Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާރަށަށް ކުރާ ހަރަދު

ރައީސްގެ ދެކަނބަލުން އާރަށަށް ކުރައްވާ ދަތުރުފުޅުތަކަށް ހަފްތާއަކު 7 ލައްކަވުރެ ގިނަ ފައިސާ ހަރަދު ކުރާ މައްސަލަ ސަރުކާރުން ދޮގެއް ނުކުރި

ރައީސް މުއިއްޒުގެ ވެރިކަމުގައި އާރަށުގައި 24 ގަޑީއިރު ސިފައިންގެ ޚާއްސަ ޔުނިޓްތަކުން ޑިއުޓީ ކުރާ ގޮތަށް ހަމަޖައްސަައި، ސެކިއުރިޓީ ވެސް ވަނީ ވަރުގަދަކޮށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 31 އޮކްޓޯބަރު 2024 | ބުރާސްފަތި 14:28
ރައީސް ޑރ މުއިއްޒު އަނބިކަނބަލުންނާއެކު

ރައީސް ޑރ މުއިއްޒު އަނބިކަނބަލުންނާއެކު

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ދެކަނބަލުން އާރަށަށް ކުރައްވާ ދަތުރުފުޅުތަކަށް ހަފްތާއަކު 7 ލައްކަވުރެ ގިނަ ފައިސާ ހަރަދު ކުރާ މައްސަލަ ސަރުކާރުން ދޮގެއް ނުކުރެއްވިއެވެ.

އެ ދެ ބޭފުޅުން އާރަށަށް ވަޑައިގަންނަވާއިރު އެއްކޮށްނާއި ވަކިވަކިން ވެސް އާރަށަށް ވަޑައިގަންނަވާ ކަަމަށް ވަނީ އަޑު ފެތުރިފައެވެ. އަދި ރައީސް ޑރ.މުހައްމަދު މުއިއްޒު ވެސް ކޮންމެ ދުވަހަކު ހެން އާރަށަށް ވަޑައިގަންނަވާ ކަމަށް ވަނީ އަޑު ފެތުރިފައެވެ. މިގޮތަށް ކުރައްވާ ދަތުރުފުޅުތަކުގައި ސަރުކާރުގެ އިސް މަޤާމުތަކުގައި ތިބި ބޭފުޅުންނާއި، ވަޒީރުން، މެމްބަރުންގެ އިތުރުން އެ ދެބޭފުޅުންގެ ގާތް ރަހުމަތްތެރިން އަރިހުގައި ގެންދަވާ ކަަމަށް ވަނީ އަޑު ފެތުރިފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އާރަށަށް ވަޑައިގަންނަވާ ހަފްތާއަކު 7 ލައްކަ އަށްވުރެ ގިނަ ފައިސާ ޚަރަދު ކުރައްވާ ކަމަށް ދެކެވޭ ވާހަކާއި ގުޅިގެން ސުވާލުކުރުމުން ސަރުކާރުން ވަނީ އެކަމަށް ސާފު ޖަވާބެއް ދޭން ދެކޮޅު ހައްދަވާފައެވެ. އެއީ ރައީސްއަށް ލިބިވަޑައިގަންނަވާ އިހުތިޔާރެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ބުދަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެއެމްވީން ވަނީ ރައީސް އާ ރަށަށް ވަޒީރުންނާއެކު ވަޑައިގަންނަވާއިރު، ހަފްތާއެއްގެ މައްޗަށް 7 ލައްކަ ރުފިޔާ ހޭދަވާކަމަށް މައުލޫމާތު ލިބިފައިވާތީ އެކަން ސާފުކޮށްދިނުމަށް އެދިފައެވެ. އެ ސުވާލުގެ ޖަވާބުގައި ހީނާ ވިދާޅުވީ ރައީސް މުއިއްޒު، ރައީސް ކަމުގައި ހުންނެވުމުގެ ސަބަބުން އެމަނިކުފާނަށް އާރަށަށް ވަޑައިގެންނެވުމުގެ އިޚްތިޔާރު ލިބޭ ކަމަށެވެ. އަދި އާރަށުގައި ވަޒީރުންނާއެކު ބައްދަލުވުންތައް ބޭއްވުމަކީ ރައީސްގެ އިޚުތިޔާރީ ކަމެއް ކަމަށް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އެކަމަށް ހޭދަވާ ޚަރަދުގެ ތަފްސީލުތައް އޭނާ ހިއްސާކުރައްވާފައެއް ނުވެއެވެ.

ރައީސްގެ އިތުރުން އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަރަށް ގިނައިން އެރަށަށް ވަޑައިގަންނަވާ ކަމަށް އިތުބާރު ހުރި ގޮތަކަށް ރާއްޖެ އެމްވީ އަށް ވަނީ ލިބިފައެވެ. އަދި މި ދަތުރުތަކުގައި އަރިސް ބޭފުޅުން ގެންދަވާ އިރު އެ މީހުންގެ ކެއިންބުއިން ފަދަ ޚަރަދުތަކަށް ވެސް ބޮޑު އަދަދެއް ހޭދަކުރާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ރާއްޖޭގެ މާލީ ހާލަތު ދަށް ކަމަށް ބުނެ، ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ސަރުކާރުން ބުނަމުން ދާއިރު އާރަށަށް މިހާ ބޮޑު ހޭދައެއް ކުރުމާއި، ސަރުކާރުގެ ދަތުރުތަކަށް ބޮޑު ހޭދައެއް ކުރާތީ އާއްމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަމާއި ގުޅިގެންގިނަ ބައެއްގެ ފާޑު ކިޔުން ވެސް ސަރުކާރަށް ވަނީ އަމާޒުވެފައެވެ. މީގެ އިތުރުން ރައީސް މުއިއްޒުގެ ވެރިކަމުގައި އާރަށުގައި 24 ގަޑީއިރު ސިފައިންގެ ޚާއްސަ ޔުނިޓްތަކުން ޑިއުޓީ ކުރާ ގޮތަށް ހަމަޖައްސަައި، ސެކިއުރިޓީ ވެސް ވަނީ ވަރުގަދަކޮށްފައެވެ.

ޑރ. މުހައްމަދު މުއިއްޒުއާރަށް

ކޮމެންޓް

އިތުރަށް ކިޔާލަން

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު