Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާ އަށް ފޮނުވި އެހީގެ ގާފިލާއަކަށް އިސްރާއީލުގެ ބާރުތަކުން ބަޑި ޖަހާ ހުއްޓުވައިފި

މަދުވެގެން 16 ވަޒަން އުޅަނދުތަކަށް ޖަހާފައިވާ ކަމަށް ޑަބްލިއުއެފްޕީ ގެ ބަޔާނުގައި ވެއެވެ.

ރާއްޖެ އެމްވީ | 7 ޖެނުއަރީ 2025 | އަންގާރަ 08:03
16 އޮކްޓޯބަރު 2024 - އދ. ގެ ދުނިޔޭގެ ކާބޯތަކެތީގެ ޕްރޮގްރާމުން ޣައްޒާގައި ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް ފޯރުކޮށްދޭ ކާބޯތަކެތި ހިފައިގެން ތިބި ކުދިންތަކެއް

16 އޮކްޓޯބަރު 2024 - އދ. ގެ ދުނިޔޭގެ ކާބޯތަކެތީގެ ޕްރޮގްރާމުން ޣައްޒާގައި ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް ފޯރުކޮށްދޭ ކާބޯތަކެތި ހިފައިގެން ތިބި ކުދިންތަކެއް

ވޯލްޑް ފުޑް ޕްރޮގްމް (ޑަބްލިޔުއެފްޕީ) އިން ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަލަސްތީނު މީހުންނަށް ފޮނުވި އެހީގެ ގާފިލާ އަކަށް އިސްރާއީލު ސިފައިން ބަޑި ޖަހާ ހުއްޓުވައިފިއެވެ.

ޖެނުއަރީ 5 ވަނަ ދުވަހު މި ހާދިސާ ހިނގީ ޣައްޒާގެ މެދުތެރޭގައި ހުންނަ ވާދީ ޣައްޒާ ކައިރީގައި ހުރި އަސްކަރީ ޗެކްޕޮއިންޓެއްގައެވެ.

ޑަބްލިއުއެފްޕީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި ބިރުވެރި ހަމަލާއިން އެ ފަރާތުގެ މުވައްޒަފުންގެ ފުރާނައަށް ނުރައްކާވެ، އުޅަނދުތައް ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ. މަދުވެގެން 16 ވަޒަން އުޅަނދުތަކަށް ޖަހާފައިވާ ކަމަށް ބަޔާނުގައި ބުނެއެވެ. ޑަބްލިއުއެފްޕީން ބުނެފައިވަނީ އެހީގެ ގާފިލާ ދަތުރު ކުރަމުން ދިޔައީ އިސްރާއީލުގެ ފަރާތުން ބޭނުންވާ ހުރިހާ ހުއްދައެއް ލިބިގެން ކަމަށެވެ. އެހީ ހިފައިގެން ދަތުރުކުރި ތިން އުޅަނދުގައި 8 މުވައްޒަފުން ތިބި ކަމަށާއި، ހަމަލާ ދިނީ ގަސްދުގައި ކަމަށްވެސް ޑަބްލިއުއެފްޕީން ބުނެފައިވެއެވެ.

މި ހާދިސާ ގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވި ނަމަވެސް، މިކަމުން ދައްކައިދެނީ ޣައްޒާ އަށް އެހީ ފޯރުކޮށްދިނުމަށް ޑަބްލިއުއެފްޕީ އާއި އެހެން ޖަމާއަތްތަކުން މަސައްކަތް ކުރަން ޖެހޭ ދަތި ބިރުވެރި ހާލަތު އޮތް ގޮތް ކަމަށް އެ ޖަމްއިއްޔާގެ ބަޔާނުގައި ވެއެވެ.

ޑަބްލިއުއެފްޕީ ގެ ބަޔާނުގައި އިންސާނުންގެ ފުރާނަ ސަލާމަތްކުރުމަށް ކުރެވޭ އިންސާނީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ޣައްޒާގެ ސަލާމަތީ ހާލަތު ރަނގަޅުކުރުމުގެ މުހިންމުކަން ވަނީ ފާހަގަ ކޮށްފައެވެ.

އދ.ގެ އެޖެންސީ އެއް ކަމަށްވާ ޑަބްލިއުއެފްޕީން އެންމެހާ ފަރާތްތަކަށް ގޮވާލާފައިވަނީ ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނަށް އިޙްތިރާމްކޮށް، އާންމު ރައްޔިތުންގެ ފުރާނަ ރައްކާތެރިކޮށް، އިންސާނީ އެހީ ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމަށެވެ.

އިސްރާއީލުން މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ޣައްޒާ އަށް އެހީ ފޯރުކޮށް ދިނުމަށް ހުރަސް އަޅާފައިވެއެވެ.

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2017

އދގެ އެހީގެ ޕްރޮގްރާމަށް ރެކޯޑް އަދަދެއްގެ ފައިސާއަށް އެދިއްޖެ

02 ޑިސެމްބަރު 2017
އދގެ އެހީގެ ޕްރޮގްރާމަށް ރެކޯޑް އަދަދެއްގެ ފައިސާއަށް އެދިއްޖެ
19 ނޮވެމްބަރު 2017

އިސްރާއީލުގެ ޖަރީމާތައް ތަހުޤީޤްކުރަން ގޮވާލުމުން ފަލަސްތީނުގެ އޮފީސް ބަންދުކުރާނެކަމުގެ އިންޒާރު ދީފި

19 ނޮވެމްބަރު 2017
އިސްރާއީލުގެ ޖަރީމާތައް ތަހުޤީޤްކުރަން ގޮވާލުމުން ފަލަސްތީނުގެ އޮފީސް ބަންދުކުރާނެކަމުގެ އިންޒާރު ދީފި
05 ނޮވެމްބަރު 2017

ކިންގް ޚާލިދު އިންޓަނެޝަނަލް އެއާޕޯޓަށް ފޮނުވި މިސައިލެއް ސައުދީ އަސްކަރިއްޔާއިން ވައްޓާލައިފި

05 ނޮވެމްބަރު 2017
ކިންގް ޚާލިދު އިންޓަނެޝަނަލް އެއާޕޯޓަށް ފޮނުވި މިސައިލެއް ސައުދީ އަސްކަރިއްޔާއިން ވައްޓާލައިފި
03 ނޮވެމްބަރު 2017

ހަމާސް އިން ޣައްޒާގެ ބޯޑަރުތައް ފަލަސްތީނުގެ ސަރުކާރާއި ހަވާލުކޮށްފި

03 ނޮވެމްބަރު 2017
ހަމާސް އިން ޣައްޒާގެ ބޯޑަރުތައް ފަލަސްތީނުގެ ސަރުކާރާއި ހަވާލުކޮށްފި
31 އޮކްޓޯބަރު 2017

އިސްރާއީލުން ވައިގެމަގުން ދިން ހަމަލާގެ ބަދަލު ހިފާނެކަމަށް ޣައްޒާއިން ބުނެފި

31 އޮކްޓޯބަރު 2017
އިސްރާއީލުން ވައިގެމަގުން ދިން ހަމަލާގެ ބަދަލު ހިފާނެކަމަށް ޣައްޒާއިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު