Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ހޯމަ ދުވަހު އިސްރާއީލުން ޣައްޒާގައި 28 މީހުން ޝަހީދު ކޮށްލައިފި

7 އޮކްޓޯބަރު 2023 ގައި ޣައްޒާ ގައި އިސްރާއީލުން ފެށި އަނިޔާވެރި ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 45,854 ށް އަރައިފިއެވެ.

ރާއްޖެ އެމްވީ | 7 ޖެނުއަރީ 2025 | އަންގާރަ 05:44
ޖެނުއަރީ 06، 2025 ގައި ޣައްޒާ ސިޓީގެ ބުރައިޖް ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ދިން ހަމަލާތަކާ ގުޅިގެން ސުންނާފަތިވެފައިވާ އާންމުން ދިރިއުޅޭ ގެއެއް

ޖެނުއަރީ 06، 2025 ގައި ޣައްޒާ ސިޓީގެ ބުރައިޖް ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ދިން ހަމަލާތަކާ ގުޅިގެން ސުންނާފަތިވެފައިވާ އާންމުން ދިރިއުޅޭ ގެއެއް

އިސްރާއީލުން އެއްވެސް ބެލުމެއް ނެތި ޣައްޒާ އަށް ބޮން އެޅުން ހުއްޓުމެއް ނެތި ކުރިއަށް ގެންދަމުން ދިއުމުގައި ހޯމަ ދުވަހު މީހުން ދިރިއުޅޭ އިމާރާތަކަށް ބޮން އަޅާ ކުޑަކުއްޖަކާއެކު 6 މީހުން ޝަހީދު ކޮށްލައިފިއެވެ.

އަލް ބުރެއިޖު ރެފިއުޖީ ކޭމްޕް ގައި ހުރި އާންމުން ދިރިއުޅޭ މި ގެއަށް ބޮން އެޅުމުގެ ސަބަބުން ޒަޚަމް ވި މީހުންގެ އަދަދު 13 ށް އަރާފައިވާ ކަމަށް އަލް އައުދާ ހޮސްޕިޓަލުން ހާމަ ކޮށްފައިވެއެވެ.

މިއާއެކު ހޯމަ ދުވަހު ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މަދުވެގެން 28 އަށް އަރާފައިވެއެވެ.

އަނެއްކޮޅުން ޣައްޒާ އަށް އދ. ގެ އިންސާނީ އެހީ ފޯރުކޮށްދޭ އޮފީހުގެ ވެރިޔާ ޓޮމް ފްލެޗަރ ވިދާޅުވެފައިވަނީ، އިސްރާއީލުން އެހީގެ މަސައްކަތުގައި އުޅޭ ފަރާތްތަކަށް ދެމުންދާ ހަމަލާތަކާއި، ހަނގުރާމައިގެ ތެރޭގައި ވާ ޣައްޒާގައި ޤާނޫނާއި ގަވައިދުތައް ނެތިގޮސްފައިވުމުގެ ސަބަބުން، ދިރިތިބި މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތައް "ހުއްޓުމުގެ ހިސާބުގައި" ވާކަމަށެވެ.

ގަލްގީލިޔާ ގަވަރނަރޭޓުގައި ޔަހޫދީން އާބާދުވެފައިވާ ޣައިރު ޤާނޫނީ ސަރަހައްދެއްގެ ކައިރީގައި ފަލަސްތީނު މީހަކު ބަޑި ޖަހާ ތިން އިސްރާއީލު މީހުން މަރާލުމާ ގުޅިގެން އިސްރާއީލުގެ ސިފައިން ހިފާފައިވާ ހުޅަނގު އައްސޭރީގައި އެކަމަށް ޝައްކު ކުރެވޭ މީހުން ހޯދުމަށް ރެއިޑެއް ވަނީ ފަށާފައެވެ.

ވަފާ ނިއުސް އޭޖެންސީން ބުނާގޮތުގައި އިސްރާއީލު ސިފައިންގެ ހިމާޔަތް ލިބިގެން ގާނޫނާ ޚިލާފަށް ވަޒަންވެރިވެގެން އުޅޭ ހައްދުފަހަނަ އެޅި ޔަހޫދީން ގެންދަނީ ފަލަސްތީނު މީހުން އުޅަނދުތަކުގައި ހުޅުޖަހާ އަވަށްތަކަށް ހަމަލާތައް ދެމުންނެވެ.

7 އޮކްޓޯބަރު 2023 ގައި ޣައްޒާ ގައި އިސްރާއީލުން ފެށި އަނިޔާވެރި ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 45,854 އަށް އަރައިފިއެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. މި އަނިޔާވެރި ހަމަލާތައް ފެށުނީއްސުރެ މަދުވެގެން 109,139 މީހުން ޒަޚަމްވެފައިވެއެވެ.

އިތުރަށް ކިޔާލަން

21 އެޕްރީލު 2017

ޕެރިހުގައި ބުރާސްފަތި ދުވަހު ބަޑިން ހަމަލާ ދިން މީހާ ދެނެގަނެވިއްޖެ: ފުލުހުން

21 އެޕްރީލު 2017
ޕެރިހުގައި ބުރާސްފަތި ދުވަހު ބަޑިން ހަމަލާ ދިން މީހާ ދެނެގަނެވިއްޖެ: ފުލުހުން
11 މާރިޗު 2017

ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި

11 މާރިޗު 2017
ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި
28 ފެބުރުއަރީ 2017

ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް

28 ފެބުރުއަރީ 2017
ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް
14 ފެބުރުއަރީ 2017

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

14 ފެބުރުއަރީ 2017
ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު