Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔަމަން-އިސްރާއީލް ހަނގުރާމަ

ޔަމަނުގެ މިސައިލް ހަމަލާއެއް އިސްރާއީލަށް ފޮނުވާލުމާއެކު ގިނަ ސިޓީތަކެއްގައި ސައިރަން އަޅައިފި

މިސައިލް ގެ އިންޒާރާ ގުޅިގެން ބޮޑު ނުތަނަވަސް ކަމެއް އުފެދި މީހުން ތަންތަނަށް ވަންނަން އުޅުމުގެ ތެރޭގައި އެތައް ބަޔަކަށް އަނިޔާވެ ފަރުވާ ދެވުނު ކަމަށް އިސްރާއީލުން ބުނޭ

ރާއްޖެ އެމްވީ | 3 ޖެނުއަރީ 2025 | ހުކުރު 05:09
ޔަމަން އިން ފޮނުވާލި "ފަލަސްތީން-2" ހައިޕަރސޮނިކް މިސައިލެއް

ޔަމަން އިން ފޮނުވާލި "ފަލަސްތީން-2" ހައިޕަރސޮނިކް މިސައިލެއް

ހުކުރު ދުވަހު ފަތިހު ޔަމަނުން މިސައިލް ހަމަލާ އެއް އިސްރާއީލަށް ފޮނުވާލުމާއެކު އިސްރާއީލުގެ ގިނަ ސިޓީތަކެއްގައި ސައިރަން އަޅައިފިއެވެ.

ހަމަލާތަކާ ގުޅިގެން އިސްރާއީލުގެ ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ ހުކުރު ދުވަހުގެ ފަތިހު ޔަމަނުން ފޮނުވާލި މިސައިލެއް އިސްރާއީލުގެ ސަރަޙައްދަށް ވަދެފައިވަނިކޮށް އެ މިސައިލް އަށް ހުރަސް އެޅި ކަމަށެވެ.

"ޔަމަނުން ފޮނުވާލި މިސައިލެއް އިސްރާއީލުގެ ސަރަޙައްދަށް ވަދެފައިވަނިކޮށް އިންޓަރސެޕްޓް ކުރެވުނު،" ސިފައިންގެ ޓެލެގްރާމް ޗެނަލްގައި ޝާއިޢުކުރި ބަޔާނެއްގައި ބުނެފައިވެއެވެ.

"އިންޓަރސެޕްޓް ކުރުމުގެ ސަބަބުން ވެއްޓުނު މިސައިލުގެ ބައިތަކެއް އިސްރާއީލުގެ މެދުތެރޭ ސަރަޙައްދަށް ވެއްޓުނު ކަމަށް ރިޕޯޓެއް ލިބިފައިވެއެވެ. މި މައުލޫމާތު މިހާރު ދަނީ ބަލަމުންނެވެ."

އިސްރާއީލުގެ ކުއްލި ނުރައްކަލުގެ ޚިދުމަތް ފޯރުކޮށްދޭ އޮފިޝަލަކު މީޑިއާ އަށް ބުނެފައިވަނީ އިސްރާއީލުގެ މެދު އަދި ދެކުނު ސަރަޙައްދުތަކުގައި އެއަރ ރެއިޑް ސައިރަންތައް އިވުމާ ގުޅިގެން ޝެލްޓަރތަކަށް މީހުން އަވަހަށް ވަންނަން ދިޔުމުގެ ތެރޭގައި އަނިޔާވި ނުވަތަ ހާސްވި އެތައް ބަޔަކަށް ފަރުވާދެވުނު ކަމަށެވެ.

އަންގާރަ ދުވަހު ވެސް ޔަމަނުން ވަނީ އިސްރާއީލަށް މިސައިލް ހަމަލާ އެއް ދީފައެވެ. އިސްރާއީލުން ބުނެފައިވަނީ ޔަމަނުން ދޫކޮށްލި އެ މިސައިލަށް ވެސް ހުރަސް އެޅި ކަމަށެވެ.

އިރާނުގެ އެހީތެރިކަން ލިބިގެން ހަރަކާތްތެރިވާ ހޫތީ ހަނގުރާމަވެރިން ހަނގުރާމައިގެ ތެރޭގައިވާ ޔަމަނުގެ ގިނަ ސަރަޙައްދުތަކެއް ކޮންޓްރޯލް ކުރަމުންދާއިރު، އިސްރާއީލާއި ހަމާސްއާ ދެމެދު ޣައްޒާ ގައި ހިނގަމުންދާ ހަނގުރާމައިގައި ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވުމުގެ ގޮތުން އިސްރާއީލަށާއި ރެޑް ސީ އަދި ގަލްފް އޮފް އަދަންގައި ދުއްވާ އިސްރާއީލާ ގުޅުން ހުރި އުޅަނދުފަހަރަށް މިސައިލް އާއި ޑްރޯން ހަމަލާތައް ދަނީ ދެމުންނެވެ.

އިސްރާއީލުން ވެސް ވަނީ ޔަމަނަށް އެތައް ފަހަރަކު ހަމަލާދީފައެވެ. މީގެ ތެރޭގައި ޑިސެމްބަރު މަހުގެ ފަހުކޮޅު ސަނާ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް އަމާޒުކޮށް ދިން ހަމަލާ ހިމެނެއެވެ.

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި

27 ފެބުރުއަރީ 2017
އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި
23 ފެބުރުއަރީ 2017

ލާހޫރުގައި ދިން ބޮމުގެ ހަމަލާއެއްގައި 7 މީހުން މަރާލައިފި

23 ފެބުރުއަރީ 2017
ލާހޫރުގައި ދިން ބޮމުގެ ހަމަލާއެއްގައި 7 މީހުން މަރާލައިފި
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
12 ފެބުރުއަރީ 2017

އިރާގުގެ ގްރީން ޒޯނަށް މިސައިލްތަކެއް އަރައިފި

12 ފެބުރުއަރީ 2017
އިރާގުގެ ގްރީން ޒޯނަށް މިސައިލްތަކެއް އަރައިފި
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު