Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އެއަރމޯލްޑިވްސް

ދުނިޔޭގެ އެތައް މަންޒިލަކަށް މާކުރިން ވައިޑް ބޮޑީ ބޯޓުފަހަރު ދިވެހި ދިދަ ޖަހައިގެން ވަނީ އުދުހިފައެވެ

ރާއްޖޭގެ އޭވިޢޭޝަން ތާރީޚު މި ކަޑައްތު ކުރި ގާތްގަނޑަކަށް 55 އަހަރުގެ ތާރީޚުގައި ގިނަ ތަޖުރިބާތަކެއް ވަނީ ހާސިލު ކޮށްފައެވެ. އޭގެ ތެރޭގައި އަޑިގުޑަން ގިނަކަން ފާހަގަ ކުރެވެއެވެ. 1990 ގެ އަހަރު ތަކުގައި ރާއްޖޭގެ ގައުމީ ދިދަ އާ އެކު ވައިޑް ބޮޑީ މަތިންދާ ބޯޓުތައް ދުބާއީ، ކޮލަމްބޯ، ޓްރިވެންޑްރަމް އަދި ކުއަލަލަމްޕޫރަށް ޝެޑިއުލްކުރެވިފައިވާ ދަތުރުތައް ކުރިއަށް ގެންދިޔައެވެ. ފަހުން ބެންކޮކް އަދި ލަންޑަން އަށް ދަތުރުތައް ކުރަން ފެށިއެވެ.

ރާއްޖެ އެމްވީ | 6 ޖެނުއަރީ 2025 | ހޯމަ 17:13
އެއަރ މޯލްޑިވްސް އޭ 310 ގެ އެއަރ ބަސް މަތިންދާ ބޯޓު

އެއަރ މޯލްޑިވްސް އޭ 310 ގެ އެއަރ ބަސް މަތިންދާ ބޯޓު

ވައިޑް-ބޮޑީ އެއާކްރާފްޓް އޮޕަރޭޝަން އަދި އެއާބަސް އޭ330-200، އިފްތިތާޙުކުރުމަށް ހޯމަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ކުލަ ގަދަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ.

އެ ރަސްމިއްޔާތުގައި ރައީސުލް ޖުމްހޫރިއްޔާ އާއި ރައީސުލް ޖުމްހޫރިއްޔާގެ ނައިބު އަދި ވަޒީރުންނާއި އެކި ފެންވަރުގެ ވެރިން ބައިވެރިވެ ވަޑައިގެން އުޅުއްވި ގޮތުން ހީވަނީ ރާއްޖެއަށް އަލަށް ވައިޑް ބޮޑީ ބޯޓެއް ގެނެސްގެން އުޅެނީ ހެންނެވެ.

ކަންކަމުގައި ކްރެޑިޓް ހޯދުމަކީ ހައްގު ގޮތުގައި ރަނގަޅު ކަމެކެވެ. އެހެން ނަމަވެސް ތާރީޚަށް ފަސް އަޅާ ފޮރުވާލާ ގޮތައް، ކުރިން ހިނގާފައިވާ ކަންކަމަކީ ވެސް ނެތް ކަންކަމުގެ ގޮތުގައި ހަދަން އުޅުމަކީ ދެރަ ކަމެކެވެ. ތާރީޚް އޮޅުވާ ނުލައްވާ ކުރައްވާ ކަމެއް ކުރައްވާށެވެ.

ވައިޑް ބޮޑީ މަތިންދާ ބޯޓަކީ ރާއްޖެ އަށް އައު އެއްޗެއް ނޫނެވެ. ރާއްޖެއިން ވައިޑް ބޮޑީ މަތިންދާ ބޯޓު މާކުރިން ވަނީ ގައުމީ ދިދަ ޖަހައިގެން ދުނިޔޭގެ އެތައް ގައުމަކަށް އުދުހިފައެވެ. ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތާރީޚަކީ އަދި މާ ދުރަށް ގޮސް ގެއްލޭ ހިސާބުގައި އޮތް އެއްޗަކަށް ނުވާއިރު، ފެށުނީއްސުރެ މިކަން ހިނގަމުން އައި ގޮތް އެނގޭ މީހުން އަދިވެސް ދުނިޔޭގައި އެބަ ތިއްބެވެ.

އެއަރ މޯލްޑިވްސްއަކީ ދިވެހިރާއްޖޭގެ ފުރަތަމަ ޤައުމީ އެއަރލައިނާއި ފްލެގް ކެރިއަރއެވެ. އެ އެއަރލައިން އުފެދުނީ 1 އޮކްޓޯބަރ 1974 ގައި އިބްރާހިމް ނާޞިރުގެ ވެރިކަމުގައެވެ. 26 އަހަރު ވަންދެން ހިންގުމަށްފަހު، އެ އެއަރލައިން ބަނގުރޫޓުވެ 2000 ވަނަ އަހަރު އޭގެ ހުރިހާ ހިދުމަތްތަކެއް ހުއްޓާލިއެވެ. އެހެން ނަމަވެސް އެއަރ މޯލްޑިވްސް އުދުހެމުން ދިޔަ ދުވަސް ތަކުގައި ބޮޑެތި ކުރިއެރުންތަކެއް ވެސް ހޯދިކަން އެއީ ފެންނާން އޮތް ހަގީގަތެކެވެ. ދިވެހި ގައުމީ ދިދަ އާއެކު އެ އެއަރލައިން ޝެޑިއުލް ދަތުރުތަކުގައި އޭޝިއާ ސަރަހައްދު ހުރަސް ކޮށް ވިލާތައް ވެސް ވަނީ ދަތުރު ކޮށްފައެވެ.

އެއަރ މޯލްޑިވްސް ހިދުމަތް ފެށީ ކެރިބިއަން ޔުނައިޓެޑް އެއަރލައިންސްއިން ގަނެފައިވާ ދެ ކޮންވެއަރ 440 މަތިންދާބޯޓާ އެކުގައެވެ. މި ދެ މަތިންދާބޯޓަށް ކިޔާފައިވަނީ "ފްލައިންގ ފިޝް I (8Q-AM101)" އަދި "ފްލައިންގ ފިޝް II (8Q-AM102)" އެވެ. އެއަރ މޯލްޑިވްސްގެ ފުރަތަމަ މަތިންދާ ބޯޓު ހުޅުލޭ އެއަރޕޯޓަށް ޖެއްސީ 9 އޮކްޓޯބަރ 1974 ގައެވެ.

އެ އެއަރލައިނުން މާލެ އާއި ކޮޅުނބާ ދެމެދު ހަފްތާއަކު 6 ދުވަހު ދަތުރުތައް ކުރިއެވެ. އަދި ހަތްވަނަ ދުވަހު މެއިންޓެނަންސްގެ މަސައްކަތް ކުރިއެވެ. އަދި އެތެރޭގެ ދަތުރުފަތުރުގެ ހިދުމަތްވެސް ފަށާ، ދެ ހަފްތާ އަކުން އެއްފަހަރު މާލެ އާއި ގަމާ ދެމެދު ދަތުރުތައް ކުރިއެވެ. މީގެ އިތުރުން، އެ އެއަރލައިނުން ކޮޅުނބުގައި ޓިކެޓް ވިއްކުމަށް ޓްރެވަލް އޭޖެންޓުން އައްޔަންކޮށް، އަދި އެއަރޕޯޓް ހޭންޑްލިންގގެ މަސައްކަތް ކުރުމަށް އެއަރ ސިލޯން އައްޔަންކުރިއެވެ.

1976 ގައި، ސިންގަޕޫރުގައި އުފައްދާފައިވާ ޓްރައި-9 ކޯޕަރޭޝަން ނަމަކަށް ކިޔާ ކުންފުންޏަކުން އެ އެއަރލައިންގެ 49 އިންސައްތަ ހިއްސާ ގަނެ، 1 ޖޫން ގައި އެ އެއަރލައިންގެ މެނޭޖްމަންޓާއި ހިންގުން ހަވާލުވިއެވެ.

ޓްރައި-9 އިން ހަވާލުވިއިރު، އެ އެއަރލައިންގެ ދެ މަތިންދާބޯޓު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އަދި އެ ދެ މަތިންދާބޯޓު އޯވަރހޯލް ކުރުމަށް ސިންގަޕޫރުގެ ސެލެޓަރ އަށް ގެންދެވުނެވެ. އޭގެ ތެރެއިން އެއް މަތިންދާބޯޓު (8Q-AM101، ފްލައިންގ ފިޝް I) ވަނީ މަރާމާތުކުރުމަށް އެކަށީގެން ނުވާ ހާލަތެއްގައި ކަމަށް ފެނި، އެ މަތިންދާބޯޓު ސެލެޓަރގައި ބޭއްވިއެވެ. އަދި ވީރާނާވެގެން ދިޔައީ އެތަނުގައި އޮވެގެން ކަމަށް ބުނެއެވެ.

އޭގެ ބަދަލުގައި އޮކްޓޯބަރ 1976 ގައި އެހެން ކޮންވެއަރ 440 މަތިންދާބޯޓެއް (ރަޖިސްޓްރީ ނަންބަރު N90907) ގެނެއެވެ. މި މަތިންދާބޯޓަކީ ޓްރައި-9 ގެ މިލްކިއްޔާތުގައިވާ މަތިންދާބޯޓެކެވެ. މި ދުވަސްކޮޅުގެ ތެރޭގައި، ފްލައިންގ ފިޝް II (8Q-AM102) ބޮޑު މަރާމާތެއް ކޮށް، ނޮވެމްބަރ 1976 ގައި އަލުން ހިދުމަތް ދޭން ފެށިއެވެ.

މި އޮޕަރޭޝަން މިހެން ހިނގަމުން ދަނިކޮށް މެއި 1977 ގައި، ދިވެހި ސަރުކާރުން އެ އެއަރލައިންގެ މަސައްކަތްތައް ހުއްޓާލަން އަންގާ، ބޯޓުތައް ގްރައުންޑް ކުރުމަށް އެންގިއެވެ. އަދި ކުންފުނީގެ އެސެޓްތައް ފްރީޒްކުރުމާ ގުޅިގެން އެ އެއަރލައިނުން ހުރިހާ ހިދުމަތްތަކެއް ހުއްޓާލިއެވެ. އެ ވަގުތު ހިދުމަތުގައި އުޅުނު ދެ މަތިންދާބޯޓުގެ ތެރެއިން އެއް ބޯޓު ސިންގަޕޫރަށް އަނބުރާ ފޮނުވާލެވުނެވެ. އަދި އަނެއް ބޯޓު (ފްލައިންގ ފިޝްII) ޖަނަވަރީ 1979 އާ ހަމައަށް އެ ބޯޓު ވިއްކާ ލެވެން ދެން ހުޅުލޭ އެއަރޕޯޓުގައި ބާއްވާފައި އޮތެވެ.

1980 ގެ އަހަރުތަކުގެ ދުވަސްވަރު އެއަރލައިން ގެ ޚިދުމަތްތައް ހަމައެކަނި އެތެރޭގެ ދަތުރުތަކަށް ހަނިވެގެން ދިޔައެވެ. އެއަރލައިނުން ޝޯޓް ސްކައިވޭން އެއް މެދުވެރިކޮށް މާލެއާއި އައްޑޫ އަތޮޅުގެ ގަމާ ދެމެދު ގަވާއިދުން ދަތުރުތައް ކުރިއެވެ.

1980 ގެ އަހަރުތަކުގެ ފަހުކޮޅު، ހަނިމާދޫ އަދި ލ. އަތޮޅު ކައްދޫގައި އިތުރު ދެ އެއަރޕޯޓެއް ހުޅުވުމާއެކު، ސްކައިވޭން ގެ ބަދަލުގައި ޑޯނިއަރ 228 ގެ ދެ މަތިންދާބޯޓު ބޭނުން ކުރަން ފެށުނެވެ.

1990 ގެ އަހަރުތަކުގައި، އެއަރ މޯލްޑިވްސް އަނެއްކާވެސް ބައިނަލްއަޤްވާމީ ދާއިރާއަށް ނުކުތެވެ. މެލޭޝިއާގެ އިންވެސްޓަރެއްގެ އެހީގައި އެއަރ މޯލްޑިވްސް އަށް ކުއްލި ދިރުމެއް ލިބިގެން ދިޔައެވެ. ދިވެހި ސަރުކާރުގެ 51 އިންސައްތަ ހިއްސާ އަދި ނަލޫރީ ބަރްހާދް (މެލޭޝިއާ އެއަރލައިންސްގެ އެންމެ ބޮޑު ހިއްސާދާރު، 49 އިންސައްތަ ހިއްސާ އޮތް) އާ ދެމެދު އުފެދުނު ޖޮއިންޓް ވެންޗަރ އެއަރލައިނަކަށް ބަދަލު ވެގެން ދިޔައެވެ.

އެއާއެކު އެއަރލައިންގެ ހަރަކާތްތައް ފުޅާވެ، 1994 ނޮވެމްބަރ 10 ވަނަ ދުވަހު ދުބާއީ، ކޮލަމްބޯ، ޓްރިވެންޑްރަމް އަދި ކުއަލަލަމްޕޫރަށް ޝެޑިއުލްކުރެވިފައިވާ ދަތުރުތައް ފެށުނެވެ. ފަހުން ބެންކޮކް އަދި ލަންޑަން އަށް ދަތުރުތައް ކުރަން ފެށިއެވެ.

2000 ވަނަ އަހަރު، އެއަރ މޯލްޑިވްސް އުވާލެވުނީ ކުންފުނި ބަނގުރޫޓު ވެގެން ކަމަށް ބުނެއެވެ. ކުންފުނި އުވާލި އިރު ގާތްގަނޑަކަށް 69.2 މިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުމެއް އޮތް ކަމަށް ވެއެވެ. ދިވެހިރާއްޖޭގެ ޤައުމީ ފްލެގް ކެރިއަރ ކުއްލިއަކަށް ނެތި ދިޔައީ ކީއްވެގެން ކަމެއް އަދިވެސް މިހާ ހިސާބަށްވެސް ސާފުވެފައެއް ނެތެވެ.

2025 ފެށިގެން މި ދިޔައީ ވައިޑް ބޮޑީ މަތިންދާ ބޯޓެއް ރާއްޖެއަށް ތައާރުފް ކުރެވިގެންނެވެ. އެއާބަސް އޭ 330-200 އިފްތިތާޙުކުރުމާ އެކުގައެވެ.

ހަގީގަތަކީ މީގެ ވިހި ތިރީސް އަހަރަ ކުރިން އޭ 310 ގެ ބޯޓު ގެނެސް ދުނިޔޭގެ އެތައް މަންޒިލަކަށް ދިވެހި ދިދަ ޖަހައިގެން ދަތުރު ކުރި ގައުމުކަން މިއަދު އޭ 330 ގެ ބޯޓެއް ގެނެސްގެން ފާހަގަ ކުރަން ޖެހޭ މާ ބޮޑު އީދެއް ނޫނެވެ.

އޭރު ގެނައި ވައިޑް ބޮޑީ ބޯޓުތައް ރަނގަޅަށް އޮޕަރޭޓް ކުރެވުނު ނަމަ މިއަދު މި އޮތް އޭ 380 ބޯޓު ޖެއްސޭ ރަންވޭ ގައި އުދުހުނީހީ އަހަރެމެންގެ އަމިއްލަ އޭ 380 ބޯޓު ކަމަށް ވުމީ އެކަށީގެންވާ ކަމެކެވެ. އެހެން އެކަން ނުވީ ކުންފުނި ބަނގުރޫޓު ވުމެވެ. އެކަން އެހެން ވީ ސަބަބެއް އެނގޭނެ ގޮތެއް އަދިއަދަށް ދާންދެންވެސް ނެތެވެ. ޒިންމާދާރު މީޑީއާ އެއް ޖަވާބުދާރީ ކުރުވާނެ މަޖިލިހެއް ނެތެވެ. މިއަދުގެ ހާލަތަކީ ވެސް އެއީއެވެ. މިގެނައި ބޯޓު ވެސް ދަރަނިވެރި ނުވެ ސަލާމަތް ވެއްޖެ ނަމަ ކިތަންމެހާ ވެސް ރަނގަޅެވެ. އެހެން ނަމަވެސް ސަރުކާރު ޒިންމާދާރު ކުރުވާނެ މުއްސަސާތައް މިއަދުވެސް ފެއިލް ވެފައި އޮތުމާއެކު މިފަދަ އިންވެސްޓްމަންޓް ތައް ވެސް ކާމިޔާބު ވާނެ ކަމާމެދު ރާއްޖޭގައި އޮތީ ޝައްކުގެ ނަޒަރަކުން ބެލުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޮލިމްޕިކް އަދި ދުނިޔޭގެ ޗެމްޕިއަން ފެތުންތެރިޔާ އެޑަމް ޕީޓީގެ ތަފާތު ވާހަކައެއް

އޮލިމްޕިކް އަދި ދުނިޔޭގެ ޗެމްޕިއަން ފެތުންތެރިޔާ އެޑަމް ޕީޓީގެ ތަފާތު ވާހަކައެއް

30 އޯގަސްޓު 2017
އެތައް ބަލިމީހެއްގެ ރުއިމުގެ އަޑު އެއްސެވި ގާސިމްގެ ރުއިމުގެ އަޑު އަހާނެ ކަންފަތެއް ނެތް!

އެތައް ބަލިމީހެއްގެ ރުއިމުގެ އަޑު އެއްސެވި ގާސިމްގެ ރުއިމުގެ އަޑު އަހާނެ ކަންފަތެއް ނެތް!

06 އޯގަސްޓު 2017
އެފްއޭއެމް ހައުސްގައި މެޑަމް ފާތުންގެ އޮފީހެއް، އެތައް ބައެއްގެ ފާޑުކިޔުން އެފްއޭއެމް އަށް

އެފްއޭއެމް ހައުސްގައި މެޑަމް ފާތުންގެ އޮފީހެއް، އެތައް ބައެއްގެ ފާޑުކިޔުން އެފްއޭއެމް އަށް

31 ޖުލައި 2017
ޗެސްޓާގެ މަރާއެކު އެތައް ބަޔަކު ރޮއްވާލައިފި

ޗެސްޓާގެ މަރާއެކު އެތައް ބަޔަކު ރޮއްވާލައިފި

21 ޖުލައި 2017
"އެތައް ފަަހަރު މަރުވާ" ބަގްދާދީ އާ ގުޅޭގޮތުން ގަބޫލު ކުރަންވީ ކޮން ވާހަކައެއް؟

"އެތައް ފަަހަރު މަރުވާ" ބަގްދާދީ އާ ގުޅޭގޮތުން ގަބޫލު ކުރަންވީ ކޮން ވާހަކައެއް؟

16 ޖޫން 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު