Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާ ގައި ބަނޑުހައި ހޫނުކަން އާންމު ވަނީ

ޣައްޒާގެ 1.95 މިލިއަން މީހުންގެ ތެރެއިން 91 އިންސައްތަ މީހުންނަށް ކާބޯތަކެތި ނުލިބުމުގެ މައްސަލަ ސީރިއަސް މިންވަރަކަށް ކުރިމަތިވެފައިވޭ

ރާއްޖެ އެމްވީ | 2 ޖެނުއަރީ 2025 | ބުރާސްފަތި 07:48
އިސްރާއީލުގެ އަނިޔާވެރިކަމުން ސަލާމަތްވާ ގެދޮރު ދޫކުރަން ޖެހުނު އާއިލާތަކުން ކާނާ ހޯދުމަށް އުފުލަން ޖެހެނީ ވަރަށް ބޮޑު ތަކުލީފެއް

އިސްރާއީލުގެ އަނިޔާވެރިކަމުން ސަލާމަތްވާ ގެދޮރު ދޫކުރަން ޖެހުނު އާއިލާތަކުން ކާނާ ހޯދުމަށް އުފުލަން ޖެހެނީ ވަރަށް ބޮޑު ތަކުލީފެއް

ޣައްޒާ އަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ހުއްޓުމެއް ނެތި އިސްރާއީލުން ހުރަސް އަޅަމުން ގެންދިއުމާއެކު ޣައްޒާގައި ބަނޑުހައިހޫނުކަން އާންމު ވަމުން ދާ ކަމަށް ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ މާހިރުން ބުނެފިއެވެ.

އެހީދޭ އޭޖެންސީތަކުން ބުނާ ގޮތުގައި، ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ މާހިރުން ހަނގުރާމައިގެ ތެރޭގައިވާ ޣައްޒާގައި ބަނޑުހައިހޫނުކަން ކުރިމަތިވިޔަ ނުދިނުމަށް ވަގުތުން ފިޔަވަޅު އަޅަން ގޮވާލިތާ އެއް މަސް ފަހުންވެސް، އިސްރާއީލުގެ ފަރާތްތަކުން ޣައްޒާ އަށް އިންސާނީ އެހީ ފޯރުކޮށް ދިނުމަށް ބޮޑެތި ހުރަސްތައް ގެންދަނީ ކުރިމަތި ކުރަމުންނެވެ.

ޣައްއްޒާ އަށް ކުރިމަތިވެފައިވާ ކާބޯތަކެތީގެ ހާލަތައް ބަލާއިރު، ނޮވެމްބަރު 8 ގައި ނެރުނު އިންޒާރެއްގައި ބަނޑުހައިހޫނުކަމާ ބެހޭ މުރާޖަޢާ ކޮމިޓީން ބުނެފައިވަނީ ޣައްޒާގެ 1.95 މިލިއަން މީހުންގެ ތެރެއިން 91 އިންސައްތަ މީހުންނަށް ކާބޯތަކެތި ނުލިބުމުގެ މައްސަލަ ސީރިއަސް މިންވަރަކަށް ކުރިމަތިވެފައިވާ ކަމަށެވެ. އަންދާޒާކުރެވޭ ގޮތުގައި 345،000 މީހުން ބަނޑުހައިހޫނުކަމާ ކުރިމަތިލާން މަޖުބޫރުވެފައިވެއެވެ.

އދ. ގެ ކާބޯތަކެއްޗާބެހޭ އޭޖެންސީން ބުނާ ގޮތުގައި ޣައްޒާގެ ދަނޑުބިންތަކުގެ 68 އިންސައްތަ، ދަނޑުވެރިކަމަށް ބޭނުންކުރާ ފެންވަޅުތަކުގެ 52 އިންސައްތަ އަދި ގްރީންހައުސް ސަރަޙައްދުތަކުގެ 44 އިންސައްތަ އަށް ހަނގުރާމައިގެ ސަބަބުން ވަނީ ގެއްލުން ލިބިފައެވެ.

އޭގެ އިތުރުން ޣައްޒާގެ މަސްވެރިކަމަށް ބޭނުން ކުރާ އުޅަނދުފަހަރުގެ 70 އިންސައްތަ ހަލާކުވެފައިވާއިރު، ޣައްޒާގެ ގެރިބަކަރީގެ 95 އިންސައްތަ ވަނީ މަރުވެފައެވެ.

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ
11 ޖެނުއަރީ 2017

ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ

11 ޖެނުއަރީ 2017
ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

ޑިމޮކްރަސީ ހިމާޔަތް ކުރުމަށް އޮބާމާގެ ވަދާއީ ޚިތާބުގައި ގޮވާލައްވައިފި

11 ޖެނުއަރީ 2017
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު