Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބިން ފޭރުން

ހުޅުމާލެ އިން ބޮޑު ގޯއްޗެއް އެމްޑީ ފަޒުލް ގެ އާއިލާ މީހަކަށް ވަގަށް ދޭން އުޅެނި ކޮށް ފަޅާ އަރައިފި

ހުޅުމާލެ ލޮޓް ނަންބަރު 20768, 1250 އަކަފޫޓުގެ ގޯތި ލިބިފައިވާ ކަމަށް ބުނެ، 2 ފަރާތަކުން ވަށާފާރު ރޭނުމުގެ ހުއްދައަށް އެދިފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 18 ޑިސެމްބަރު 2024 | ބުދަ 11:47
އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު

ހައުސިން ޑިވަލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދުގެ އާއިލާ މީހަކަށް ބިންވެރިޔާ ސްކީމްގެ ދަށުން ނުލިބޭ ބިމެއް ހޯދައިދޭން މަސައްކަތް ކުރި ކަން ފަޅާ އަރައިފިއެވެ.

މިމައްސަލައާ ގުޅޭ މުހިންމު ލިޔެކިއުންތަކެއް ސޯޝަލް މީޑިއާގައި ހަސަން ކުރުސީ ނަމުގައި ހިންގާ އެކައުންޓުން ވަނީ ލީކުކޮށްލާފައެވެ.

ފަޅާއަރުވާލި ލިޔެކިއުންތަކުން އިނގޭ ގޮތުގައި އެޗްޑީސީގެ ޑެޕިއުޓީ ޑިރެކްޓަރު އަހުމަދު އައިމަން ސޮއިކުރައްވައި، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ހުޅުމާލެ ލޮޓް ނަންބަރު 20768, 1250 އަކަފޫޓުގެ ގޯތި ލިބިފައިވާ ކަމަށް ބުނެ، ދެ ފަރާތަކުން ވަށާފާރު ރޭނުމުގެ ހުއްދަ އަދި ހުށަހަޅާފައިވާ ކަމަށެވެ. އެއީ މުހައްމަދު ފަޒީލް ރަޝީދު އަދި އަބްދުލް މަޖީދު މާހިރެވެ. އެހެންކަމުން މި ގޯތި ލިބިފައިވަނީ ކޮން ފަރާތަކަށްކަން އަންގައިދިނުމަށް ސިޓީ ގައި ވަނީ އެދިފައެވެ.

މިސިޓީއާއި ގުޅިގެން ހައުސިން މިނިސްޓްރީން ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ސަރުކާރުން ކުރިއަށް ގެންދާ ގެދޮރުވެރިޔާ ޕްރޮގްރާމްގެ ދަށުން މާލެ ސަރަހައްދަށް އަމާޒުކޮށް ކުރިއަށް ގެންދާ ބިންވެރިޔާ ސްކީމުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ތިޔަ ކޯޕްރޭޝަނުގެ ސިޓީގައި ބަޔާންކޮށްފައިވާ ފަރާތްތަކަކީ މި ސްކީމްއިން ގޯއްޗަކަށް އެދި އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކެއް ނޫންކަން މި ސްކީމްގެ ޑާޓާބޭސް އިން ދައްކާ ކަމަށެވެ. އަދި ސިޓީތަކުގައި ބަޔާންކޮށްފައިވާ 20821 އާއި 20768 ނަންބަރު ގޯތިތަކަކީ އެ މިނިސްޓްރީން މިހާތަނަށް އެއްވެސް ފަރާތަކާއި ހަވާލުކޮށްފައިނުވާ ދެ ގޯތިކަމުގައި ބުނެފައިވެއެވެ.

ސްޓޭޓް މިނިސްޓަރު އިބްރާހިމް ނިޒާމް ސޮއިކުރައްވައި، ހައުސިން މިނިސްޓްރީން ފޮނުވި މިސިޓީ އާއެކު، ބިންވެރިޔާ ސްކީމުން ހުޅުމާލެއިން ދޫކޮށްފައިވާ ގޯތިތައް ލިބިފައިވާ ފަރާތްތައް ހިމެނޭ ލިސްޓް (ބިން ހަވާލުކުރެވުނު ފަރާތްތައް، ސޮއިކުރެވުނު ފަރާތް، ސޮއިނުކުރާ ފަރާތްތައް) އެނގޭގޮތަށް ލިސްޓް ވެސް ވަނީ ފޮނުވާފައެވެ.

މީގެ އިތުރުން ހައުސިން މިނިސްޓްރީ އާއްމުކޮށްފައިވާ ލިސްޓުގައި މުހައްމަދު ފަޒީލް ރަޝީދު ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް ޝަރުތުހަމަނުވާކަން ހާމަވެއެވެ.

މިމައްސަލައާ ގުޅިގެން އެޗްޑީސީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

މި މައްސަލައިގައި އާންމުންގެ ގިނަ ބަޔަކު އަންނަނީ ސަރުކާރުން ކުރާ މިބާވަތުގެ ވައްކަން ހުއްޓުވުމަށް ސޯޝަލް މީޑިއާ ގައި ގޮވަމުންނެވެ. އަދި މިއީ ބިމެއް ވަގަށް ނަގަން އުޅުމުގެ އިތުރުން ލިޔެކިޔުން ބަދަލު ކޮށް އޮޅުވާލުމާއި މަކަރު ހީލަތުގެ މައްސަލައެއް ކަމަށް ވެސް ގިނަ ފަރާތްތަކަކުން އަންނަނީ ބުނަމުންނެވެ.

ސަރުކާރުގެ ތެރޭގައި ހިނގާ މިބާވާތުގެ ބޮޑެތި ކަރަޕްޝަން ގެ މައްސަލަ ތަކަށް މިހާތަނަށް މާ ބޮޑު ސަމާލު ކަމެއް ރައީސް މުއިއްޒުގެ ސަރުކާރުން ދީފައެއް ނުވެއެވެ.

މި ބާވަތުގެ ކަރަޕްޝަންގެ މައްސަލަތައް ބަލަން އުފައްދާފައިވާ އެންޓި ކަރަޕްޝަން ކޮމިޝަން ގެ ރައީސް އަކީ ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރައްވާ މަގާމަކަށް ވެސް ދާދި ފަހުން މި ސަރުކާރުން ވަނީ ބަދަލު ކޮށްފައެވެ.

ބިންވެރިޔާ ސްކީމްއިބްރާހީމް ފަޒުލް ރަޝީދު ބިން ފޭރުން

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
21 ނޮވެމްބަރު 2025

ޕީއެންސީ ޖަލްސާ ގައި ބޮޑެތި ވަގުން އެއްތަން ކޮށްފައިވޭ، އެންމެ ފުރަތަމަ ފެނުނީ 34 މިލިއަން ރުފިޔާގެ ޓީވީ ވައްކަން ކޮށްދިން ހީނާ: ކުރީގެ ރައީސް ޔާމީން

21 ނޮވެމްބަރު 2025
ޕީއެންސީ ޖަލްސާ ގައި ބޮޑެތި ވަގުން އެއްތަން ކޮށްފައިވޭ، އެންމެ ފުރަތަމަ ފެނުނީ 34 މިލިއަން ރުފިޔާގެ ޓީވީ ވައްކަން ކޮށްދިން ހީނާ: ކުރީގެ ރައީސް ޔާމީން
29 އޮކްޓޯބަރު 2025

ބަންޑާރަ ގޯތި ދިން ކަމަށްޓަކައި ޕީއެންސީ މެންބަރު ދަނީ މާލޭގެ ރައްޔިތުންނަށް ރަތް މަހަށް ނުބަވާ ވަރަށް ބަވަމުން: މެންބަރު މީކާއީލް

29 އޮކްޓޯބަރު 2025
ބަންޑާރަ ގޯތި ދިން ކަމަށްޓަކައި ޕީއެންސީ މެންބަރު ދަނީ މާލޭގެ ރައްޔިތުންނަށް ރަތް މަހަށް ނުބަވާ ވަރަށް ބަވަމުން: މެންބަރު މީކާއީލް
20 އޮކްޓޯބަރު 2025

އަކްރަމް އާއި ހައުސިންގެ ކުރީގެ ވެރިންނަށް ކުރި ދައުވާއަށް އިންކާރު ކޮށްފި

20 އޮކްޓޯބަރު 2025
އަކްރަމް އާއި ހައުސިންގެ ކުރީގެ ވެރިންނަށް ކުރި ދައުވާއަށް އިންކާރު ކޮށްފި
17 އޮކްޓޯބަރު 2025

75 ޕޮއިންޓަށްވުރެ މަދުން ލިބިފައިވާ ފަރާތްތަކުގެ މެދުގައި އަލުން ގުރުއަތު ނަގަނީ ފުލެޓް އަތުލުމަށް: މައުރޫފް

17 އޮކްޓޯބަރު 2025
75 ޕޮއިންޓަށްވުރެ މަދުން ލިބިފައިވާ ފަރާތްތަކުގެ މެދުގައި އަލުން ގުރުއަތު ނަގަނީ ފުލެޓް އަތުލުމަށް: މައުރޫފް
09 ޖުލައި 2025

ގުޅީފަޅު ގޯތީގެ އެގްރީމެންޓު މައްސަލައިގައި ސަރުކާރުން ޔޫޓާރން އެއް ނަގައި، ކުރިން އޮތް އެއް ބަސްވުމާ އެއް ގޮތައް ކުރިއަށް ދާން ނިންމައިފި

09 ޖުލައި 2025
ގުޅީފަޅު ގޯތީގެ އެގްރީމެންޓު މައްސަލައިގައި ސަރުކާރުން ޔޫޓާރން އެއް ނަގައި، ކުރިން އޮތް އެއް ބަސްވުމާ އެއް ގޮތައް ކުރިއަށް ދާން ނިންމައިފި
04 ފެބުރުއަރީ 2025

ފަޒުލްގެ ގެއިން ފެނުނު 1.4 މިލިއަން ރުފިޔާ އަނބުރާ ދީފި

04 ފެބުރުއަރީ 2025
ފަޒުލްގެ ގެއިން ފެނުނު 1.4 މިލިއަން ރުފިޔާ އަނބުރާ ދީފި
03 ފެބުރުއަރީ 2025

ވަގު ގޯތި މައްސަލައިގައި ސަސްޕެންޑް ކުރި މީހުންގެ ސަސްޕެންޝަން އުވާލަން ފަށައިފި

03 ފެބުރުއަރީ 2025
ވަގު ގޯތި މައްސަލައިގައި ސަސްޕެންޑް ކުރި މީހުންގެ ސަސްޕެންޝަން އުވާލަން ފަށައިފި
24 ޑިސެމްބަރު 2024

ފުލުހުން ފަޒުލް ދިރިއުޅުއްވާ ގެ ބަލައިފާސްކޮށްފި

24 ޑިސެމްބަރު 2024
ފުލުހުން ފަޒުލް ދިރިއުޅުއްވާ ގެ ބަލައިފާސްކޮށްފި
21 ޑިސެމްބަރު 2024

ފެންމަތިވެގެން އުޅޭ ގޯއްޗާއި ފްލެޓް މައްސަލައިގެ ތަހުގީގަށް ދޭ މައުލޫމާތު ސިއްރު ކުރާނެ: ޕޮލިސް

21 ޑިސެމްބަރު 2024
ފެންމަތިވެގެން އުޅޭ ގޯއްޗާއި ފްލެޓް މައްސަލައިގެ ތަހުގީގަށް ދޭ މައުލޫމާތު ސިއްރު ކުރާނެ: ޕޮލިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު