Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުސަޕްލިމެންޓަރީ ބަޖެޓް

ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާ އިރު ބަޖެޓު ހޭދަކުރި ގޮތާއި މެދު ތިއްބެވީ ހަނު؟

މި އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓް ހުސްވި ގޮތެއް ސަރުކާރަށް ބުނެ އެއް ނުދެއެވެ. އެހެންނަމަވެސް ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަން އެދަނީ ތައްޔާރުވަމުންނެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 23 އޮކްޓޯބަރު 2024 | ބުދަ 13:23
ފިނޭންސް މިނިސްޓަރ ޒަމީރު، ރައީސް މުއިއްޒު އަދި އެޓަރނީ ޖެނެރަލް އުޝާމް

ފިނޭންސް މިނިސްޓަރ ޒަމީރު، ރައީސް މުއިއްޒު އަދި އެޓަރނީ ޖެނެރަލް އުޝާމް

ޚަރަދުތައް ހަމަޖައްސަން ސަޕްލިމެންޓަރީ ބަޖެޓް ހުށަހަޅާތީ މީގެ ކުރިން ރައީސް ޑރ.މުހައްމަދު މުއިއްޒު ވެސް އަދި ސަރުކާރުގެ އިސް މީހުންވެސް އަމާޒުކުރެއްވީ އިންތިހާ ފާޑުކިޔުމެވެ. އެހެންނަމަވެސް ވެރިކަން ހިންގަންވީމަ މިއަދު ސަޕްލިމަންޓަރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމާ އެކަން ވެސް އެދަނީ ކުރައްވަމުންނެވެ. ހައިރާންވާން ޖެހޭ ކަމަކީ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާ އިރު ބަޖެޓު ހޭދަކުރި ގޮތާއި މެދު ތިއްބެވީ ހަނުކަމެވެ.

ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާކަން ހޮނިހިރު ދުވަހު އެކަން ހާމަކުރެއްވީ މާލީ ވަޒީރު މޫސާ ޒަމީރުއެވެ. ވިދާޅުވަނީ ކޭޝްފްލޯ ބެލެހެއްޓުމުގައި ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ. އަދި ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށް އެހެނިހެން އަހަރުތަކެކޭ އެއްފަދަައިން މި އަހަރުވެސް ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާނެކަން ހާމަކުރެއްވިއެވެ. އަދި މިހާތަނަށް ސަޕްލިމެންޓަރީ ބަޖެޓުގެ ސީދާ އަދަދު އަދި ކަނޑައަޅާފައެއް ނުވެއެވެ. ވިދާޅުވަނީ ހުށަހަޅާނީ ކިހާ ވަރެއްގެ ސަޕްލިމެންޓަރީ ބަޖެޓެއް ކަން ކަނޑައަޅާ ނިންމާނީ ކެބިނެޓުގެ އިތުރު ލަފާ ހޯދައި އަދި ރައީސުލްޖުމްހޫރިއްޔާގެ ލަފައާ އެއްކޮށް، އޮޑިޓާ ޖެނެރަލްގެ ރިޕޯޓު ވެސް ލިބުމުން ކަމުގައެވެ.

ސަޕްލިމެންޓަރީ ބަޖެޓަކާއި ހިސާބަށް ދިޔަ އިރު ބަޖެޓްކޮށްފައި ހުރި މަޝްރޫޢުތައް ހުރީ ނުހިނގައެވެ. އާ ޕްރޮޖެކްޓެއް ނުހިނގައެވެ. އާމްދަނީ ވީ އިތުރެވެ. ބަޖެޓް ހޭދަ ކުރި ގޮތުގެ ތަފްސީލް ހާމައެއް ނުކުރައްވައެވެ. އެކަމަކު ވަކާލާތުކުރައްވަނީ ތިމާމެންނަކީ އިސްވެ ކަންކަން ހާމަކުރާ ބައެއްކަމަށް ދެއްކުމަށެވެ. ދެން އޮތްކަމަކީ ޚަރަދުކުޑަ ނުކޮށްފި ނަމަ ސަޕްލިމެންޓަރީ ބަޖެޓު 10 ބިލިއަން އަށް އަރާފާނެ ކަމަށް ބުނެފައި އަދިވެސް ޚަރަދު ކުޑަކުރަން އުޅުއްވާ ތަނެއް ނުފެނުމެވެ. އެ ޚަރަދުވެސް ސަލާމަތްކުރައްވާނެ ގޮތެއް ބުނެއެެއް ނުދެއެވެ.

ސަޕްލިމެންޓަރީ ބަޖެޓް ހުށަހަޅަމުން އަންނަ ގޮތާއި މެދު ސަރުކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެކަމާއި ގުޅޭގޮތުން ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ ޤާނޫނު އަސާސީގައި ބުނާގޮތުން ދައުލަތުގެ ޚަރަދުތައް ކުރަން ޖެހެނީ މަޖިލީހުން ފާސްކުރާ ބަޖެޓާއި އެއްގޮތަށް ކަމަށެވެ. ބަޖެޓްކޮށްފައިވާ މިންވަރަށް ވުރެ އިތުރަށް ޚަރަދުކޮށްގެން ނުވާނެކަން ވަރަށް ސާފުކޮށް އެނގެން އޮތް ކަމަށް އުޝާމް ވިދާޅުވިއެވެ. މަޖިލީހަށް ބަޖެޓް ހުށަހަޅާފައި ހުންނަނީ ސަޕްލިމެންޓްކުރުމަށް ފަހުގައި ކަމަށާއި، ޚަރަދު ކުރުމަށް ފަހު އެކަން ކުރުމަކީ ޤާނޫނު އަސާސީގެ ރޫހާއި ޚިލާފުކަމެއް ކަމަށް އުޝާމް ވިދާޅުވިއެވެ. އެހެންވިދާޅުވާ އިރު ބަޖެޓްގައި ލިޔުނުކަންކަން ނުކޮށް ބަޖެޓް ހުސްވި ގޮތް ވެސް ބަލަން ވާނެ ނޫންތޯއެވެ.

މި އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ސަރުކާރުން 5 ވަރަކަށް ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަން ޖެހޭނެ ކަމަށް އަންދާޒާކުރާ އިރު 2023 ވަނަ އަހަރު 6.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅިއެވެ.

ރާއްޖޭގެ ބަޖެޓް

އިތުރަށް ކިޔާލަން

16 ނޮވެމްބަރު 2025

މައުނަވީ ތަރައްގީގެ ބަޖެޓާ އެކު އެއްވެސް ކަމެއް ނުވޭ، އަންނަ އަހަރުގެ ބަޖެޓަކީ ވެސް ރައްޔިތުންގެ ބޯކާލާ ބަޖެޓެއް: މެމްބަރު ޒިޔާދު

16 ނޮވެމްބަރު 2025
މައުނަވީ ތަރައްގީގެ ބަޖެޓާ އެކު އެއްވެސް ކަމެއް ނުވޭ، އަންނަ އަހަރުގެ ބަޖެޓަކީ ވެސް ރައްޔިތުންގެ ބޯކާލާ ބަޖެޓެއް: މެމްބަރު ޒިޔާދު
06 ނޮވެމްބަރު 2025

އަންނަ އަހަރުގެ ބަޖެޓަކީ ދަރަނި ނަގަން ޖެހޭ މިންވަރު އިތުރުވާ ބަޖެޓެއް: އަމީރު

06 ނޮވެމްބަރު 2025
އަންނަ އަހަރުގެ ބަޖެޓަކީ ދަރަނި ނަގަން ޖެހޭ މިންވަރު އިތުރުވާ ބަޖެޓެއް: އަމީރު
22 އޮކްޓޯބަރު 2025

ތެލެސީމިއާ އެލަވަންސް ދޭން ފަށާނެ ކަމަށާއި އެކަނިވެރި މައިންގެ އެލަވަންސް ބޮޑުކުރާނެ ކަމަށް ރައީސް މުއިއްޒު އަނެއްކާ ވެސް ވިދާޅުވެއްޖެ

22 އޮކްޓޯބަރު 2025
ތެލެސީމިއާ އެލަވަންސް ދޭން ފަށާނެ ކަމަށާއި އެކަނިވެރި މައިންގެ އެލަވަންސް ބޮޑުކުރާނެ ކަމަށް ރައީސް މުއިއްޒު އަނެއްކާ ވެސް ވިދާޅުވެއްޖެ
31 އޮކްޓޯބަރު 2024

56.6 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް މަޖިލީހަށް ހުށަހަޅައިފި

31 އޮކްޓޯބަރު 2024
56.6 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް މަޖިލީހަށް ހުށަހަޅައިފި
28 އޮކްޓޯބަރު 2024

މިއަދު ގައުމު ވެއްޓިފައި މިއޮތް ހާލަތަށް ދިއުމުގައި އަޅުގަނޑު ވެސް ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ވަރަށް ބޮޑު އިހުމާލުތަކެއް އެބައޮތް: ޤާސިމް

28 އޮކްޓޯބަރު 2024
މިއަދު ގައުމު ވެއްޓިފައި މިއޮތް ހާލަތަށް ދިއުމުގައި އަޅުގަނޑު ވެސް ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ވަރަށް ބޮޑު އިހުމާލުތަކެއް އެބައޮތް: ޤާސިމް
28 އޮކްޓޯބަރު 2024

5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓް ކޮމިޓީން ފާސްކޮށްފި

28 އޮކްޓޯބަރު 2024
5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓް ކޮމިޓީން ފާސްކޮށްފި
27 އޮކްޓޯބަރު 2024

އެއްވެސް ކަމެއް ފެންނަން ނެތި އަނެއްކާ 5 ބިލިއަން ދޭށޭ ބުނުމަކީ މައްސަލައެއް - ޝިފާޒް

27 އޮކްޓޯބަރު 2024
އެއްވެސް ކަމެއް ފެންނަން ނެތި އަނެއްކާ 5 ބިލިއަން ދޭށޭ ބުނުމަކީ މައްސަލައެއް - ޝިފާޒް
24 އޮކްޓޯބަރު 2024

"ސަޕްލިމެންޓަރީ ބަޖެޓް ފާސްކުރުމުން މި އަހަރު ވެގެން ދާނީ މިހާތަނަށް ރާއްޖެ އަށް ދައުލަތުން އެންމެ ބޮޑު ޚަރަދެއް ކުރި އަހަރަށް"

24 އޮކްޓޯބަރު 2024
"ސަޕްލިމެންޓަރީ ބަޖެޓް ފާސްކުރުމުން މި އަހަރު ވެގެން ދާނީ މިހާތަނަށް ރާއްޖެ އަށް ދައުލަތުން އެންމެ ބޮޑު ޚަރަދެއް ކުރި އަހަރަށް"
24 އޮކްޓޯބަރު 2024

"ރައްޔިތުންގެ ފައިސާ އިން ޚަރަދު ކުރާގޮތް ނޭންގުމުގެ ސަޤާފަތެއް ޤާއިމްކޮށް، އެއީ ރާއްޖޭގެ ހަގީގަތް ކަމަށް ހަދައިފި"

24 އޮކްޓޯބަރު 2024
"ރައްޔިތުންގެ ފައިސާ އިން ޚަރަދު ކުރާގޮތް ނޭންގުމުގެ ސަޤާފަތެއް ޤާއިމްކޮށް، އެއީ ރާއްޖޭގެ ހަގީގަތް ކަމަށް ހަދައިފި"
24 ޖޫން 2024

ރައީސް މުއިއްޒު ދަރަނި ދައްކަވަން 13 ބިލިއަން ހޭދަކުރެއްވުމުން ދެން ހިނގި ޚަރަދުތައް ފޫބެއްދީ ކިހިނެއްތޯ ސުވާލު އުފެދިއްޖެ!

24 ޖޫން 2024
ރައީސް މުއިއްޒު ދަރަނި ދައްކަވަން 13 ބިލިއަން ހޭދަކުރެއްވުމުން ދެން ހިނގި ޚަރަދުތައް ފޫބެއްދީ ކިހިނެއްތޯ ސުވާލު އުފެދިއްޖެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު