Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ބޭރުފައިސާ ބިލު

ސިއްރުން ޑޮލަރު ބިލު ކޮމިޓީން ފާސް ކޮށްފި

އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ހުށަހެޅުއްވި މި ބިލުގެ ބަހުސް މަރުހަލާ ކުރިއަށް ދިޔައީ އަންގާރަ ދުވަހުގެ ޖަލްސާގައެވެ. ހަމަ އެ ދުވަހު ބިލު ބަލައިގަނެ، މާލިއްޔަތު ކޮމިޓީ އަށް ފޮނުވި ބިލު ކޮމިޓީން ބުދަ ދުވަހު ވަނީ ފާސް ކޮށްފައެވެ.

ރާއްޖެ އެމްވީ | 11 ޑިސެމްބަރު 2024 | ބުދަ 19:24
ރައީސް ޑރ މުހައްމަދު މުއިއްޒު

ރައީސް ޑރ މުހައްމަދު މުއިއްޒު

ބޭރު ފައިސާއާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ސިއްރުން ފާސްކޮށްފިއެވެ.  

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލި މި ބިލު މަޖިލީހަށް ހުށަހެޅީ ހޯމަ ދުވަހު އެވެ.

Advertisement - businessAdvertisement

އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ހުށަހެޅުއްވި މި ބިލުގެ ބަހުސް މަރުހަލާ ކުރިއަށް ދިޔައީ އަންގާރަ ދުވަހުގެ ޖަލްސާގައެވެ.

އަންގާރަ ދުވަހު ބިލު ބަލައިގަނެ، މާލިއްޔަތު ކޮމިޓީ އަށް ފޮނުވި ބިލު ކޮމިޓީން ބުދަ ދުވަހު ވަނީ ފާސް ކޮށްފައެވެ.

ރާއްޖޭގެ އިގްތިސާދުގެ އެންމެ މުހިންމު ސިނާއަތުގެ ގޮތުގައި އޮތް ފަތުރުވެރި ކަމަށް ބޮޑެތި އަސަރު ކުރާނެ ކަމަށް ބެލޭ މި ބިލުގެ މަސައްކަތް ކޮމިޓީގައި ކުރިއަށް ގެންދިޔައީ ސިއްރުންންވެ.

ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ ކޮމިޓީގެ މަސައްކަތާ ބެހޭ މައުލޫމާތު ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރްޒޫޤު ވަނީ ސަރުކާރުގެ މީޑިއާ ޕީއެސްއެމް އާ ހިއްސާ ކޮށްފައި ކަމަށް ޕީއެސްއެމް އިން ވަނީ ހާމަ ކޮށްފައެވެ.

ޚިޔާލު ތަފާތުވުން ބޮޑު މި ބިލުގައިވާ ގޮތުން ރާއްޖޭގެ ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން، ނުވަތަ އެ މަހެއްގެ ތެރޭގައި އެ ފަރާތަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 އިން ސައްތަ ބޭންކިން ނިޒާމުގެތެރެއިން މާރުކުރަންޖެހޭނެއެވެ. އަދި ރާއްޖޭގައި ހިންގާ ގެސްޓު ހައުސްތަކާއި، ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ އުޅަނދުތަކާއި އެނޫންވެސް ތަންތަނަށް އަންނަ ފަތުރުވެރިއަކަށް 25 ޑޮލަރު ނުވަތަ އެތަނަކަށް މީލާދީ މަހެއްގައި ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 އިންސައްތަ މާރުކުރަންޖެހޭނެއެވެ.

ސަރުކާރުގެ މީޑިއާ ޕީއެސްއެމް އިން ހިތަދޫ މެދު ދާއިރާގެ މެންބަރު އާ ހަވާލާދީ ބުނެފައިވަނީ ކޮމިޓީން ވަނީ ބިލަށް ދެ ބަދަލު ގެނެސްފައި ކަމަށާއި، އެއީ ޑޮލަރު މާރުކުރުމުން އިސްތިސްނާވާ އުމުރު 10 އަހަރުން 12 އަހަރަށް މަތިކުރުމާއި ރިސޯޓަކަށް މާލީ ދައްޗެއްވާނަމަ ރިސޯޓަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 ޕަސެންޓަށްވުރެ މަދުން މާރުކުރަން އިޚުތިޔާރު ދިނުން ކަމަށެވެ. އަދި އެ ލުއި ދެވޭނީ އެކަން އެމްއެމްއޭއިން ކޭސް ރިވިއުކުރުމަށްފަހުގައި ކަމުގައެވެ.

ބޭރު ފައިސާ އާ ބެހޭ ގަވައިދު އެމްއެމްއޭ އިން ފުރަތަމަ އިއުލާނު ކުރިއިރު އޭގައިވަނީ އެއްވެސް އިސްތިސްނާ އެއް ނެތި ކޮންމެ ރިސޯޓަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު މާރު ކުރަން ޖެހޭ ގޮތަށެވެ. އެކަމާ ގުޅިގެން އިންޑަސްޓްރީގެ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅު ކުރަން ފެށުމާއެކު ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ، ގަވައިދު ބަދަލު ނުކުރައްވާނެ ކަމަށާއި، ގަވައިދަށް ޖެހޭނީ އަމަލު ކުރަން ކަމުގައެވެ.

ސަރުކާރުން ހުށަހެޅި ބޭރު ފައިސާ އާ ބެހޭ ބިލުގެ މަސައްކަތް ވަރަށް އަވަސް އަރުވާލައިގެން ސަރުކާރުގެ ކޮންޓްރޯލުގެ ދަށުން ހިނގަމުން އަންނަ ރައްޔިތުންގެ މަޖިލީހުން ކުރަމުން ދާއިރު، ފުޅާ ދާއިރާ އެއްގައި ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތުވެސް ދީފައި ނުވާކަން ފާހަގަ ކުރެވެއެވެ. އަދި ކޮމިޓީ އަށް މަޓީގެ މަންދޫބުން ހާޒިރު ކުރި ނަމަވެސް މަޓީގެ ހުށަހެޅުންތަކަކަށް މާބޮޑު ފަރުވާލެއް ކޮމިޓީން ދީފައި ނުވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ބޭރު ފައިސާއާ ބެހޭ ގަވައިދުމޯލްޑިވްސް މަނިޓަރީ އޮތޯރިޓީމާލިއްޔަތު ކޮމިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ބަޖެޓުން މުސާރަދޭ މީހުންގެ އަދަދު 54،000ށް އަރަނީ، އަންނަ އަހަރު 7،000 ވަޒީފާ އިތުރުވާނެ، ބަޖެޓުގެ 30 އިންސައްތަ ހޭދަ ވާނީ މުސާރަ ދޭން

ބަޖެޓުން މުސާރަދޭ މީހުންގެ އަދަދު 54،000ށް އަރަނީ، އަންނަ އަހަރު 7،000 ވަޒީފާ އިތުރުވާނެ، ބަޖެޓުގެ 30 އިންސައްތަ ހޭދަ ވާނީ މުސާރަ ދޭން

16 ނޮވެމްބަރު 2025
ފައިސާ ޗާޕުކޮށް، ބިލިއަނުން ސަރުކާރަށް ފައިސާ ހޯދުމަށް އަލަށް މި ފަށަނީ ޣައިރު ޤާނޫނީ، ނުރައްކާތެރި ކަމެއް: އެމްޑީޕީ

ފައިސާ ޗާޕުކޮށް، ބިލިއަނުން ސަރުކާރަށް ފައިސާ ހޯދުމަށް އަލަށް މި ފަށަނީ ޣައިރު ޤާނޫނީ، ނުރައްކާތެރި ކަމެއް: އެމްޑީޕީ

20 އޮކްޓޯބަރު 2025
ޑީބީއެމްގެ މަސައްކަތް ފަށަން ޖެހޭ ތާރީހު ފަހަނައަޅައިފި، މަސައްކަތް ފެށޭނެ ދުވަހެއް ވަޒީރު ސާފުކޮށެއް ނުދެއްވާ!

ޑީބީއެމްގެ މަސައްކަތް ފަށަން ޖެހޭ ތާރީހު ފަހަނައަޅައިފި، މަސައްކަތް ފެށޭނެ ދުވަހެއް ވަޒީރު ސާފުކޮށެއް ނުދެއްވާ!

14 އޮކްޓޯބަރު 2025
ގައުމު މިދަނީ ފާލުން ނެއްޓެން: ޝެއިޚް ޒައިދު

ގައުމު މިދަނީ ފާލުން ނެއްޓެން: ޝެއިޚް ޒައިދު

05 ސެޕްޓެމްބަރު 2025
މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ބަދަލުވެއްޖެ

މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ބަދަލުވެއްޖެ

21 އޯގަސްޓު 2025

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު