Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސީރިޔާގެ ހަމަނުޖެހުން

ސީރިޔާގެ އަލެޕޯ ޕްވިންސް އަށް ސަރުކާރާ ދެކޮޅު ހަނގުރާމަވެރިން ވަދެގަނެފި

ރައީސް އަސަދު ގެ އެންމެ ގާތް އެއް އެކުވެރިޔާ ރަޝިޔާ އިން އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ދިމިސްގަށް އިތުރު ސިފައިންގެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ސިފައިންގެ ދެ މަސްދަރަކުން ބުނެފައިވެއެވެ.

ރާއްޖެ އެމްވީ | 30 ނޮވެމްބަރު 2024 | ހޮނިހިރު 06:49
ސީރިއާގެ އަލެޕޯ ޕްރޮވިންސްގައި އިދިކޮޅު ހަނގުރާމަވެރިން ހަރަކާތްތެރިވަނީ، ނޮވެމްބަރު 29، 2024

ސީރިއާގެ އަލެޕޯ ޕްރޮވިންސްގައި އިދިކޮޅު ހަނގުރާމަވެރިން ހަރަކާތްތެރިވަނީ، ނޮވެމްބަރު 29، 2024

ސިރިޔާ ސަރުކާރުގެ ބާރުގެ ދަށުގައިވާ އެގައުމުގެ މައި ޕްރޮވިންސެއް ކަމަށް ވާ އަލެޕޯ އަށް ސަރުކާރާ ދެކޮޅު ހަނގުރާމަވެރިން އަރައިފިއެވެ.

ސީރިޔާގެ ޚަލަބް ނުވަތަ އަލެޕޯ އެއަރޕޯޓާއި އެ ސިޓީއަށް ވަދެވޭ ހުރިހާ މަގުތަކެއް ބަންދުކޮށްފައިވާ ކަމަށް ސިރިއާގެ ސަރުކާރު ސިފައިންގެ ތިން މަސްދަރަކުން ހޮނިހިރު ދުވަހު ރޮއިޓަރސް އަށް މަޢުލޫމާތު ދީފިއެވެ.

ސަރުކާރު ސިފައިން މިހެން ބުނެފައިވާއިރު ރައީސް ބަޝާރް އަލް-އަސަދްގެ ވެރިކަމާ އިދިކޮޅު ބާރުތަކުން އަލެޕޯގެ މެދުތެރޭގެ ސަރަޙައްދަށް ވަދެވިއްޖެކަމަށް ވަނީ ހާމަކޮށްފައެވެ. 

ރައީސް އަސަދު އަށް މަދަދުވެރިވާ ރަޝިޔާ އާއި އީރާނުގެ އެހީގައި އިދިކޮޅު ހަނގުރާމަވެރިން އަލެޕޯ އިން މީގެ ދިހަވަރަކަށް އަހަރު ކުރިން ފައްސާލާފައި ވަނިކޮށް ސަރުކާރުގެ ބާރުގެ ދަށުގައި ވާ ސަރަހައްދުތަކަށް ކުއްލި ހަމަލާއެއް ދީ މި ހަފްތާގެ ތެރޭގައި ވަނީ ބޮޑު ކުރިއެރުމެއް ހޯދާފައި ކަމަށް ހަނގުރާމަވެރިން ބުނެފައިވެއެވެ.

ރައީސް އަސަދު ގެ އެންމެ ގާތް އެއް އެކުވެރިޔާ ރަޝިޔާ އިން އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ދިމިސްގަށް އިތުރު ސިފައިންގެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ސިފައިންގެ ދެ މަސްދަރަކުން ބުނެފައިވެއެވެ. އަދި ރަޝިޔާ އިން އިތުރު ހަތިޔާރާއި އަސްކަރީ އާލާތްތައް ކުރިއަށް އޮތް 72 ގަޑިއިރުގެ ތެރޭގައި ލިބެން ފަށާނެ ކަމަށްވެސް އެ މަސްދަރުތަކުން ބުނެފައިވެއެވެ.

އިދިކޮޅު ބާރުތަކުން ވަދެފައިވާ މައި ސަރަޙައްދު ތަކުން "ރައްކާތެރިކަމާއެކު ފަހަތަށް ޖެހުމުގެ" އަމުރު ކޮށްފައިވާ ކަމަށާއި އެ ގޮތައް އަމަލު ކުރުމަށް ސަރުކާރު ސިފައިންނަށް އަންގާފައިވާކަމަށް ސިފައިންގެ ތިން މަސްދަރަކުން ބުނެފައިވެއެވެ.

އިދިކޮޅު ހަނގުރާމަވެރިން ސަރުކާރު ސިފައިންނާ ދެކޮޅަށް ހަމަލާ ފެށީ ބުދަ ދުވަހުއެވެ. އަދި ހުކުރު ދުވަހުގެ އިދިކޮޅު ހަނގުރާމަވެރިން ބުނެފައިވަނީ އެމީހުން އަލެޕޯގެ އެކި ސަރަޙައްދުތަކަށް ވަދެފައިވާ ކަމަށެވެ.

ހަނގުރާމަވެރިން މި ސިޓީއަށް އަނބުރާ ވަދެފައި މިވަނީ 2016 ގައި އަސަދާއި އޭނާގެ އެކުވެރިން ކަމުގައިވާ ރަޝިޔާ، އީރާން އަދި ސަރަޙައްދީ ޝިޔާ ހަނގުރާމަވެރިން އެ ސިޓީ އަތުލައިގަތް ފަހުން ފުރަތަމަ ފަހަރަށެވެ. އެތައް މަސްތަކެއް ވަންދެން އެ ސަރަހައްދަށް ސަރުކާރު ސިފައިންނާއި އަސަދު ގެ ސަރުކާރަށް މަދަދުވެރިވާ ފަރާތްތަތުން ބޮން އަޅާ ހަމަލާ ދިނުމުގެ ސަބަބުން އެންމެ ފަހުން އެ ސަރަހައްދުން ފޭބުމަށް އިދިކޮޅު ފަރާތްތަކުން އެއްބަސްވިއެވެ.

ޖައިޝް އަލް-އިއްޒާ އިދިކޮޅު ބްރިގޭޑްގެ ކޮމާންޑަރެއް ކަމުގައިވާ މުސްތަފާ އަބްދުލް ޖާބިރު ބުނެފައިވަނީ މި ހަފްތާގައި އެމީހުން ހޯދި ހަލުއި ކުރިއެރުމަށް މަގުފަހިވެފައި ވަނީ އަލެޕޯ ޕްރޮވިންސްގައި އީރާނުގެ އެހީ ގައި ހަރަކަތްތެރިވާ އަސްކަރީ ފައުޖުގެ ބާރު ކުޑަވުމުގެ ސަބަބުން ކަމުގައެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ޣައްޒާގެ ހަނގުރާމަ ފުޅާވަމުން ދިއުމާއެކު އީރާނުގެ އެކުވެރިންނަށް އިޒްރޭލުގެ ސަބަބުން ބޮޑެތި ގެއްލުންތައް ވަނީ ލިބިފައެވެ. އެއާއެކު ވަސީލަތްތަކާއި ހަތިޔާރުގެ ދަތިކަން އެ ފަރާތްތަކަށް ވަނީ ފޯރާފައެވެ.

އިދިކޮޅު ހަނގުރާމަވެރިން ބުނެފައިވަނީ މި ކެމްޕޭނަކީ ފާއިތުވި ހަފްތާތަކުގައި ރަޝިޔާ އާއި ސިރިޔާގެ އެއަރ ފޯސްއިން އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައިވާ އިދްލިބްގެ އާންމު ރައްޔިތުންނަށް ދިން ހަމަލާތައް އިތުރުވުމާ ގުޅިގެން އެކަމަށް ރައްދު ދިނުމުގެ ގޮތުންނާއި އަދި ސިރިޔާގެ އަސްކަރިއްޔާ އިން ދީފާނެ ހަމަލާއަކަށް ހުރަސް އެޅުމުގެ ގޮތުން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

ތުރުކީގެ ޖާސޫސީ އިދާރާތަކާ ގުޅުން އޮންނަ އިދިކޮޅު މަސްދަރުތަކުން ބުނެފައިވަނީ އިދިކޮޅު ހަނގުރާމަވެރިންނަށް އެހީތެރިވާ ތުރުކީ އިން މި ހަމަލާއަށް ހުއްދަ ދީފައިވާ ކަމަށެވެ.

ނަމަވެސް، ތުރުކީގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ހުކުރު ދުވަހު ބުނެފައިވަނީ ތުރުކީ އިން ބޭނުންވަނީ ސަރަޙައްދުގައި އިތުރު ހަމަނުޖެހުން ހިންގިޔަ ނުދިނުމަށް ކަމަށާއި، މި ހަމަލާތަކުން ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުންތަކަށް ބުރޫ އަރާފައިވާ ކަމަށް ދެކޭ ކަމަށެވެ.

މި ހަމަލާއަކީ 2020 ގެ މާރޗް މަހުގައި ރަޝިޔާ އާއި ތުރުކީ އިން ހަމަލާތައް ނިމުމަކަށް ގެނައުމަށް ވީ އެއްބަސްވުމުގެ ފަހުން ދިން އެންމެ ބޮޑު ހަމަލާއެވެ.

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

ސީރިޔާގެ އަލްބާބު "ފްރީ ސީރިއަން" އާމީގެ އަތްދަށަށް

24 ފެބުރުއަރީ 2017
ސީރިޔާގެ އަލްބާބު "ފްރީ ސީރިއަން" އާމީގެ އަތްދަށަށް
24 ފެބުރުއަރީ 2017

ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި

24 ފެބުރުއަރީ 2017
ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި
23 ފެބުރުއަރީ 2017

އެމެރިކާގެ އާ އިމިގްރޭޝަން ގައިޑްލަނަށް މެކްސިކޯ ދެކޮޅު ހަދައިފި

23 ފެބުރުއަރީ 2017
އެމެރިކާގެ އާ އިމިގްރޭޝަން ގައިޑްލަނަށް މެކްސިކޯ ދެކޮޅު ހަދައިފި
07 ފެބުރުއަރީ 2017

ސީރިޔާގެ ސިއްރު ޖަލެއްގައި 13،000 މީހުން މަރާލައިފައިވޭ: އެމްނެސްޓީ

07 ފެބުރުއަރީ 2017
ސީރިޔާގެ ސިއްރު ޖަލެއްގައި 13،000 މީހުން މަރާލައިފައިވޭ: އެމްނެސްޓީ
27 ޖެނުއަރީ 2017

އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ

27 ޖެނުއަރީ 2017
އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު