Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣާއްޒާ ގައި އިޒްރޭލުގެ ހަމަލާތަކުގައި މަރުވި ޑޮކްޓަރުންނާ ނަރުހުންގެ އަދަދު 1000ށް ވުރެ މައްޗަށް ހިނގައްޖެ

އިޒްރޭލު ސިފައިން ވަނީ ހޮސްޕިޓަލް ތަކަކީ އަސްކަރީ ޓާގެޓް ގެ ތެރޭގައި ހިމެނޭ ތަންތަންތަން ކަމަށް ކަނޑައަޅާފައެވެ.

ރާއްޖެ އެމްވީ | 25 ނޮވެމްބަރު 2024 | ހޯމަ 11:03
ޣައްޒާ ގައި އިޒްރޭލުގެ ހަމަލާއެއްގައި ޒަޚަމްވީ ތުއްތު ކުއްޖަކަށް ސިއްހީ އެހީތެރިން ފަރުވާދެނީ

ޣައްޒާ ގައި އިޒްރޭލުގެ ހަމަލާއެއްގައި ޒަޚަމްވީ ތުއްތު ކުއްޖަކަށް ސިއްހީ އެހީތެރިން ފަރުވާދެނީ

ނިމިދިޔަ އަހަރުން ފެށިގެން ޣައްޒާގައި އިޒްރޭލުގެ ހަމަލާތަކުގައި 1،000 ށް ވުރެ ގިނަ ޑޮކްޓަރުންނާއި ނަރުހުން މަރުވެފައިވާކަމަށް އާދީއްތަ ދުވަހު އޮފިޝަލުން ބުނެފިއެވެ.

"310ށް ވުރެ ގިނަ އެހެން މެޑިކަލް މުވައްޒަފުން ހައްޔަރުކޮށް، އަނިޔާކޮށް، ޖަލުތަކުގައި އަދަބު ދީފައިވެއެވެ،" މެޑިކަލް ވަސީލަތްތަކުން ބަޔާނެއްގައި ބުނެފައިވެއެވެ.

އަނެއް ކޮޅުން ޣައްޒާ އަށް ސިއްހީ ވަސީލަތްތަކާއި، ސިއްހީ ކަންކަމާ ބެހޭ ވަފުދު ތަކާއި، ޑޮކްޓަރުން ވަނުމަށް ވަނީ އިޒްރޭލުން ހުރަސް އަޅާފައެވެ.

އިޒްރޭލު ސިފައިން ވަނީ ހޮސްޕިޓަލް ތަކަކީ އަސްކަރީ ޓާގެޓް ގެ ތެރޭގައި ހިމެނޭ ތަންތަންތަން ކަމަށް ކަނޑައަޅާފައެވެ. އެއާއެކު އެ ތަންތަން ވަށާލާއި، ބޮން އަޅާ، ހަމަލާދީ، ވަސީލަތްތަކަށް ގެއްލުންދީ ސިއްހީ އޮފިޝަލުންނާއި ޑޮކްޓަރުންނާއި ނަރުހުންނަށް އަމާޒުކޮށް ހަމާލާދީ މަރާފައިވާ ކަމަށް ބަޔާނުގައިވެއެވެ.

އެންމެ ފަހުން މިދިޔަ ހޮނިހިރު ދުވަހު އުތުރު ޣައްޒާގައި ހުންނަ ކަމާލް އަދުވާން ހޮސްޕިޓަލާއި އެތަނުގެ ވަށައިގެންވާ ސަރަޙައްދަށް އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި އެ ހޮސްޕިޓަލުގެ ޑައިރެކްޓަރ ހުސާމް އަބޫ ސަފިއްޔާ ވަނީ ޒަޚަމްވެފައެވެ.

އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި މިހާތަނަށް 44،200 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. އޭގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި 104،500 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެއެވެ.

ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގެ ދެވަނަ އަހަރު ފެށިފައިވާއިރު، ބައިނަލް އަގްވާމީ ދުނިޔޭއިން އިޒްރޭލުގެ އަނިޔާވެރިކަން ކުށްވެރިކުރުން އިތުރުވެފައިވެއެވެ. ޣައްޒާ ރައްޔިތުންނަށް ބޭނުންވާ އެހީ އަށް ހުރަސް އަޅާ، ގަސްދުގައި ސިއްހީ ޚިދުމަތްދޭ ތަންތަނަށް ހަމަލާ ދިނުން ދުނިޔެއިން ދެކެމުން އަންނަނީ އެއީ ގަސްތުގައި ނަސްލެއް ނައްތާކުމަށް ހިންގާ ޖަރީމާ އެއްގެ ގޮތުގައެވެ.

ޣައްޒާގައި ހިންގާފައިވާ ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ޚިލާފް ކުށްތަކަށްޓަކައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އާއި ކުރީގެ ދިފާޢީ ވަޒީރު ޔޯވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރު ވަނީ ނެރެފައިވެއެވެ.

މީގެ އިތުރުން، ޣައްޒާގައި ހިންގަމުންދާ އަނިޔާވެރި ހަނގުރާމައާ ގުޅިގެން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް ގައި އިސްރާއީލާ ދެކޮޅަށް ނަސްލު ނައްތާލުމުގެ ދައުވާއެއް ވަނީ އުފުލިފައެވެ.

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ
11 ޖެނުއަރީ 2017

ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ

11 ޖެނުއަރީ 2017
ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

ޑިމޮކްރަސީ ހިމާޔަތް ކުރުމަށް އޮބާމާގެ ވަދާއީ ޚިތާބުގައި ގޮވާލައްވައިފި

11 ޖެނުއަރީ 2017
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު