Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

އިޒްރޭލު ސިފައިން ޣައްޒާގައި ދިގު މުއްދަތަކަށް ތިބެން ތައްޔާރުވަމުން ދާ ކަމަށް އިޒްރޭލުގެ ނޫހަކުން ބުނެފި

އިޒްރޭލުގެ ސިފައިން ޣައްޒާގައި މަދުވެގެން 2025 ގެ ނިޔަލަށް ގާއިމުވެ ތިބުމަށް ރާވާފައިވާތީ، ހިޞާރުކޮށްފައިވާ ފަލަސްތީނު ސަރަޙައްދުގައި އިންފްރާސްޓްރަކްޗަރާއި ބޮޑެތި ވަސީލަތްތައް އިޒްރޭލުން ޤާއިމުކުރަމުންދާ ކަމަށް ރިޕޯޓެއްގައި ބުނެފައިވެއެވެ.

ރާއްޖެ އެމްވީ | 14 ނޮވެމްބަރު 2024 | ބުރާސްފަތި 08:27
އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާގެ އުތުރުގެ ބައިތު ލަހިޔާގައި ޝަހީދުވި މީހުންގެ މައްޗަށް ފަލަސްތީނުގެ މުސްލިމުން ކަށުނަމާދު ކުރަނީ (ފައިލް)

އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާގެ އުތުރުގެ ބައިތު ލަހިޔާގައި ޝަހީދުވި މީހުންގެ މައްޗަށް ފަލަސްތީނުގެ މުސްލިމުން ކަށުނަމާދު ކުރަނީ (ފައިލް)

އިޒްރޭލު ސިފައިން ޣައްޒާގައި ދިގު މުއްދަތަކަށް ތިބެން ތައްޔާރުވަމުން ދާ ކަމަށް އިޒްރޭލުގެ ނޫހަކުން ބުނެފި އެވެ.

"މިހާރު އެތަނުގެ ޙާލަތު ހުރިގޮތުން، އިޒްރޭލު ސިފައިން 2026 ގެ ކުރިން ޣައްޒާއިން ފައިބާނެ ކަމަކަށް ނުފެނެއެވެ،" އިޒްރޭލުގެ ނޫސް ހާރެޓްޒް އަށް މައުލޫމާތު ދެމުން ޣައްޒާ އަށް އަރައިގަނެގެން އުޅޭ އިޒްރޭލު ސިފައިންގެ ފައުޖުގައި ހިމެނޭ މީހަކު ބުދަ ދުވަހު ބުނެފައިވެއެވެ.

ފަލަސްތީނު ސަރަޙައްދުގައި އިޒްރޭލުން އިމާރާތްތަކާއި، ފުޅާ މަގުތަކާއި، ފެނާއި، ނަރުދަމާއާއި ކަރަންޓުގެ ވިއުގަތައް ޤާއިމުކުރަމުންދާ ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެއެވެ.

"މަސައްކަތް ކުރިއަށްދަނީ ވަރަށް ބާރަށެވެ. މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ވިރާނާވެފައިވާ ސަރަހައްދެއް މިހާރު ވަނީ ހަރަކާތްތެރި ކޮންސްޓްރަކްޝަން ސައިޓަކަށް ބަދަލުވެފައެވެ. ފުޅާ މަގުތައް ހަދަމުން ދާއިރު، މޯބައިލް އެންޓެނާތައް ބެހެއްޓެމުންދެއެވެ. ފެނާއި، ނަރުދަމާއާއި ކަރަންޓުގެ ވިއުގަތައް ޤާއިމުކުރެވެމުންދާއިރު، އިމާރާތްތައްވެސް ކުރެވެމުންދެއެވެ. އޭގެ ތެރެއިން ބައެއް އިމާރާތްތަކަކީ ޕޯޓަބަލް އިމާރާތްތަކެވެ. އަނެއްބައި އިމާރާތްތަކަކީ އެނޫން ބާވަތްތަކުގެ އިމާރާތްތަކެވެ،" ހާރެޓްޒްގައި ބުނެފައިވެއެވެ.

"ތަރައްޤީގެ މަސައްކަތް ދަނީ ފުރިހަމަ ބާރުމިނުގައެވެ. އަދި އެކަމުގެ މަޤްޞަދު - އެކަމާ ބެހޭގޮތުން ހާމަކަމާ އެކު ވާހަކަ ދެކެވުނަސް، ނުދެކެވުނަސް - ވަރަށް ސާފެވެ: އެއީ ސިފައިން އެތަނުގައި ދިގު މުއްދަތަކަށް ތިބުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމެވެ." އެ ނޫހުގައި ވެއެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ސިފައިން މަސައްކަތް ކުރަމުން ދަނީ ފަލަސްތީނުގެ އެ ސަރަޙައްދުގެ އެކި ހިސާބުތަކުގައި މަދުވެގެން ހަތަރު ސަރަޙައްދެއް އެމީހުންގެ ބާރުގެ ދަށުގައި ބޭއްވުމަށެވެ. ޚާއްޞަކޮށް "ނެޓްޒަރިމް ކޮރިޑޯ" ގައެވެ.

އިރުމަތިން ހުޅަނގަށް ދެމިގެންދާ ނެޓްޒަރިމް ކޮރިޑޯ ގާއިމުކުރީ އިޒްރޭލު ސިފައިންނެވެ. ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގެ ފުރަތަމަ ދުވަސްކޮޅު އުފެއްދި މި ކޮރިޑޯގެ ބޭނުމަކީ ޣައްޒާ ދެބަޔަކަށް ބައިކޮށް، ހަނގުރާމައިން ރައްކާތެރިކަން ހޯދަން ދިޔަ ފަލަސްޠީނުގެ ރައްޔިތުންނަށް ޣައްޒާގެ އުތުރު ސަރަޙައްދަށް އަނބުރާ އައުމަށް ހުރަސް އެޅުމެވެ.

މިއަހަރުގެ ކުރީކޮޅު ހާރެޓްޒް ނޫހުން ރިޕޯޓުކުރި ގޮތުގައި "މުއްދަތެއް ނެތް" ގޮތަށް އިޒްރޭލު ސިފައިން ޣައްޒާގައި ދެމި ތިބުމަކީ ގާނޫނާ ޚިލާފަށް ޔަހޫދީން ފަލަސްތީނު ބިމުގައި އާބާދު ވުމަށް މަގުފަހިކުރުމެވެ.

އިޒްރޭލުން ޣައްޒާގައި ހަނގުރާމަ ފެށީ 7 އޮކްޓޯބަރ 2023 ގައެވެ.

އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން މިހާތަނަށް 43،600 ށް ވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުން ޝަހީދުވެފައިވެއެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި 103،000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ. މީގެ އިތުރުން އެތައް ހާސް މީހުން ވަނީ ގެއްލިފައެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
10 ފެބުރުއަރީ 2017

ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ

10 ފެބުރުއަރީ 2017
ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
07 ފެބުރުއަރީ 2017

ހުއްޓުމެއް ނެތި ކުރާ އެންމެ ދިގު ދަތުރުގެ ރެކޯޑް ގަތަރު އެއާވޭސްއަށް

07 ފެބުރުއަރީ 2017
ހުއްޓުމެއް ނެތި ކުރާ އެންމެ ދިގު ދަތުރުގެ ރެކޯޑް ގަތަރު އެއާވޭސްއަށް
01 ފެބުރުއަރީ 2017

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު