Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާ އަށް ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ ދެ މީހުން ޝަހީދު ކޮށްލައިފި

ސިއްޙީ އޮފިޝަލުން ބުރާސްފަތި ދުވަހު އިޢުލާންކުރި ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު އިސްރާއީލުން ޣައްޒާ ގައި ފެށި ޢުދުވާނު ގައި ޝަހީދުވި މީހުންގެ އަދަދު 45,361 ށް އަރައިފިއެވެ

ރާއްޖެ އެމްވީ | 26 ޑިސެމްބަރު 2024 | ބުރާސްފަތި 04:57
އިސްރާއީލުގެ ހަމަލާއެއް ގައި ޝަހީދުވި މީހެއްގެ އާއިލާ އިން ހިތާމަ ކުރަނީ

އިސްރާއީލުގެ ހަމަލާއެއް ގައި ޝަހީދުވި މީހެއްގެ އާއިލާ އިން ހިތާމަ ކުރަނީ

ބުދަ ދުވަހުގެ ހަވީރު ޣައްޒާ ސްޓްރިޕްގެ މެދު އަދި ދެކުނު ސަރަޙައްދުތަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ އާންމުންގެ ދެ މީހުން ޝަހީދު ވެއްޖެއެވެ.

ވަފާ ނިއުސް އޭޖެންސީން ބުނާ ގޮތުގައި، ޣައްޒާ ސްޓްރިޕްގެ އުތުރުގައިވާ ޖަބާލިއާގެ އަލް-ނަޒްލާ ސަރަޙައްދުގައި ތިބި ބަޔަކަށް އަމާޒުކޮށް އިސްރާއީލުގެ ހަނގުރާމަ މަތިންދާބޯޓުތަކުން ބޮން އެޅުމުގެ ސަބަބުން އަންހެނަކު ޝަހީދުވިއެވެ. އަދި ސްޓްރިޕްގެ ދެކުނުގައިވާ ރަފާ ސިޓީގެ އައްސޭރިފަށުގެ ސަރަހައްދަކަށް ދިން ޑްރޯން ހަމަލާއެއްގައި އެހެން މީހަކު ޝަހީދުވިއެވެ.

ޔަހޫދީ ސިފައިން ޚާން ޔޫނިސްގެ މަވާސީ ސަރަޙައްދުގައި ހުރި ހިޖުރަކުރި މީހުންގެ ޓެންޓުތަކަށް އެތައް ހަމަލާއެއް ބުދަ ދުވަހު ވަނީ ދީފައެވެ. އަދި އިސްރާއީލުގެ މަތިންދާބޯޓުތަކުން ޣައްޒާ ސިޓީގެ އުތުރުގައިވާ ސަރަހައްދަކަށް ވެސް އެތައް ހަމަލާ އެއް ދިނެވެ.

ސިއްޙީ އޮފިޝަލުން ބުރާސްފަތި ދުވަހު އިޢުލާންކުރި ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު އިސްރާއީލުން ޣައްޒާ ގައި ފެށި ޢުދުވާނު ގައި ޝަހީދުވި މީހުންގެ އަދަދު 45,361 ށް އަރައިފިއެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

އެ މަސްދަރުތަކުން އިތުރަށް ބުނާ ގޮތުގައި، ޢުދުވާނު ފެށުނީއްސުރެ ޒަޚަމްވި މީހުންގެ އަދަދު 107,803 ށް ވަނީ އަރާފައެވެ. އަދި އެތައް ހާސް ބަޔަކު ފުނޑުވެފައިވާ އިމާރާތްތަކުގެ ދަށުގައި ވަނީ ތާށިވެ ވީނުވީ އެއް ނޭނގި ގެއްލިފައެވެ.

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު