Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފްލެޓު ލިސްޓް

ފްލެޓު ލިބުނު މީހުންގެ ވަގުތީ ލިސްޓު އާންމު ކުރުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި

ފޯމް ބެލުމުގައި ކަށަވަރުކުރަންޖެހޭ ގިނަ ކަންކަން ހުރުމާ ގުޅިގެން މި މަސައްކަތްތައް ނިންމުމަށް އިތުރު މުއްދަތު ބޭނުންވާ ކަމަށް ބުނޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 16 ނޮވެމްބަރު 2024 | ހޮނިހިރު 10:21
ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރު ވާހަކަދައްކަވަނީ

ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރު ވާހަކަދައްކަވަނީ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ކުރީ ސަރުކާރުން ފްލެޓު ދިން މީހުންގެ ލިސްޓު އާންމު ކުރުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފިއެވެ.

ހޮނިހިރު ދުވަހު މިނިސްޓްރީ އޮފް ހައުސިންގ ލޭންޑް އެންޑް އާބަން ޑިވަލޮޕްމަންޓުން ނެރުނު ބަޔާނެއްގައި ބުނީ މާލެ ސަރަހައްދުން ފްލެޓު ދޫކުރުމަށް 26 ޖޫން 2022 ގައި ފަށާފައިވާ ގެދޮރުވެރިޔާ ސްކީމްގެ ދަށުން 15 ނޮވެންބަރު 2023 ގައި އިއުލާނުކުރި ފްލެޓު ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އެކުލަވައިލުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރި ކަމަށް ތުހުމަތުކޮށް އާއްމު ފަރާތްތަކަކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މި މައްސަލައާއި ގުޅިގެން އެކޮމިޝަނުން މިނިސްޓްރީއަށް އަންގާފައިވާ ކަންކަން ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން އެކުލަވާލެވުނު ހައުސިންގ އެޑްވައިޒަރީ ކޮމިޓީއާއި ހައުސިންގ ކޮންސަލްޓޭޓިވް ކޮމިޓީގެ ލަފާގެ މަތިން އެ ސްކީމްގެ ދަށުން ހުށަހަޅާފައިވާ ހުރިހާ އެޕްލިކޭޝަން ފޯމުތަކެއް މުރާޖާކުރުމުގެ (ރީ-އިވެލުއޭޝަންގެ) އެންމެހައި މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

ކުރިން އާއްމު ކުރެވިފައިވާ ''ގޮދުވެރިޔާ'' ސްކީމުގެ އުސޫލުގެ ދަށުން ހުށަހަޅާފައިވާ 20،697 އެޕްލިކޭޝަން ފޯމް ބެލުމުގައި ކަށަވަރުކުރަންޖެހޭ ގިނަ ކަންކަން ހުރުމާ ގުޅިގެން މި މަސައްކަތްތައް ނިންމުމަށް އިތުރު މުއްދަތު ބޭނުންވާކަން ފާހަގަކޮށް ހައުސިން މިނިސްޓްރީން ބުނީ މި ސްކީމުގެ ވަގުތީ ލިސްޓާއި ރީ-އިވެލުއޭޝަން އާ ގުޅިގެން ކުރިއަށް ގެންދެވުނު މަސައްކަތްތަކުގެ ތަފްސީލުތައް މިމަސައްކަތްތައް ނިމުނުހާ އަވަހަށް އާންމު ކުރާނެ ކަމަށެވެ.

މިނިސްޓްރީން ބުނީ މި މަސައްކަތްތަކަށް އިތުރު މުއްދަތު ދިޔަކަމުގައި ވިޔަސް ސަރުކާރުގެ މަގުސަދަކީ މި ސްކީމުން ފްލެޓު ހޯދުމަށް ހުށަހަޅާފައިވާ އެއްވެސް ފަރާތެއްގެ ހައްގެއް ގެއްލިގެން ނުދާނެކަން ކަށަވަރުކުރުން ކަމަށެވެ. އަދި މި ސްކީމުގެ ދަށުން ތަރައްގީ ކުރާ ފްލެޓުތައް ދޫކުރެވޭނީ ހައްގުވެރިންނަށް ކަން ޔަގީން ކުރާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ފުލެޓު ލިސްޓު ހާމަކުރުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައި ވާއިރު، ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރު ފުރަތަމަ ވިދާޅުވީ އޮކްޓޫބަރު މަސް ނިމުމުގެ ކުރިން ލިސްޓު އިއުލާން ކުރާނެ ކަމަށެވެ. ނަމަވެސް އެމަހުގެ 28 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި މިނިސްޓްރީން ބުނެފައިވަނީ އިތުރު ވަގުތު ބޭނުންވާ ކަމަށެވެ. އޭގެފަހުން 7 ނޮވެންބަރު 2024ވީ ބުރާސްފަތި ދުވަހު މިނިސްޓަރު ހައިދަރު ވިދާޅުވީ ނޮވެންބަރު މަހުގެ ދެ ވަނަ ހަފްތާ ނިމުމުގެ ކުރިން ފްލެޓުގެ ވަގުތީ ލިސްޓު ހާމަކުރާނެ ކަމަށެވެ.

މިދިޔަ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން 4,000 ފްލެޓް ލިބޭ ފަރާތްތައް ގެޒެޓްކޮށް، އޭގެ ތެރެއިން 3,778 ފަރާތާއެކު އެގްރީމެންޓް ވެސް ވަނީ ހަދާފައެވެ.

ފްލެޓް ދޫކުރުމުގެ މައްސަލައާ ގުޅޭގޮތުން އަދިވެސް ވާނުވާ ނޭނގޭ ކަމަށް ފްލެޓް ލިސްޓުގައި ހިމެނޭ ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވާއިރު، ސަރުކާރުން ދައްކާ ވާހަކަތަކުގެ ރާގު އެކި ފަހަރު ބަދަލުވަމުންދާތީ އެކަމުގެ ކަންބޮޑުވުން އެތައް ފަހަރެއްގެ މަތިން ފާޅުކޮށް، ސިލްސިލާކޮށް މުޒާހަރާވެސް ދަނީ ކުރަމުންނެވެ.

ރައީސް މުއިއްޒު ރިޔާސީ އިންތިޚާބުގައި، ސަރުކާރުގެ ތައްގަނަޑު ޖެހި ލިޔުމެއް އޮވެއްޖެ ނަމަ، ފްލެޓާއި ގޯތި ލިބުނު ފަރާތްތަކަށް ވެރިކަން ލިބިވަޑައިގެންފި ނަމަ އެތަންތަންތަން ހަވާލު ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. ގިނަ ބަޔަކު ބުނަމުން ދަނީ މުއިއްޒުގެ ސަރުކާރުން ފްޕެޓާއި ގޯތީގެ މައްސަލައިގައި އަމަލު ކުރަމުން ދަނީ ވައުދާ އެއް ގޮތަށް ނޫން ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

05 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު