Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ހަނގުރާމަ ހުއްޓާލާ މަތިން 34 ރަހީނުން ދޫކޮށްލަން ހަމާސް އިން އެއްބަސްވެއްޖެ: ރޮއިޓާސް

އޮކްޓޯބަރު 7، 2023 އިން ފެށިގެން ޣައްޒާގައި އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 45،805 ފަލަސްތީނު މީހުން ޝަހީދުވެ 109،064 މީހުން ޒަޚަމްވެފައިވެއެވެ.

ރާއްޖެ އެމްވީ | 6 ޖެނުއަރީ 2025 | ހޯމަ 01:09
ޖެނުއަރީ 5، 2025 - ޣައްޒާގެ މެދުތެރޭގެ ދީރުލް ބަލާހުގައި ހުންނަ އަގްސާ ޝަހީދުންގެ ހޮސްޕިޓަލުގެ ބޭރުގައި އިސްރާއީލުން ދިން ހަމަލާގައި މަރުވި މީހުންގެ އާއިލާތަކުން ހިތާމައިގައި

ޖެނުއަރީ 5، 2025 - ޣައްޒާގެ މެދުތެރޭގެ ދީރުލް ބަލާހުގައި ހުންނަ އަގްސާ ޝަހީދުންގެ ހޮސްޕިޓަލުގެ ބޭރުގައި އިސްރާއީލުން ދިން ހަމަލާގައި މަރުވި މީހުންގެ އާއިލާތަކުން ހިތާމައިގައި

ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ހަނގުރާމަ ހުއްޓާލުމަށް ޝަރުތު ކޮށް އިސްރާއީލުގެ 34 ރަހީނުން ދޫކޮށްލަން ހަމާސް އިން އެއްބަސްވެފައިވާ ކަމަށް ރޮއިޓާސް އިން ބުނެފިއެވެ.

ފަލަސްތީނުގެ ހަމާސްގެ އޮފިޝަލަކު ރޮއިޓަރސް އަށް މައުލޫމާތު ދިން ކަމަށް އެ ނޫސް އެޖޭންސީން ބުނެފައިވަނީ ހަނގުރާމަ ހުއްޓާލުމުގެ ޑީލްގެ ފުރަތަމަ މަރުހަލާގެ ތެރެއިން ދޫކޮށްލުމަށް ނިންމި 34 ރަހީނުންނަކީ އިސްރާއީލުގެ ސަރުކާރުން ހުށަހަޅާފައިވާ 34 ރަހީނުންގެ މައްޗަށް އެކުލެވޭ ލިސްޓެއް ކަމަށެވެ.

އިސްރާއީލުން މި ވާހަކަ ދޮގުކޮށްފައިވާ ކަމަށް އަލް-ޖަޒީރާ އިން ބުނެއެވެ.

އިސްރާއީލާއި ފަލަސްތީނުގެ ހަމާސް އާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ ނުރަސްމީ ވާހަކަތައް ދޯހާ ގައި ކުރިއަށް ދާ އިރު އިސްރާއީލުގެ ބާރުތަކުން ވަނީ ޣައްޒާ އަށް ހަމަލާދިނުން ކުރިއަށް ގެންގޮސް، އާދިއްތަ ދުވަހުގެ ވައިގެ ހަމަލާތަކުގައި ރަފަހް ގައި މަދުވެގެން 4 ފަލަސްތީނުން އަދި ބުރެއިޖުގައި އިތުރު 3 މީހުން ޝަހީދު ކޮށްލާފައެވެ.

އާދިއްތަ ދުވަހާއި ހޯމަ ވިލޭރޭ އިތުރު މީހުން ޝަހީދުވިއިރު، ފާއިތުވި ތިން ދުވަހުގެ ތެރޭގައި އިސްރާއީލުގެ ގަދަފަދަ ހަމަލާތަކުގައި ފަލަސްތީނުން މަދުވެގެން  200 މީހުން ވަނީ ޝަހީދު ކޮށްލާފައެވެ.

ޣައްޒާގެ އުތުރުގައި ގޯސްވަމުންދާ އިންސާނީ ހާލަތައް ފަރުވާލެއް ނުބަހައްޓާ އިސްރާއީލުން ގެންދަނީ އެ ސަރަހައްދަށް އިންސާނީ އެހީ ފޯރުކޮށް ދިނުމަށް ހުއްޓުމެއްނެތި ހުރަސް އަޅަމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ގަދަ ފިނީގެ ސަބަބުން އުތުރު ޣައްޒާ ގައި 8 ވަނަ ތުއްތު ކުއްޖާގެ ފުރާނަ ގެއްލިއްޖެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އޮކްޓޯބަރު 7، 2023 އިން ފެށިގެން ޣައްޒާގައި އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 45،805 ފަލަސްތީނު މީހުން ޝަހީދުވެ 109،064 މީހުން ޒަޚަމްވެފައިވެއެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

20 ފެބުރުއަރީ 2017
މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި
19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
11 ފެބުރުއަރީ 2017

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް
09 ފެބުރުއަރީ 2017

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު