Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޒަކިއްޔާ މޫސާގެ މަރު

ޒަކިއްޔާ - ވަކިވެގެން އެ ދިޔައީ ހިތްހެޔޮ، ދީނަށް ނުހަނު ލޯބިކުރާ ފަރުދެއް

ޒަކިއްޔާއަކީ ދީނީ އަޅުކަންތަކަށް ނުހަނު ސަމާލުކަންދޭ، ބަރާބަރަށް ނަމާދުކޮށް ދީނަށް ލޯބި ކުރާ ފަރުދެއްގެ ގޮތުގައި އެންމެންވެސް އޭނާ ސިފަކުރި އެވެ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 ސެޕްޓެމްބަރު 2024 | ބުދަ 10:35
ނ ހޮޅުދޫ ޒަކިއްޔާ މޫސާގެ މަރު

ނ ހޮޅުދޫ ޒަކިއްޔާ މޫސާގެ މަރު

ނ ހޮޅުދޫ ޒަކިއްޔާ މޫސާގެ ހަށިގަނޑު ފެނުނީ އެގެއަށް ކުނި ނަގަން ވަތް މުނިސިޕަލް މުވައްޒަފުންތަކަކަށެވެ. ހަށިގަނޑު ފެނުނުއިރު ކަރުގައި ވަޅި އަޅާފައިވާއިރު، ކައިރީގައި ގިނަ އަދަދެއްގެ ލޭ ހުއްޓެވެ.

ޒަކިއްޔާ މޫސާގެ އާއިލާއާއި ރަށު މީހުންނާ ވާހަކަ ދައްކާލުމުން އެންމެންވެސް ސިފަކުރީ އޭނާއަކީ މީހުންނަށް ހިތްހެޔޮ، މީހުންނާ ނުހަނު ގުޅޭ މީހެއްކަމަށެވެ.

އަދި ޒަކިއްޔާއަކީ ދީނީ އަޅުކަންތަކަށް ނުހަނު ސަމާލުކަންދޭ، ބަރާބަރަށް ނަމާދުކޮށް ދީނަށް ލޯބި ކުރާ ފަރުދެއްގެ ގޮތުގައި އެންމެންވެސް އޭނާ ސިފަކުރިއެވެ.

ދާދި ފަހުން އުމްރާގެ އަޅުކަން އަދާކޮށް އެނބުރި އައިސް އާއިލާއާއެކު ދިރިއުޅެމުންދާ ޒަކިއްޔާއަކީ އަބަދުވެސް އެހެން މީހުންނަށް ނުހަނު އޯގާތެރި މީހެއްގެ ގޮތުގައި އޭނާގެ އާއިލާއިންވެސް ސިފަ ކުރިއެވެ.

އާއިލާ މީހުން ކިޔާދިން ގޮތުގައި އޭނާ ނަފްސާނީ ގޮތުން އުނދަގޫތަކެއް ތަހައްމަލު ކުރާކަމަށް އޭނާ ވަނީ އާއިލާގެ ބައެއް މެމްބަރުންނާވެސް ހިއްސާކޮށްފައެވެ. އެއީ އޭނާގެ އާއިލާގެ ބައެއް މީހުން މީގެ ކުރިންވެސް ކުއްލި ގޮތަކަށް މަރުވެފައިވާތީ އެފަދަ ކަންކަމުގެ ސަބަބުން އޭނާއަށްވާ ނަފްސާނީ އުނދަގޫތަކެއްކަމަށް އޭނާ ވަނީ ހިއްސާކޮށްފައެވެ.

އެހެންނަމަވެސް ޒަކިއްޔާއަކީ އެއްވެސް އިރެއްގައި އަމިއްލަ ނަފްސަށް ގެއްލުންދީ ނުވަތަ އެފަދަ ކަމެއްގެ ވިސްނުމެއް ގެންގުޅެފައިވާ މީހެއްކަން ފާހަގަވެފައިނުވާކަމަށްވެސް އޭނާގެ އާއިލާ މީހުން ކިޔާދިނެވެ.

ޒަކިއްޔާ ހޮޅުދޫގައި ދިރިއުޅެމުންދަނީ އޭނާގެ ފިރިމީހާއާއި، ދަރި އަދި މާމަ ދަރިންނާއެކުއެވެ. އެގޮތުން އޭނާގެ ދެ ފިރިހެން ދަރިން ތިބިއިރު، އޭގެ ތެރެއިން އެއް ކުއްޖަކު ހުންނަނީ މާލޭގައެވެ. ނަމަވެސް މި ޙާދިސާއާ ގުޅިގެން އޭނާވެސް ވަނީ ރަށަށް ގޮސްފައެވެ.

ރާއްޖެއެމްވީއާ އާއިލާއިން ވާހަކަ ދެއްކި މީހުން ކިޔާދިން ގޮތުގައި ޒަކިއްޔާއަކީ އާއިލާ މީހުންނާވެސް ނުހަނު ގުޅޭ ހިތްހެޔޮ މީހެކެވެ. ތާވަލު ބަހައިގެން ހަފްތާގެ އެކި ދުވަސް ދުވަހު އާއިލާ މެމްބަރުންގެ ގެޔަށް ޒިޔާރަތްކޮށް ވަގުތު ހޭދަކުރުމަކީ އޭނާ ނުހަނު ކުރާހިތްވާ ކަމެކެވެ.

ޙާދިސާ ހިނގި ދުވަހުގެ ކުރީ ދުވަހުވެސް އޭނާ ހަވީރު ހޭދަކުރީ ހަމަ އާއިލާ މީހުންނާއެކު އުފާވެރި ވަގުތުތަކެއްގައެވެ.

އޭނާއަކީ މީގެ ކުރިން އެރަށު މޭނާ ސްކޫލުގެ ވަގުތީ މުދައްރިސުކަންވެސް އަދާކޮށްފައިވާ މީހެކެވެ. އެހެންކަމުން ސްކޫލުންވެސް ވަނީ މެނޭޖްމަންޓާއި މުޅި ސްކޫލުގެ ނަމުގައި ތައުޒިޔާ ކިޔާފައެވެ.

ޒަކިއްޔާގެ ހަށިގަނޑު އިތުރު ތަހުލީލަށް މާލެ ގެނެސްފައިވާއިރު، ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. މިއީ ނިއުޅެމުންދާ މައްސަލައަކަށްވާތީ މިކަމާ ގުޅޭ މާ ގިނަ ތަފްސީލުތަކެއް މިހާތަނަށް ފުލުހުންވެސް ހިއްސާކޮށްފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

10 ސެޕްޓެމްބަރު 2019

ޗައިނާ މެޗުން އެނގިގެންދިޔައީ ރާއްޖެ ޓީމުގެ ހާލަތު!

10 ސެޕްޓެމްބަރު 2019
ޗައިނާ މެޗުން އެނގިގެންދިޔައީ ރާއްޖެ ޓީމުގެ ހާލަތު!
04 ސެޕްޓެމްބަރު 2019

ނޭވާ ހުއްޓިފައި އޮތް އުމުރުން 15 ދުވަހުގެ ތުއްތު ކުއްޖެއް ހޮސްޕިޓަލަށް ގެންދިޔައީ ސިފައިންގެ އޮފިސަރުގެ އަތްދަނޑިމަތީގައި!

04 ސެޕްޓެމްބަރު 2019
ނޭވާ ހުއްޓިފައި އޮތް އުމުރުން 15 ދުވަހުގެ ތުއްތު ކުއްޖެއް ހޮސްޕިޓަލަށް ގެންދިޔައީ ސިފައިންގެ އޮފިސަރުގެ އަތްދަނޑިމަތީގައި!
10 ޖޫން 2018

ޓިއަރ ގޭސް ކެނިސްޓަރ ވަދެގެން ދިޔައީ މޫނަށް، އަނގައިންނާއި ނޭފަތުން އަރަމުން ދިޔައީ އޮލަ ދުން!

10 ޖޫން 2018
ޓިއަރ ގޭސް ކެނިސްޓަރ ވަދެގެން ދިޔައީ މޫނަށް، އަނގައިންނާއި ނޭފަތުން އަރަމުން ދިޔައީ އޮލަ ދުން!
23 މެއި 2018

ޑރ.މަޖީދު: ގެއްލި ދިޔައީ އަގުހުރި އުސްތާޛެއް

23 މެއި 2018
ޑރ.މަޖީދު: ގެއްލި ދިޔައީ އަގުހުރި އުސްތާޛެއް
26 އެޕްރީލު 2018

އަސްރު ދިޔައީ ގެއްލިގެން.................

26 އެޕްރީލު 2018
އަސްރު ދިޔައީ ގެއްލިގެން.................
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު