Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

އިސްރާއީލުން ހައްޔަރު ކޮށްފައިވާ ފަލަސްތީނުގެ ސިއްހީ އޮފިޝަލުން ވަގުތުން ދޫކޮށްލުމަށް އެމްނެސްޓީން ގޮވާލައިފި

ކަމާލް އަދްވާން ހޮސްޕިޓަލުގައި ހުކުރު ދުވަހު ހުޅު ޖެހުމަށްފަހު ހައްޔަރު ކުރި އެ ހޮސްޕިޓަލުގެ ޑިރެކްޓަރ ގެ ހާލަތާ މެދު ކަންބޮޑުވާ ކަމަށް އެމްނެސްޓީން ވަނީ ބުނެފައި.

ރާއްޖެ އެމްވީ | 30 ޑިސެމްބަރު 2024 | ހޯމަ 15:22
ފިނި ގަދަވުމުގެ ސަބަބުން ފުރާނަ ގެއްލުނު ތުއްތު ކުއްޖެއްގެ ހަށިގަނޑު މީހެއްގެ އަތްމަތީގައި

ފިނި ގަދަވުމުގެ ސަބަބުން ފުރާނަ ގެއްލުނު ތުއްތު ކުއްޖެއްގެ ހަށިގަނޑު މީހެއްގެ އަތްމަތީގައި

އިސްރާއީލުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ ޞިއްޙީ ޚިދުމަތްތެރިން، "ވަގުތުން އަދި އެއްވެސް ޝަރުތެއްނެތި" ދޫކޮށްލުމަށް އެމްނެސްޓީ އިންޓަރނޭޝަލް އިން ގޮވާލަފިއެވެ.

އެމްނެސްޓީގެ ބަޔާނުގައި ދާދި ފަހުން އިސްރާއީލުން ހައްޔަރު ކުރި ކަމާލް އަދްވާން ހޮސްޕިޓަލްގެ ޑިރެކްޓަރު، ޑރ. ހުސާމް އަބޫ ސަފިއްޔާ ވަގުތުން ދޫކޮށްލުމަށް ވަނީ ބާރު އަޅާ ގޮވާލާފައެވެ.

އެމްނެސްޓީ އިންޓަނޭޝަނަލްއިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އުތުރު ޣައްޒާގައި ހުންނަ ކަމާލް އަދްވާން ހޮސްޕިޓަލްގެ ޑިރެކްޓަރު، ހުސާމް އަބޫ ސަފިއްޔާގެ ހާލަތާ މެދު އެ ޖަމްޢިއްޔާއިން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށާއި، އޭނާ އެއްވެސް ޝަރުތެއްނެތި ވަގުތުން ދޫކޮށްލުމަށް ގޮވާލާ ކަމަށެވެ.

ކަމާލް އަދުވާން ހޮސްޕިޓަލުގެ ޑިރެކްޓަރ ހައްޔަރުކުރީ ހުކުރު ދުވަހު އިސްރާއީލުގެ ބާރުތަކުން ހޮސްޕިޓަލަށް ވަދެ ހޮސްޕިޓަލުގައި ހުޅުޖެހުމަށްފަހުގައެވެ.

އެ ޖަމްޢިއްޔާގެ ބަޔާނުގައި، އިސްރާއީލުން އަނިޔާވެރިކަމާއެކު ހައްޔަރުކޮށްފައިވާ ފަލަސްޠީނުގެ ރައްޔިތުން، ޚާއްޞަކޮށް ޞިއްޙީ ޚިދުމަތްތެރިން ވަގުތުން ދޫކޮށްލަންޖެހޭ ކަމަށާއި، ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ނަސްލު ފުހެލުމުގެ ޖަރީމާ ވަގުތުން ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން އަވަސް ފިޔަވަޅު އަޅަންޖެހޭކަން ވަނީ ފާހަގަކޮށްފައެވެ.

އިސްރާއީލުން ޣައްޒާ ގައި ހިންގަމުންދާ އަނިޔާވެރި ހަނގުރާމަ އަށް އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު އިސްރާއީލުގެ ހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 27 ފަލަސްޠީނު މީހުން ޝަހީދުވެ، 149 މީހުން ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ ޞިއްޙަތާ ބެހޭ މިނިސްޓްރީން ބުނެފައިވެއެވެ.

އަނެއްކޮޅުން ޣައްޒާ އަށް ފިނި މޫސުން ކުރިމަތިވެފައިވާ އިރު، ފިނީގެ ސަބަބުން ޚާއްސަ ކޮށް ކުޑަކުދިންގެ ފުރާނަ އަށް އަންނަނީ ނުރައްކާ ވަމުންނެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ޣައްޒާގެ އަލް-އަޤްޞާ ޝަހީދުންގެ ހޮސްޕިޓަލުގައި ފިނީގެ ސަބަބުން އުމުރުން އެއް މަސް ދުވަސްވީ ތުއްތު ކުއްޖަކު ވަނީ މަރުވެފައެވެ. ތުއްތު ކުއްޖާގެ އެއްބަނޑު އެއްބަފާ ބޭބޭ އޭގެ އެއް ދުވަސް ކުރިން ހަމަ އެ ސަބަބަށްޓަކައި ވަނީ މަރުވެފައެވެ.

އިސްރާއީލުން ޣައްޒާ ގައި ކުރަމުންދާ ހަނގުރާމައިގައި 7 އޮކްޓޯބަރު 2023 އިން ފެށިގެން މަދުވެގެން 45,541 ފަލަސްތީން މީހުން ޝަހީދުވެފައިވާ އިރު އިސްރާއީލުގެ ހަމަލާތަކުގައި، 108,338 މީހުން ޒަޚަމްވެފައިވެއެވެ. އެ ދުވަހު ޙަމާސްގެޤިޔާދަތުގެ ދަށުން

އިތުރަށް ކިޔާލަން

04 މާރިޗު 2017

މެލޭޝިއާ އިން ރީ ޖޮން ޗޮލް ހައްޔަރު ކުރީ "މަކަރުވެރި ރޭވުމެއްގެ ދަށުން" ކަމަށް އޭނާ ބުނެފި

04 މާރިޗު 2017
މެލޭޝިއާ އިން ރީ ޖޮން ޗޮލް ހައްޔަރު ކުރީ "މަކަރުވެރި ރޭވުމެއްގެ ދަށުން" ކަމަށް އޭނާ ބުނެފި
24 ފެބުރުއަރީ 2017

ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި

24 ފެބުރުއަރީ 2017
ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި
18 ފެބުރުއަރީ 2017

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

18 ފެބުރުއަރީ 2017
ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި
18 ފެބުރުއަރީ 2017

ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

18 ފެބުރުއަރީ 2017
  ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި
14 ފެބުރުއަރީ 2017

އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި

14 ފެބުރުއަރީ 2017
އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު