Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޑޮލަރު މާރުކުރުން

ޑޮލަރު މާރުކުރަން ލާޒިމު ކުރާ ބިލު މަޖިލީހުން ފާސްކޮށްފި

ޚިޔާލު ތަފާތުވުން ބޮޑު މި ބިލުގައިވާ ގޮތުން ރާއްޖޭގެ ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން، ނުވަތަ އެ މަހެއްގެ ތެރޭގައި އެ ފަރާތަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 އިން ސައްތަ ބޭންކިން ނިޒާމުގެތެރެއިން މާރުކުރަންޖެހޭނެއެވެ.

ރާއްޖެ އެމްވީ | 12 ޑިސެމްބަރު 2024 | ބުރާސްފަތި 11:07
ކުޑަހުރާ ކައިރީގައި އެއަރ ޓެކްސީގެ ބޯޓެއް

ކުޑަހުރާ ކައިރީގައި އެއަރ ޓެކްސީގެ ބޯޓެއް

ޓޫރިސްޓް ފެސިލިޓީތަކުން ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ބުރާސްފަތި ދުވަހު ފާސްކޮށްފިއެވެ.

ބިލު ފާސްކުރަން ފެންނަ ކަމަށް 46 މެމްބަރުން ވޯޓު ދީފައިވެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލި މި ބިލު މަޖިލީހަށް ހުށަހެޅީ ހޯމަ ދުވަހު އެވެ.

އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ހުށަހެޅުއްވި މި ބިލުގެ ބަހުސް މަރުހަލާ ކުރިއަށް ދިޔައީ އަންގާރަ ދުވަހުގެ ޖަލްސާގައެވެ.

އަންގާރަ ދުވަހު ބިލު ބަލައިގަނެ، މާލިއްޔަތު ކޮމިޓީ އަށް ފޮނުވި ބިލު ކޮމިޓީން ބުދަ ދުވަހު ވަނީ ފާސް ކޮށްފައެވެ.

ރާއްޖޭގެ އިގްތިސާދުގެ އެންމެ މުހިންމު ސިނާއަތުގެ ގޮތުގައި އޮތް ފަތުރުވެރި ކަމަށް ބޮޑެތި އަސަރު ކުރާނެ ކަމަށް ބެލޭ މި ބިލުގެ މަސައްކަތް ކޮމިޓީގައި ކުރިއަށް ގެންދިޔައީ ސިއްރުންންވެ.

ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ ކޮމިޓީގެ މަސައްކަތާ ބެހޭ މައުލޫމާތު ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރްޒޫޤު ވަނީ ސަރުކާރުގެ މީޑިއާ ޕީއެސްއެމް އާ ހިއްސާ ކޮށްފައި ކަމަށް ޕީއެސްއެމް އިން ވަނީ ހާމަ ކޮށްފައެވެ.

ޚިޔާލު ތަފާތުވުން ބޮޑު މި ބިލުގައިވާ ގޮތުން ރާއްޖޭގެ ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން، ނުވަތަ އެ މަހެއްގެ ތެރޭގައި އެ ފަރާތަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 އިން ސައްތަ ބޭންކިން ނިޒާމުގެތެރެއިން މާރުކުރަންޖެހޭނެއެވެ. އަދި ރާއްޖޭގައި ހިންގާ ގެސްޓު ހައުސްތަކާއި، ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ އުޅަނދުތަކާއި އެނޫންވެސް ތަންތަނަށް އަންނަ ފަތުރުވެރިއަކަށް 25 ޑޮލަރު ނުވަތަ އެތަނަކަށް މީލާދީ މަހެއްގައި ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 އިންސައްތަ މާރުކުރަންޖެހޭނެއެވެ.

ސަރުކާރުގެ މީޑިއާ ޕީއެސްއެމް އިން ހިތަދޫ މެދު ދާއިރާގެ މެންބަރު އާ ހަވާލާދީ ބުނެފައިވަނީ މާލިއްޔަތު ކޮމިޓީން ވަނީ ބިލަށް ދެ ބަދަލު ގެނެސްފައި ކަމަށާއި، އެއީ ޑޮލަރު މާރުކުރުމުން އިސްތިސްނާވާ އުމުރު 10 އަހަރުން 12 އަހަރަށް މަތިކުރުމާއި ރިސޯޓަކަށް މާލީ ދައްޗެއްވާނަމަ ރިސޯޓަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 ޕަސެންޓަށްވުރެ މަދުން މާރުކުރަން އިޚުތިޔާރު ދިނުން ކަމަށެވެ. އަދި އެ ލުއި ދެވޭނީ އެކަން އެމްއެމްއޭއިން ކޭސް ރިވިއުކުރުމަށްފަހުގައި ކަމުގައެވެ.

ބޭރު ފައިސާ އާ ބެހޭ ގަވައިދު އެމްއެމްއޭ އިން ފުރަތަމަ އިއުލާނު ކުރިއިރު އޭގައިވަނީ އެއްވެސް އިސްތިސްނާ އެއް ނެތި ކޮންމެ ރިސޯޓަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު މާރު ކުރަން ޖެހޭ ގޮތަށެވެ. އެކަމާ ގުޅިގެން އިންޑަސްޓްރީގެ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅު ކުރަން ފެށުމާއެކު ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ، ގަވައިދު ބަދަލު ނުކުރައްވާނެ ކަމަށާއި، ގަވައިދަށް ޖެހޭނީ އަމަލު ކުރަން ކަމުގައެވެ.

ސަރުކާރުން ހުށަހެޅި ބޭރު ފައިސާ އާ ބެހޭ ބިލު ވަރަށް އަވަސް އަރުވާލައިގެން ސަރުކާރުގެ ކޮންޓްރޯލުގެ ދަށުން ހިނގަމުން އަންނަ ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކުރަމުން ދާއިރު، ފުޅާ ދާއިރާ އެއްގައި ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތުވެސް ދީފައި ނުވާކަން ފާހަގަ ކުރެވެއެވެ.

ބޭރު ފައިސާއާ ބެހޭ ގަވައިދު

ކޮމެންޓް

އިތުރަށް ކިޔާލަން

ބޭރު ފައިސާ އާ ބެހޭ ބިލު ތަސްދީގު ކުރައްވައިފި

ބޭރު ފައިސާ އާ ބެހޭ ބިލު ތަސްދީގު ކުރައްވައިފި

14 ޑިސެމްބަރު 2024
ޑޮލަރު މާރު ކުރަން މަޖުބޫރު ކުރުމާއެކު ގާނޫނީ ބޮޑެތި ގޮންޖެހުންތަކެއްގެ ވިލާގަނޑެއް ބޯމަތިވަނީ

ޑޮލަރު މާރު ކުރަން މަޖުބޫރު ކުރުމާއެކު ގާނޫނީ ބޮޑެތި ގޮންޖެހުންތަކެއްގެ ވިލާގަނޑެއް ބޯމަތިވަނީ

13 ޑިސެމްބަރު 2024
ސިއްރުން ޑޮލަރު ބިލު ކޮމިޓީން ފާސް ކޮށްފި

ސިއްރުން ޑޮލަރު ބިލު ކޮމިޓީން ފާސް ކޮށްފި

11 ޑިސެމްބަރު 2024
ރިސޯޓުތަކުގެ މުވައްޒަފުންނަށް ދިވެހި ރުފިޔާއިން މުސާރަ ދޭން ރައީސް މުއިއްޒު މަޖުބޫރު ކުރުވާ ދުވަހު ވެރިކަން ވައްޓާލާނަން: މައުރޫފް

ރިސޯޓުތަކުގެ މުވައްޒަފުންނަށް ދިވެހި ރުފިޔާއިން މުސާރަ ދޭން ރައީސް މުއިއްޒު މަޖުބޫރު ކުރުވާ ދުވަހު ވެރިކަން ވައްޓާލާނަން: މައުރޫފް

11 ޑިސެމްބަރު 2024
ބަދަލު ނުކުރާނެ ކަމަށް ވިދާޅުވި އުސޫލު ބަދަލުކޮށް، ބޭރު ފައިސާ މާރުކުރުމާ ބެހޭ ބިލު މަޖިލީހަށް ހުށަހަޅައިފި

ބަދަލު ނުކުރާނެ ކަމަށް ވިދާޅުވި އުސޫލު ބަދަލުކޮށް، ބޭރު ފައިސާ މާރުކުރުމާ ބެހޭ ބިލު މަޖިލީހަށް ހުށަހަޅައިފި

09 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު