ ވަޒަނުން 4 އާންމުން ޒަޚަމްވިއެވެ.

ރެޑް ކްރެސެންޓްގެ މަސްދަރުތަކުން ބުނެފައިވަނީ އެފަރާތުގެ ޓީމުތަކުން ޒަޚަމްވި 4 މީހުންނަށް ފަރުވާދިން ކަމަށެވެ. މީގެ ތެރެއިން 3 މީހުންގެ ފަޔަށް އަދި އެކެއްގެ ބުރަކަށްޓަށް ވަޒަން އަރާފައިވާ ކަމަށް ބުނެފައިވެއެވެ.

ވަފާ ނިއުސް އިން ބުނެފައިވަނީ އިސްތިއުމާރީ ބާރުތަކުން ކޭމްޕްގެ މެދުތެރެއަށް އައިސް ވަދެގަތް ކަމަށާއި، އެކަމުގެ ސަބަބުން އިސްރާއީލު ސިފައިންނާއި ކޭމްޕްގައި ދިރިއުޅޭ އާންމުންނާ ދެމެދު ކުރިމަތިލުން ތަކެއް ހިނގާފައިވާ ކަމަށެވެ. އެއާއެކު އިސްރާއީލު ސިފައިން ވަނީ ބަޑިޖަހާ، ވިހަ ގޭސް ބޮމާއި ގަދަ އަޑުފައްގަނޑު އުފައްދާ ބޮން ބޭނުން ކޮށްފައެވެ.               

އެންމެ ފަހުގެ، ހިސާބުތަކުން ދައްކާ ގޮތުގައި، 7 އޮކްޓޯބަރު 2023 އިން ފެށިގެން ޣައްޒާ ސްޓްރިޕްގައި ޝަހީދުވި މީހުންގެ އަދަދު 45,885 އަށް ވަނީ އަރާފައެވެ. އަދި ހަމަ މި މުއްދަތުގައި ހުޅަނގު އައްސޭރީގައި ޝަހީދުވި މީހުންގެ އަދަދަކީ 841 އެވެ. 

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

14 ފެބުރުއަރީ 2017
ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު