Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެޗްޑީސީގެ ޚިޔާނާތް

މެމްބަރުންނާއި ސަރުކާރުގެ ބައެއް އިސް ފަރާތްތަކަށް އުސޫލާއި ޚިލާފަށް ބިން ވިއްކި މައްސަލަ އަދި ބަލަން ނުފަށާކަން ހާމަވެއްޖެ

މެމްބަރުންނަށް އުސޫލާއި ޚިލާފަށް ވިއްކި މައްސަލައިގައި އެޗްޑީސީން އޮތީ ހަނު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 20 ޑިސެމްބަރު 2024 | ހުކުރު 12:48
ހުޅުމާލެ ބީޗް ފްރަންޓުން ދޫކުރާ ބިންތައް

ހުޅުމާލެ ބީޗް ފްރަންޓުން ދޫކުރާ ބިންތައް

ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ ބައެެއް މެންބަރުންނާއި މި ސަރުކާރުގެ ބައެއް އިސް ފަރާތްތަކަށް އުސޫލާއި ޚިލާފަށް ބިން ވިއްކި މައްސަލަ އަދި ބަލަން ނުފަށާކަން ހާމަވެއްޖެއެވެ.

ސަރުކާރުގެ ބައެއް މެމްބަރުންނާއި އިސް ފަރާތްތަކަށް ބިންތައް ދިން ކަމަށް ތުހުމަތުކޮށް ބައެއް ލިޔެކިޔުންތައް މީސްމީޑިއާގައި ވެސް ވަނީ ދައުރުވެފައެވެ. އިއުލާނު ކުރުމެއް ނެތި ވިއްކާލި މި ބިންތަކުގެ މައްސަލަ ފަޅާ އަރާފައި މި ވަނީ އެޗްޑީސީގެ އިތުރު ކޮރަޕްޝަންގެ މައްސަލަތަކެއް ވެސް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދުގެ ބޭބެ، އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފަޒީލް ރަޝީދު އަށް ވަގަށް ގޯއްޗެއް ދިން މައްސަލަ ފެންމަތިވެ އެ މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިން ވަނީ އެ މައްސަލަ ބަލަމުންދޭތޯ ސުވާލުކޮށްފައެވެ. ޖަވާބުގައި ފުލުހުން ބުނީ މިވަގުތު ބަލަމުން ދަނީ ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދުގެ ބޭބެ، އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފަޒީލް ރަޝީދު އާއި އެހެން ބައެއް މީހުންނަށް ގޯތި ދިން މައްސަލަ އާއި ގުޅޭ ލިޔެކިޔުންތަކުގެ މައްސަލަ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެ މައްސަލަ އިތުރަށް ފުޅާކޮށް ބަލާނެ ކަމަށް ފާހަގަކޮށްފައިވެއެވެ.

ފުލުހުން ބުނިގޮތުގައި އެޗްޑީސީގެ ގޯތީގެ ޚިޔާނާތުގެ މައްސަލަ ބަަލަން ފެށީ ފުލުހުންގެ އަމިއްލަ އިސްނެގުމަށެވެ. އެ މައްސަލަ ބަލަން ނިންމީ މީސްމީޑިއާގައި މައްސަލަ ފެންމަތިވުމުން ކަމަށް ވަނީ ބުނެފައެވެ. އެހެންކަމަށް ވުމާއި އެކު ސަރުކާރަށް ނިސްބަތްވާ ބައެއް މީހުންނަށް އުސޫލާއި ޚިލާފަށް ބިން ވިއްކި މައްސަލަ މީސްމީޑިއާއަށް ތިލަވުމުން އެކަން ނުބަލާ ސަބަބާއި މެދު ނޫސްވެރިން ކުރި ސުވާލުތަކަށް ފުލުހުންނަށް އެކަށީގެންވާ ޖަވާބެއް ދެވިފައެއް ނުވެއެވެ.

މީސް މީޑިއާގައި ދައުރުވަމުންދާ ލިޔުންތަކުން އެނގޭ ގޮތުން ސަރުކާރުގެ ވެރިންނަށް ހުޅުމާލޭ ފޭސް 2 ގެ ބީޗް ފްރޮންޓުން ބިންތަކެއް ވިއްކާފައި ވަނީ އަކަފޫޓެއް 3000ރ. ރޭޓުންނެވެ. މީގެ އިތުރުން ހުޅުމާލޭ ބީޗް ފްރޮންޓުން އަކަފޫޓެއް 9000ރ. ރޭޓުން ގަތުމަށް ކުރިން ހުށަހަޅާފައި ހުރިކަން އެ މައުލޫމާތުތަކުން އެނގެއެވެ. މީގެ އިތުރުން މެމްބަރުންނަށް އުސޫލާއި ޚިލާފަށް ވިއްކި މައްސަލައިގައި އެޗްޑީސީން އޮތީ ހަނުކަން ފާހަގަކޮށްލެވެއެވެ.

ހުޅުމާލެއެޗްޑީސީބިން ފޭރުންބިންވެރިޔާ ސްކީމް ގޯތީގެ ވައްކަން

ކޮމެންޓް

އިތުރަށް ކިޔާލަން

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

10 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު