Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔަމަން-އިސްރާއީލް ހަނގުރާމަ

ޔަމަނުން ވަރުގަދަ މިސައިލް ހަމަލާ އެއް އިސްރާއީލަށް ދީފި

ޔަމަނުން ފޮނުވާލި މިސައިލް މަތަ ނުކުރެވުނު ކަމަށް އިސްރާއީލުގެ އަސްކަރިއްޔާ އިން ބުނެފައިވާއިރު އެތައް ބަޔަކު މި ހަމަލާގައި ވަނީ ޒަޚަމްވެފައި

ރާއްޖެ އެމްވީ | 21 ޑިސެމްބަރު 2024 | ހޮނިހިރު 05:38
ޔަމަނުގެ ވެރިރަށް ސަނާ ގައި އިސްރާއީލާއި އެމެރިކާ އާ ދެކޮޅަށް ހަނގުރާމަވެރިން އަޑު އުފުލަނީ

ޔަމަނުގެ ވެރިރަށް ސަނާ ގައި އިސްރާއީލާއި އެމެރިކާ އާ ދެކޮޅަށް ހަނގުރާމަވެރިން އަޑު އުފުލަނީ

ޔަމަނުން ވަރުގަދަ ރޮކެޓް ހަމަލާ އެއް އިސްރާއީލުގެ ތެލް އަވީވް އަށް ދީފިއެވެ.

އިސްރާއީލުގެ އަސްކަރިއްޔާ އިން ބުނީ، ޔަމަނުން ފޮނުވި މިސައިލް އެ ގައުމުގެ މިސައިލް ދިފާއީ ނިޒާމަށް ހުއްޓުވިފައި ނުވާ ކަމަށެވެ.

ހޮނިހިރު ދުވަހު ހެނދުނު ދިން މި ހަމަލާ ގައި މަދުވެގެން 14 މީހުން ޒަޚަމްވި ކަމަށް އިސްރާއީލުގެ އެމްބިއުލާންސް ސާވިސް އިން ހާމަ ކޮށްފައިވެއެވެ.

މިސައިލް އެރީ ތެލް އަވީވް ގެ ޖައްފާ ސަރަހައްދަށެވެ.

ޔަމަންގެ ހޫތީން ބުނެފައިވަނީ، އިސްރާއީލަށް ދޭ ހަމަލާތަކަކީ ޣައްޒާ ގައި އިސްރާއީލުން ހިންގާ އަނިޔާވެރި ހަނގުރާމަ އަށް ބަދަލު ހިފުމުގެ ގޮތުން ދޭ ހަމަލާތަކެއް ކަމަށެވެ.

ޔަމަން އިން އިސްރާއީލަށް ހޮނިހިރު ދުވަހު މި ހަމަލާ ދިން އިރު، މި ދިޔަ ބުރާސްފަތި ދުވަހު އިސްރާއީލުން ވަނީ ހޫތީން ކޮންޓްރޯލް ކުރާ ޔަމަނުގެ ސަރަހައްދު ތަކުގައި ހުރި މުހިންމު ތަންތަނަށް ބޮން އަޅާފައެވެ. އޭގެ ތެރޭގައި ކަރަންޓު އުފައްދާ މަރުކަޒަކާއި ބަނދަރެއް ހިމެނެއެވެ.

ހަމަލާ އަށް ފަހު ހޫތީން ބުނީ އިސްރާއީލަކީ ރައްކާތެރި ތަނެއް ނޫން ކަމަށާއި އެތައް ބިލިއަން ޑޮލަރުގެ އޭރިއަލް ޑިފެންސް ސިސްޓަމަކީ ބޭނުމެއް ނެތް ފޭލު ވެފައިވާ ނިޒާމެއް ކަމަށެވެ.

އިސްރާއީލް - ޔަމަން ހަނގުރާމަ

އިތުރަށް ކިޔާލަން

08 ޖުލައި 2025

ރަތް ކަނޑުގައި ދަތުރު ކުރަމުން ދިޔަ އާގު ބޯޓަކަށް ހަމަލާ ދީފި، 2 ފަޅުވެރިން މަރުވެއްޖެ

08 ޖުލައި 2025
ރަތް ކަނޑުގައި ދަތުރު ކުރަމުން ދިޔަ އާގު ބޯޓަކަށް ހަމަލާ ދީފި، 2 ފަޅުވެރިން މަރުވެއްޖެ
07 ޖޫން 2025

ޔަމަނުން އިސްރާއީލުގެ އަމާޒުތަކަށް އަނެއްކާ ވެސް މިސައިލް ހަމަލާ އެއް ދީފި

07 ޖޫން 2025
ޔަމަނުން އިސްރާއީލުގެ އަމާޒުތަކަށް އަނެއްކާ ވެސް މިސައިލް ހަމަލާ އެއް ދީފި
03 މެއި 2025

ޔަމަނުން ފޮނުވާލި ދެ މިސައިލެއް ހުއްޓުވާފައިވާ ކަމަށް އިސްރާއީލް އިން ބުނެފި

03 މެއި 2025
ޔަމަނުން ފޮނުވާލި ދެ މިސައިލެއް ހުއްޓުވާފައިވާ ކަމަށް އިސްރާއީލް އިން ބުނެފި
01 އޮކްޓޯބަރު 2024

ޔަމަނުން އިޒްރޭލުގެ ތެލްއަވީވް އަށާއި އީލާތަށް ހަމަލާދީފި

01 އޮކްޓޯބަރު 2024
ޔަމަނުން އިޒްރޭލުގެ ތެލްއަވީވް އަށާއި އީލާތަށް ހަމަލާދީފި
22 ޖުލައި 2024

ޔަމަން އިން އިޒްރޭލަށް ފޮނުވި މިސައިލް ހަމަލާއަށް އިޒްރޭލުން ހުރަސް އަޅައިފި ކަމަށް ބުނެފި

22 ޖުލައި 2024
ޔަމަން އިން އިޒްރޭލަށް ފޮނުވި މިސައިލް ހަމަލާއަށް އިޒްރޭލުން ހުރަސް އަޅައިފި ކަމަށް ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު