Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސެޓްލްމަންޓް މައްސަލަ

ސެޓެލްމަންޓޭ ކިޔައިގެން ހުށަހަޅައިގެން އުޅެނީ ސިޔާސީ މަގުސަދެއްގައި - ޣަފޫރު

12 ޑިސެމްބަރު 2024 | ބުރާސްފަތި 13:59

މަޖިލީހުން އެކަން ފާސްކޮށްފައި ވާއިރު، ސެޓްލްމެންޓް ކޮމިޓީން ކުރި ހުރިހާ މުޢާމަލާތެއް ކުރުމަށްފަހު ކެބިނެޓަށް ހުށަހަޅައިގެން ފާސްކޮށްފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 12 ޑިސެމްބަރު 2024 | ބުރާސްފަތި 13:59
ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ

ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ

ސެޓެލްމަންޓޭ ކިޔައިގެން ހުށަހަޅައިގެން އުޅެނީ ސިޔާސީ މަގުސަދެއްގައި ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބުރާސްފަތި ދުވަހުގެ ޖަލްސާގައި ބަހުސްކުރައްވަމުން ޣަފޫރު ވިދާޅުވީ ދައުލަތުގެ ފައިސާ ޚިޔާތްތެރިފައިވާނަމަ އެ މައްސަލައެއް ބެލުމަކީ އެއީ ކުރަންޖެހޭނެ ކަމެއް ކަމަށެވެ. އެހެންނަމަވެސް މިއީ ސިޔާސީ މައްސަލައެއް ކަމަށާއި، ސެޓެލްމަންޓް ކޮމިޓީގެ މައްސަލަ ހުށަހެޅިފައިވަނީ ސިޔާސީ ގޮތުން ބިރުދެއްކުމަށް ޓަކައި ކަމަށެވެ. ޣަފޫރު ވިދާޅުވީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގައި ބުނަނީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމޭ އެންމެހައި ދިވެހި ރައްޔިތުންގެ އަގުތައް ހިމާޔަތްކުރުން ކަމަށާއި، ހަމަ އެއާއެއްކޮށް ހަމަ އެ މާއްދާގެ (ގ) ގައި ބުނަނީ އެކިއެކި ކޮމިޓީތައް އުފައްދުމާއި އަދި ކޮމިޓީތައް އުފައްދައިގެން ކުރަންޖެހޭ ތަޙުޤީޤުތައް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމް ކަމަށެވެ.

Advertisement - newsAdvertisement

ޣަފޫރު ވިދާޅުވީ އެއީ ގާނޫނުން ބާރު ލިބިގެން ކޮށްފައި އޮތް ކަމެއް ކަމަށެވެ. އަދި މަޖިލީހުން އެކަން ފާސްކޮށްފައި ވާއިރު، ސެޓްލްމެންޓް ކޮމިޓީން ކުރި ހުރިހާ މުޢާމަލާތެއް ކުރުމަށްފަހު ކެބިނެޓަށް ހުށަހަޅައިގެން ކެބިނެޓުގައި ވެސް ހުރިހާ މެންބަރުން ތިއްބަވައިގެން ކެބިނެޓުންވެސް އެކަން ފާސްކޮށްފައިވާނެ ކަމަށެވެ.

ޣަފޫރު ވިދާޅުވީ ޤާނޫނުއަސާސީ ލާޒިމުކުރާ އުސޫލުގެ މަތިން ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި ކުރެވި މަސައްކަތެއް ކުރައްވާފައި އޮންނާނެ ކަމަށާއި، އެގޮތަށް ހުރިހާ ކަމެއް ކުރެވިފައިވާނެ ކަމަށެވެ. އަދި އޭގެ ބޭރުން ކަމެއް ވާނަމަ ބެލުމަކީ ކުރަންޖެހޭނެ ކަމެއް ކަމަށާއި، އަދި އެކަން ބެލުމަށް އެޓަރނީ ޖެނެރަލަކަށް ހުރަސްއެޅޭ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.

ޣަފޫރު ވިދާޅުވީ ގާނޫނުއަސާސީއާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތީން ރައީސް އިބުރާހީމް މުހައްމަދު ޞާލިހު އެޅުއްވި ކޮންމެ ފިޔަވަޅެއް އަޅުއްވާފައި ވާނެ ކަމަށެވެ. އަދި އެއާއެއްކޮށް ގާނޫނުން ބޭރުންކޮށްފައި އޮތް އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. ޣަފޫރު ވިދާޅުވީ ސިޔާސީ ގޮތުން ބިރު ދެއްކުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫމަޑި މައްސަލައިގައި ދޮގުހެކިބަސް ދިން މައްސަލައަށް އިޝާރާތްކުރައްވާ ޣަފޫރު ވިދާޅުވީ ކޯޓަކުން މައްސަލައެއް ސާބިތުނުވި ކަމުގައި ވިޔަސް ވައްކަމެއް ކުރިއްޔާ ކުރި ވައްކަމެއް ވާނީ ވައްކަމަކަށް ކަމަށާއި، ކޯޓުގެ ހުކުން އަދި އެއީ ތަފާތު ކަމެއް ކަމަަށާއި، ޝަރީޢަތަށް ސާބިތުގެން ވައްކަން ކުރި މީހާގެ މައްޗަށް ހުކުން ނައުން އެއީ އޭނާ ވައްކަމުން ބަރީޢަ ވާނެ ކަމެއް ނޫން ކަމަށް ޣަފޫރު ވިދާޅުވިއެވެ.

އަބްދުލްޣަފޫރު މޫސާ ރައްޔިތުންގެ މަޖިލިސްއެމްޑީޕީ ޕީޖީ ގްރޫޕް ޕްރެސް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2025

އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ

12 ނޮވެމްބަރު 2025
އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ
28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް