Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވެހިކަލުން ޖެއްސުން

ނިއު އޯލިއަންސް ގައި މަގުމަތީގައި ތިބި ބައެއްގެ ގައިގައި ވެހިކަލަކުން ޖެއްސި ހާދިސާ ގައި މަދުވެގެން 10 މީހުން މަރުވެއްޖެ

މި ހާދިސާގައި މަދުވެގެން 35 މީހުން ވަނީ ޒަޚަމްވެފައެވެ. ވެހިކަލުން މީހުންގެ ގައިގައި ޖެއްސުމަށްފަހު އެ ކުށްވެރިޔާ ވަނީ އޮފިސަރުންގެ ގަޔަށް ބަޑިޖަހާފައެވެ.

ރާއްޖެ އެމްވީ | 1 ޖެނުއަރީ 2025 | ބުދަ 14:19
ނިއު އޯލިއަންސްގެ މަގެއްގެ މަތީގައި ބާރު ސްޕީޑްގައި ގޮސް ބައެއްގެ ގައިގައި ވެހިކަލަކުން ޖައްސާ އެތައް ބަޔަކު ވަނީ މަރުވެފައި

ނިއު އޯލިއަންސްގެ މަގެއްގެ މަތީގައި ބާރު ސްޕީޑްގައި ގޮސް ބައެއްގެ ގައިގައި ވެހިކަލަކުން ޖައްސާ އެތައް ބަޔަކު ވަނީ މަރުވެފައި

އެމެރިކާގެ ނިއު އޯލިއަންސް ގައި އައު އަހަރު ފާހަގަ ކުރަމުން ދިޔަ ބައެއްގެ ގައިގައި ވެހިކަލަކުން ޖެއްސި ހާދިސާގައި މަދުވެގެން 10 މީހުން މަރުވެއްޖެއެވެ.

މި ހާދިސާ ގައި މަރުވި މީހުންގެ އިތުރުން މަދުވެގެން 35 މީހުން ވަނީ ޒަޚަމްވެފައެވެ.

މި ހާދިސާ ހިނގާފައިވަނީ ބުދަ ދުވަހުގެ ހެނދުނު އެ ސިޓީގެ ފްރެންޗް ކުއާޓަރުގައި އޮންނަ މަޝްހޫރު ބޫރބަން މަގުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ނިއު އޯލިއަންސް ޕޮލިސް ޑިޕާޓްމަންޓުގެ ސުޕްރިންޓެންޑެންޓް އޭން ކަރކްޕެޓްރިކް ވިދާޅުވި ގޮތުގައި މިކަން ހިންގީ ބުދަ ދުވަހުގެ ފަތިހު 3:15 ހާއިރު ޕިކަޕެއް ގައި "ގަސްތުގައި" "ވަރަށް ބާރު ސްޕީޑެއްގައި" ދުއްވާފައި ގޮސް ކަމަށެވެ.

"އޭނާ މަސައްކަތް ކުރަމުން ދިޔައީ ވީހާވެސް ގިނަ މީހުންގެ ގައިގައި އުޅަނދުން ޖައްސަން،" އޭނާ ވިދާޅުވިއެވެ.

"ވީހާ ވެސް ބޮޑު ގެއްލުމެއް ދިނުމަށް އޭނާ ވަރަށް ބޮޑަށް ގަސްތުގައި ކުރި ކަމެއް."

ސުޕްރިންޓެންޑެންޓް ކަރކްޕެޓްރިކް ވިދާޅުވި ގޮތުގައި ވެހިކަލުން މީހުންގެ ގައިގައި ޖެއްސުމަށް ފަހު އެ ކުށްވެރިޔާ ވަނީ އޮފިސަރުންނާ ދިމާލަށް ވެސް ބަޑިޖަހާފައެވެ. ބަޑި ޖެހުމުގެ ސަބަބުން ދެ އޮފިސަރަކަށް ވަނީ ވަޒަން އެރުމުގެ ސަބަބުން އަނިޔާވެފައެވެ. ނަމަވެސް ދެ އޮފިސަރުންގެ ހާލު ރަނގަޅު ކަމަށާއި ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން ހާމަ ކޮށްފައިވެއެވެ.

ފުލުހުން އެ ހަމަލާ ދިން މީހާގެ ހާލަތާ ބެހޭ ގޮތުން އެއްވެސް މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ފެޑެރަލް ލޯ އެންފޯސްމަންޓް އޮފިސަރަކާ ހަވާލާދީ އެމެރިކާގެ އެން.ބީ.ސީ ނިއުސް އިން ބުނި ގޮތުގައި އެ މީހާ މަރުވެފައިވާ ކަމަށް ޤަބޫލުކުރެވެއެވެ.

ނިއު އޯލިއަންސް ގެ މޭޔަރ ލަޓޯޔާ ކެންޓްރެލް މި ހާދިސާ ސިފަކުރެއްވީ "ޓެރަރިސްޓް ހަމަލާއެއް" ގެ ގޮތުގައެވެ. ނަމަވެސް އެފް.ބީ.އައީގެ ސްޕެޝަލް އޭޖެންޓް އަލެތިއާ ޑަންކަން ފަހުން ވިދާޅުވި ގޮތުގައި މިއީ "ޓެރަރިސްޓް ހާދިސާއެއް" ނޫން ކަމަށެވެ.                  

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ
11 ޖެނުއަރީ 2017

ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ

11 ޖެނުއަރީ 2017
ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

ޑިމޮކްރަސީ ހިމާޔަތް ކުރުމަށް އޮބާމާގެ ވަދާއީ ޚިތާބުގައި ގޮވާލައްވައިފި

11 ޖެނުއަރީ 2017
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު