Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

އދ ގެ އެހީގެ ގާފިލާއަކަށް ހުއްދަ ދިނުމާއެކު، ވަގުތީ ހިޔާތަކަށް އިޒްރޭލުން ހަމަލާދީފި

ފާއިތުވި 24 ގަޑީއިރުގެ ތެރޭގައި އިޒްރޭލު ސިފައިންގެ ހަމަލާތަކުގައި ޣައްޒާގައި 64 މީހުން އަދި ލުބުނާނުގައި އިތުރު 28 މީހުން މަރާލާފައިވެއެވެ.

ރާއްޖެ އެމްވީ | 13 ނޮވެމްބަރު 2024 | ބުދަ 11:30
ދީރުލް ބަލާހް ގެ ވަގުތީ ހިޔަލަށް އިޒްރޭލުން ބޮން އަޅާ ގެއްލުން ދީފައި

ދީރުލް ބަލާހް ގެ ވަގުތީ ހިޔަލަށް އިޒްރޭލުން ބޮން އަޅާ ގެއްލުން ދީފައި

އުތުރު ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އދ. އެހީގެ ގާފިލާއަކަށް ހުއްދަ ދިނުމާއެކު، ފަލަސްތީނުގެ ރައްޔިތުންގެ ވަގުތީ ހިޔާތަކަށް އިޒްރޭލުން ހަމަލާދީފިއެވެ.

އދ އިން ބުނެފައިވަނީ މި މަހު އިޒްރޭލުން ހިޞާރުކޮށްފައިވާ އުތުރު ޣައްޒާއަށް ވަނުމަށް ހުއްދަދީފައިވަނީ އެންމެ އެހީގެ މިޝަނަކަށް ކަމަށާއި، އަދި އެކަމަށް ހުއްދަ ދިނުމަށްފަހު ކުޑައިރުކޮޅެއްގެ ތެރޭގައި އެ ތަކެތި ބެހި ވަގުތީ ހިޔާވަހިތަކަށް އިޒްރޭލުން ހަމަލާދީފައިވާ ކަމަށެވެ.

އދ ގެ އެހީގެ ވެރިޔާ ވިދާޅުވެފައިވަނީ "ދުނިޔެއަށް ޣައްޒާ އިން ފެންނަމުންދަނީ އެންމެ ނުރައްކާތެރި ބައިނަލްއަޤްވާމީ ޖަރީމާތަކާ އެއްފަދަ ޢަމަލުތަކެއް" ކަމަށެވެ. އުތުރު ޣައްޒާ އަށް ކާނާ އާއި ބޭސްފަރުވާ ފޯރުކޮށްދިނުމަށް ހުރަސް އެޅުމަށްފަހު އިޒްރޭލުން ބުނެފައިވަނީ ޣައްޒާގައި ބަނޑަހައިހޫނުކަން ފެތުރިދާނެ ކަމަށް ބުނެ ދޭ އިންޒާރުތަކަކީ "ބަދުނާމުކުރުމުގެ ވާހަކަތަކެއް" ކަމަށެވެ.

ޣައްޒާއަށް އެހީ ފޯރުކޮށް ދިނުމަށް ހުރަސް އަޅާނަމަ، އިޒްރޭލަށް ދޭ އެހީ ހުއްޓާލުމަށް ދީފައިވާ 30 ދުވަހުގެ މުއްދަތު ހަމަވުމަމާއެކު، އެމެރިކާ އިން ބުނީ އިޒްރޭލަށް އެމެރިކާއިން އެހީތެރިކަން ދެމުންގެންދާނެ ކަމަށެވެ. އަނެއްކޮޅުން އެމެރިކާ އިން ދިން 30 ދުވަހުގެ މުއްދަތުގެ ތެރޭގައި ކަމެއް ރަނގަޅު ކުރުމުގެ ބަދަލުގައި، އެހީދޭ ޖަމާޢަތްތަކުން ބުނެފައިވަނީ މި މުއްދަތުގެ ތެރޭގައި އިޒްރޭލުން ޣައްޒާގެ ހާލަތު އިތުރަށް ގޯސްކޮށްފައިވާ ކަމަށެވެ.

ފާއިތުވި 24 ގަޑީއިރުގެ ތެރޭގައި އިޒްރޭލު ސިފައިންގެ ހަމަލާތަކުގައި ޣައްޒާގައި 64 މީހުން އަދި ލުބުނާނުގައި އިތުރު 28 މީހުން މަރާލާފައިވެއެވެ.

ޣައްޒާ އަށާއި ލުބުނާނަށް ހުއްޓުމެއް ނެތި އިޒްރޭލުން ބޮން އަޅަމުން ގެންދާއިރު، 7 އޮކްޓޯބަރ 2023 އިން ފެށިގެން މަދުވެގެން 43،665 ފަލަސްތީނު މީހުން މަރުވެ، 103،076 މީހުން ޒަޚަމްވެފައިވެއެވެ.

ލުބުނާނުގައި، އިޒްރޭލުގެ ހަމަލާތަކުގައި މަދުވެގެން 3،287 މީހުން މަރުވެފައިވާއިރު 14،222 މީހުން ޒަޚަމްވެފައިވެއެވެ.

އިތުރަށް ކިޔާލަން

03 ސެޕްޓެމްބަރު 2017

ތޫފާން ހާވީ:އެހީގެ ކަންކަން ގެންދާ ގޮތަށް ރައީސް ޓްރަމްޕް ތައުރީފް ކުރައްވައިފި

03 ސެޕްޓެމްބަރު 2017
ތޫފާން ހާވީ:އެހީގެ ކަންކަން ގެންދާ ގޮތަށް ރައީސް ޓްރަމްޕް ތައުރީފް ކުރައްވައިފި
29 އޯގަސްޓު 2017

ތޫފާން ހާވީ:ޓެކްސަސްގެ ވަގުތީ ހިޔާތަކުގައި އެ ސްޓޭޓުގެ 30،000 ރައްޔިތުން ބައިތިއްބަން ޖެހޭނެ

29 އޯގަސްޓު 2017
ތޫފާން ހާވީ:ޓެކްސަސްގެ ވަގުތީ ހިޔާތަކުގައި އެ ސްޓޭޓުގެ 30،000 ރައްޔިތުން ބައިތިއްބަން ޖެހޭނެ
01 އޯގަސްޓު 2017

ޕާކިސްތާނުގެ ވަގުތީ ބޮޑުވަޒީރަކަށް އައްބާސީ އިންތިހާބުކޮށްފި

01 އޯގަސްޓު 2017
ޕާކިސްތާނުގެ ވަގުތީ ބޮޑުވަޒީރަކަށް އައްބާސީ އިންތިހާބުކޮށްފި
31 ޖުލައި 2017

ޕާކިސްތާނުގެ ވަގުތީ ބޮޑުވަޒީރު އިންތިޚާބުކުރުން އަންގާރަ ދުވަހަށް!

31 ޖުލައި 2017
ޕާކިސްތާނުގެ ވަގުތީ ބޮޑުވަޒީރު އިންތިޚާބުކުރުން އަންގާރަ ދުވަހަށް!
07 ޖޫން 2017

ފިލިޕީންސްގެ މަސައްކަތްތެރިން ގަތަރަށް ދަތުރު ކުރުން ވަގުތީ ގޮތުން މަނާކޮށްފި

07 ޖޫން 2017
ފިލިޕީންސްގެ މަސައްކަތްތެރިން ގަތަރަށް ދަތުރު ކުރުން ވަގުތީ ގޮތުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު