Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުދުމުހުތާރު ވެރިކަން ބަދަލުކުރުން

ހުދުމުހުތާރު ވެރިކަމެއް ބަލިކޮށް، ރައްޔިތުންގެ ބާރު ގެނައުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރާނަން: ފައްޔާޒު

މި ސަރުކާރުގެ ބޭފުޅުން އަބަދުވެސް ވެރިކަން ހޯދުމަށް ޑިމޮކްރަސީ ހަމަތައް ބޭނުންކުރޭ

އަމްނާ އިމާދު
އަމްނާ އިމާދު | 21 ނޮވެމްބަރު 2024 | ބުރާސްފަތި 07:41
ބުރާސްފަތި ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވާހަކަދައްކަވަނީ

ބުރާސްފަތި ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވާހަކަދައްކަވަނީ

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ހުދުމުހުތާރުކަމުގެ ސިއްކަ ޖެހިފައިވާ ކަމަށާއި، މިފަދަ ވެރިކަމެއް ބަލިކޮށް، ރައްޔިތުންގެ ބާރު ގެނައުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

20 ނޮވެންބަރު 2024 ގައި ރައްޔިތުންގެ މަޖިލީހުން ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ކުއްލި ގޮތަކަށް ގެނައުމާއި ގުޅިގެން ބުރާސްފަތި ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ މިސަރުކާރުގެ ބޭފުޅުން އަބަދުވެސް ވެރިކަން ހޯދުމަށް ޑިމޮކްރަސީ ހަމަތައް ބޭނުންކުރާ ކަމަށެވެ. ނަމަވެސް މިއީ ވެރިކަން ލިބުމުން އެއާ ދެކޮޅަށް މަސައްކަތް ކުރާ ބޭފުޅުން ހިމެނޭ ޕާޓީއެއް ފައްޔާޒު ވިދާޅުވިއެވެ. މިޕާޓީގެ ފިކުރުގެ ބޭފުޅުން ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ވެސް ހުދުމުހުތާރުކަމާ ދިމާލަށް ގައުމު ގެންދާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ބުދަ ދުވަހު މަޖިލީހުން ކުރި މަސައްކަތްތަކަށް އިޝާރާތް ކުރައްވައި ފައްޔާޒު ވިދާޅުވީ ރައީސް މުއިއްޒު ބޭނުންވެއްޖެ ހާލަތެއްގައި ވަގުތުން ގާނޫނު އަސާސީ ވެސް އެމަނިކުފާނު ބޭނުންފުޅުވާ ގޮތަށް ބަދަލުކުރެވިގެންދާތަން ރައްޔިތުންނަށް ދައްކާފައިވާ ކަމަށާއި، މިއީ ބިރުވެރިކަމެއް ކަމަށެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ ރައްޔިތުންގެ ބާރުވެރިކަން ދެމެހެއްޓުމަށް ކުރަންޖެހޭ އެންމެހައިމަސައްކަތްތައް ކުރާނެ ކަމަށެވެ.

ފައްޔާޒު ވިދާޅުވީ ގާނޫނު އަސާސީ އާއި ވެރިކަމުގެ ނިޒާމު ބައްޓަން ކުރެވިފައިވަނީ މަޝްވަރާގެ މަތިން ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ. ވަކި މަފްހޫމެއްގެ މައްޗަށް ގާނޫނު އަސާސީ އެކުލަަވާލާފައިވާއިރު، ގާނޫނު އަސާސީއަށް ބޭނުންވާ އިސްލާހެއް ގެނެސް ބޭނުންހާ ގޮތަކަށް ގާނޫނުތައް ބައްޓަން ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒުއެމްޑީޕީގެ ޗެއާޕަރސަން، ފައްޔާޒު އިސްމާއީލް

އިތުރަށް ކިޔާލަން

13 އޮކްޓޯބަރު 2025

އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި

13 އޮކްޓޯބަރު 2025
އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި
02 އޯގަސްޓު 2025

ކުރަމުން މިދަނީ އެމްޑީޕީގެ ބްރޭންޑު ވަރުގަދަ ކުރުމުގެ މަސައްކަތް: ފައްޔާޟް

02 އޯގަސްޓު 2025
ކުރަމުން މިދަނީ އެމްޑީޕީގެ ބްރޭންޑު ވަރުގަދަ ކުރުމުގެ މަސައްކަތް: ފައްޔާޟް
28 ޖޫން 2025

ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އައު ބާޒާރުތައް ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މުއިއްޒު

28 ޖޫން 2025
ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އައު ބާޒާރުތައް ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މުއިއްޒު
20 މާރިޗު 2025

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

20 މާރިޗު 2025
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
28 ފެބުރުއަރީ 2025

ދެން ކުރަން އޮތް ކަމަކީ މިވެރިކަން ނިންމުން: ފައްޔާޒު

28 ފެބުރުއަރީ 2025
ދެން ކުރަން އޮތް ކަމަކީ މިވެރިކަން ނިންމުން: ފައްޔާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު