Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

އެއްވެސް އިންޒާރެއް ދިނުމެއްނެތި އިޒްރޭލު ސިފައިން ހަމަލާދީ މަދުވެގެން 70 ފަލަސްތީނު މީހުން ޝަހީދު ކޮށްލައިފި

7 އޮކްޓޯބަރު 2023 އިން ފެށިގެން އިޒްރޭލުން ދީފައިވާ ހަމަލާތަކުގައި ޣައްޒާގައި މަދުވެގެން 42،519 މީހުން މަރުވެ، 99،637 މީހުން ޒަޚަމްވެފައިވޭ

ރާއްޖެ އެމްވީ | 20 އޮކްޓޯބަރު 2024 | އާދީއްތަ 01:35
ބައިތު ލަހިޔާގެ ފުނޑުވެފައިވާ އިމާރާތްތަކުގެ ތެރެއިން މީހަކު ހިނގާފައިދަނީ - ޖޫން 2024

ބައިތު ލަހިޔާގެ ފުނޑުވެފައިވާ އިމާރާތްތަކުގެ ތެރެއިން މީހަކު ހިނގާފައިދަނީ - ޖޫން 2024

އެއްވެސް އިންޒާރެއް ދިނުމެއް ނެތި ޣައްޒާގެ އުތުރުގައި އޮންނަ ބައިބޯ ސަރަހައްދެއް ކަމަށްވާ ބައިތު ލަހިޔާ އަށް އިޒްރޭލުން ހޮނިހިރު ދުވަހުގެ ރޭ ދިން ހަމަލާއެއްގައި މަދުވެގެން 73 ފަލަސްތީނު މީހުން ޝަހީދު ވެއްޖެއެވެ.

ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ބުނާ ގޮތުގައި ގިނަ އަދަދެއްގެ މީހުން އަދިވެސް ވަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައެވެ. އެހެން ކަމުން މިހަމަލާގައި މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ.

މަންޒަރު ދުށް މީހުން ބުނެފައިވަނީ، ވައިގެ މަގުން އިޒްރޭލު ސިފައިން ފުލުފުލުން ދިން ހަމަލާގެ ވަރުގަދަ ކަމާއެކު އިމާރާތްތަކުގެ ފައުންޑޭޝަންތަކަށް ގުޑުން އަރައިގެން ދިޔަކަމަށެވެ.

ބައިތު ލަހިޔާ އަށް ހަމަލާ ދިން އިރު، ޣައްޒާ ސްޓްރިޕްގެ އުތުރުގައި މުވާސަލާތީ ޚިދުމަތްތައް ވަނީ ކަނޑާލާފައެވެ. މި ސަރަހައްދު އިޒްރޭލުން ހިސޯރުކޮށްގެން ތިބޭތާ 16 ފާއިތުވެފައިވާ އިރު ކާނާއާއި، ފެނާއި، ބޭހާއި އަދި އެހެނިހެން މުހިންމު ވަސީލަތްތައް މި ސަރަހައްދަށް ފޯރުން ވަނީ މުޅިން ހުއްޓުމަކަށް އައިސްފައެވެ.

ޣައްޒާގެ ދެކުނުގައި، ޚާން ޔޫނިސް ކައިރީގައި އުމްރާނީ ވަސީލަތްތައް މަރާމާތުކުރަން ދިޔަ ހަތަރު އިންޖިނޭރުންނާއި މަސައްކަތްތެރިންނަށް އިޒްރޭލު ސިފައިން ހަމަލާދީ މަރާލާފައިވާ ކަމަށް އެހީ ފޯރުކޮށްދޭ ޖަމްއިއްޔާ އެއް ކަމަށްވާ އޮކްސްފާމްއިން ބުނެފައިވެއެވެ.

7 އޮކްޓޯބަރު 2023 އިން ފެށިގެން އިޒްރޭލުން ދީފައިވާ ހަމަލާތަކުގައި ޣައްޒާގައި މަދުވެގެން 42،519 މީހުން މަރުވެ، 99،637 މީހުން ޒަޚަމްވެފައިވެއެވެ.

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

13 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
10 ފެބުރުއަރީ 2017

ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ

10 ފެބުރުއަރީ 2017
ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
01 ފެބުރުއަރީ 2017

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު