Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސޫރިއާ

ސޫރިއާ ގެ އަސްކަރިއްޔާގެ މަތީ މަގާމުތަކެއް ބޭރުގެ ހަނގުރާމަވެރިންނަށް

އައު ސަރުކާރުން ގާތްގަނޑަކަށް 50 އާ އަސްކަރީ އިސް މަޤާމުތަކެއް އިޢުލާނު ކޮށްފައިވާކަމަށް ޚަބަރުތައް ބުނާއިރު، އޭގެ ތެރެއިން މަދުވެގެން 6 މަޤާމު ބޭރުގެ މީހުންނަށް ދީފައިވާކަމަށް ގިނަ ސޫރިއާ ގެ މަސްދަރުތަކުން ކަށަވަރު ކޮށްދޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރާއްޖެ އެމްވީ | 2 ޖެނުއަރީ 2025 | ބުރާސްފަތި 09:41
ޑިސެމްބަރު 27، 2024 ގައި ސޫރިއާ ގެ އެޗްޓީއެސް ގެ ސިފައިން އުމުއްޔަދު މައިދާނުގައި ހަރަކާތްތެރި ވަނީ

ޑިސެމްބަރު 27، 2024 ގައި ސޫރިއާ ގެ އެޗްޓީއެސް ގެ ސިފައިން އުމުއްޔަދު މައިދާނުގައި ހަރަކާތްތެރި ވަނީ

ސޫރިއާ ގެ ބައްޝާރު އަލް-އަސަދު ވެރިކަމުން ވައްޓާލުމަށްފަހު، މިހާރު ޢަމަލީގޮތުން ޤައުމު ހިންގަމުންދާ ޖަމާޢަތް ކަމުގައިވާ ހަޔަތު ތަހްރީރު އައްޝާމް (އެޗްޓީއެސް) އިން އެ ގައުމުގެ އަސްކަރިއްޔާ އަލުން އިންތިޒާމު ކުރަމުން ދާއިރު، ބޭރުގެ ބައެއް ހަނގުރާމަވެރިންނަށް ޤައުމުގެ ހަތިޔާރުއެޅި ބާރުތަކުގެ އިސް ރަސްމީ މަޤާމުތައް ދީފައިވާކަމަށް ރިޕޯޓަކުން ހާމަ ކޮށްފިއެވެ.

ސޫރިޔާގެ އައު ވެރިކަމުން މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ. ނަމަވެސް މިކަމަކީ ސޫރިއާގެ ކުރިމަގުގައި ބޭރުގެ ހަނގުރާމަވެރިން އަދާކުރާނެ ދައުރާމެދު ޤައުމުގެ އެތެރެ އާއި ބޭރުގައި ކަންބޮޑުވުން އުފެދޭނެ ކަމެއްކަމަށް ބެލެވެއެވެ.

އައު ސަރުކާރުން ގާތްގަނޑަކަށް 50 އާ އަސްކަރީ އިސް މަޤާމުތަކެއް އިޢުލާނު ކޮށްފައިވާކަމަށް ޚަބަރުތައް ބުނާއިރު، އޭގެ ތެރެއިން މަދުވެގެން 6 މަޤާމު ބޭރުގެ މީހުންނަށް ދީފައިވާކަމަށް ގިނަ ސޫރިއާ ގެ މަސްދަރުތަކުން ކަށަވަރު ކޮށްދޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހާމަ ކޮށްފައިވާ ނަންތަކަށް ބަލާއިރު، އޭގެ ތެރޭގައި ޗައިނާގެ މީހަކާއި، އުރުދުނުގެ މީހަކާއި ތުރުކީގެ ރައްޔިތަކު ހިމެނޭކަމަށް ބުނެވެއެވެ. މި އެންމެންނަށް ވެސް ކާނަލް ނުވަތަ ބްރިގޭޑިއަރ ޖެނެރަލް ފެންވަރުގެ މަތީ މަޤާމުތައް ދީފައިވާކަމަށް ބުނެވެއެވެ.

ދާޚިލީ ހަނގުރާމައިގެ ތެރޭގައި ހަތިޔާރުއެޅި ގްރޫޕުތަކުގައި ބޭރުގެ ހަނގުރާމަވެރިން އަދާކުރި ދައުރަކީ ސޫރިއާގައި ވަރަށް އާންމުކޮށް އެންމެންނަށް އެނގިފައި އޮންނަ ވާހަކަ އެއް ކަމަށް ވެއެވެ.

ކުރީގެ ރައީސް އަލް-އަސަދު އާ ދެކޮޅަށް އެ ގައުމުގައި ފެށި ހަނގުރާމައިގައި ބޭރުގެ ގައުމުތަކަށް ނިސްބަތްވާ އެތައް ހާސް ހަނގުރާމަވެރިން ބައިވެރިވެފައެވެ.

އެހެން ނަމަވެސް ބޭރުން އައި ޖިހާދީންނަކީ އެމީހުންގެ ހައްދުފަހަނައަޅާފައިވާ ފިކުރު ސޫރިއާގައި ފަތުރަން އައި ބައެއްގެ ގޮތުގައި ދެކި އަސަދުގެ ފަހުން ޤައުމުގެ މުސްތަޤުބަލު ބައްޓަން ކުރާ އިރު އެމީހުންގެ ދައުރެއް އޮންނަން ޖެހޭނެ ކަމަށް ޤަބޫލުނުކުރާނެކަމަށް ސޫރިއާގެ އާންމު ރައްޔިތުން އަންނަނީ ބުނަމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެޗްޓީއެސްއާ ދެކޮޅު ފަރާތްތަކުން ތުހުމަތުކުރަމުން އައިސްފައިވަނީ އެ ގްރޫޕަކީ ބޮޑަށް ބޭރުގެ ޖިހާދީން އެކުލެވޭ ގްރޫޕެއް ކަމަށެވެ. އަސަދަށް ތާއީދު ކުރާ ފަރާތްތަކުން އެޗްޓީއެސްގެ އަގު ވައްޓާލުމަށް އެންމެ ބޮޑަށް ދައްކަމުން ދިޔަ އެއް ވާހަކަ އަކީ ވެސް އެ ޖަމާއަތުގައި ބޭރުގެ ހަނގުރާމަވެރިން މަސައްކަތް ކުރަމުންދާ ވާހަކައެވެ.

ނަމަވެސް އިދްލިބުގައި އެޗްޓީއެސްގެ ވެރިކަން ކުރަމުން ދިޔަ އަހަރުތަކުގައި، އަޙްމަދު އަލް-ޝަރާޢު - އެޗްޓީއެސްގެ ލީޑަރު އަދި މިހާރު ސީރިއާގެ ވެރިޔާ - ވަނީ އެ ގްރޫޕަކީ ބޭރުގެ ހަނގުރާމަވެރިންގެ ނުފޫޒު އޮތް ޖަމާއަތެއްގެ ތަސައްވަރު ބަދަލު ކުރުމަށް ބޭރުގެ ހަނގުރާމަވެރިންގެ ތެރެއިން ބައެއް މީހުން އެ ޖަމާއަތުން ވަކި ކުރަމުން ގެންގޮސްފައެވެ.

އަންގާރަ ދުވަހު، ސޫރިއާގެ އޮފިޝަލަކު ބުނެފައިވަނީ ކުރުދީންގެ މެދުގައި މަގްބޫލު ސީރިއަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) ގެ މެންބަރުންނާއި އަލް-ޝަރާޢު އާ ދެމެދު، ފުރަތަމަ ފަހަރަށް ބޭއްވުނު މަޝްވަރާތައް ރަނގަޅު ގޮތެއްގައި ކުރިއަށް ގޮސްފައިވާ ކަމަށެވެ.

އެސްޑީއެފް އަކީ އެމެރިކާގެ މަދަދު ލިބިގެން ސޫރިއާގެ އުތުރު-އިރުމަތީ ސަރަޙައްދުގެ ބޮޑު ބައެއް ކޮންޓްރޯލްކުރާ ބާރެކެވެ.

ނަމަވެސް އަލް-ޝަރާޢުގެ ގްރޫޕް އެޗްޓީއެސް އަށް ތާއީދުކުރާ ތުރުކީން އެސްޑީއެފް ދެކެނީ ޓެރަރިސްޓުންގެ ގޮތުގައެވެ. އެހެން ކަމުން އެޗްޓީއެސް އާއި އެސްޑީއެފް ގެ ދެމެދުގައި ކުރިމަގުގައި ކުރިމަތިލުން ތަކެއް ހިނގުމަކީ ވެސް އެކަށީގެންވާ ކަމެއްގެ ގޮތުގައި އޮތީ ބެލެވިފައެވެ.

އިތުރަށް ކިޔާލަން

23 އެޕްރީލު 2017

ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށް ފްރާންސްގައި ވޯޓުލާން ފަށައިފި

23 އެޕްރީލު 2017
ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށް ފްރާންސްގައި ވޯޓުލާން ފަށައިފި
18 އެޕްރީލު 2017

އުތުރު ކޮރެއާ އިން މިސައިލް ޓެސްޓުތައް ކުރުން މަތީ ދެމިތިބޭނެ ކަމަށް އަގައުމުން ބުނެފި

18 އެޕްރީލު 2017
އުތުރު ކޮރެއާ އިން މިސައިލް ޓެސްޓުތައް ކުރުން މަތީ ދެމިތިބޭނެ ކަމަށް އަގައުމުން ބުނެފި
14 އެޕްރީލު 2017

އދ.އިން ހެއިޓީގައި ސުލްހަ ބެލެހެއްޓުން ހުއްޓާލުމަށް ސަލާމަތީ މަޖިލީހުން ފާސްކޮށްފި

14 އެޕްރީލު 2017
އދ.އިން ހެއިޓީގައި ސުލްހަ ބެލެހެއްޓުން ހުއްޓާލުމަށް ސަލާމަތީ މަޖިލީހުން ފާސްކޮށްފި
15 މާރިޗު 2017

ތުރުކީން ނެދަލޭންޑްސް އާއި އެކު އޮންނަ މަތީ ލެވެލްގެ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފި

15 މާރިޗު 2017
ތުރުކީން ނެދަލޭންޑްސް އާއި އެކު އޮންނަ މަތީ ލެވެލްގެ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފި
09 މާރިޗު 2017

އެމެރިކާ އަސްކަރިއްޔާގެ 1000 ސިފައިންގެ ފައުޖެއް ކުވައިތަށް ފޮނުވަން އެމެރިކާ އިން ވިސްނަނީ

09 މާރިޗު 2017
އެމެރިކާ އަސްކަރިއްޔާގެ 1000 ސިފައިންގެ ފައުޖެއް ކުވައިތަށް ފޮނުވަން އެމެރިކާ އިން ވިސްނަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު