Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޝޭޚް ހަސީނާ

ޝެއިޚް ހަސީނާ ހައްޔަރު ކުރަން ކޯޓު އަމުރު ނެރެފި

ކޯޓުން ނެރުނު އަމުރުގައި ވަނީ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ހައްޔަރުކޮށް، ނޮވެމްބަރު 18 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމަށް

ރާއްޖެ އެމްވީ | 17 އޮކްޓޯބަރު 2024 | ބުރާސްފަތި 10:45
މަގާމުން ދުރުކުރެވުނު ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭޚް ހަސީނާ

މަގާމުން ދުރުކުރެވުނު ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭޚް ހަސީނާ

އިންޑިއާއަށް ފިއްލަވައިގެން ވަޑައިގެންނެވި ބަންގްލަދޭޝްގެ ކުރީގެ ވެރިޔާ ޝެއިޚް ހަސީނާ ހައްޔަރުކުރުމުގެ އަމުރެއް ބަންގްލަދޭޝްގެ ކޯޓަކުން ބުރާސްފަތި ދުވަހު ވަނީ ނެރެފިއެވެ.

ޝެއިޚް ހަސީނާ ގައުމުން ފިއްލެވީ މިދިޔަ އޯގަސްޓް މަހު ބަންގްލަދޭޝް ޔުނިވަރސިޓީ  ދަރިވަރުންގެ އިސްނަގައިގެން ހިންގި އިންޤިލާބަކުން އޭނާގެ ވެރިކަން ވައްޓާލުމާ ގުޅިގެންނެވެ.

"ކޯޓުން ވަނީ... ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ހައްޔަރުކޮށް، ނޮވެމްބަރު 18 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމަށް އަމުރުކޮށްފައި،" ބަންގްލަދޭޝްގެ އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް (އައިސީޓީ) ގެ ޕްރޮސެކިއުޓަރ މުޙައްމަދު ތާޖުލް އިސްލާމް ބުރާސްފަތި ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުންޏެވެ.

ހަސީނާގެ 15 އަހަރުގެ ވެރިކަމުގައި އިންސާނީ ޙައްޤުތަކަށް ފުޅާ ދާއިރާއެއްގައި އަރައިގަތުމުގެ ޢަމަލުތައް ހިންގާފައިވާ ކަމުގެ ތުހުމަތު ވަނީ ކުރެވިފައެވެ. މީގެ ތެރޭގައި އޭނާގެ ސިޔާސީ ވާދަވެރިން ގަވާއިދާ ޚިލާފަށް ހައްޔަރުކުރުމާއި މަރާލުން ފަދަ ކުށްތައް ހިމެނެއެވެ.

އުމުރުން 77 އަހަރުގެ ހަސީނާ ބަންގްލަދޭޝް ދޫކޮށް ވަޑައިގެންނެވި ފަހުން އާންމުކޮށް ފެނިފައެއް ނުވެއެވެ. އަދި އޭނާ އެންމެ ފަހުން ހުންނެވި ކަމަށް ބެލެވެފައިވަނީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީ ކައިރީގައި ހުންނަ މިލިޓަރީ އެއަރބޭސްއެއްގައެވެ.

އިންޑިއާގައި އޭނާ ހުންނެވުމުން ބަންގްލަދޭޝް އިން ވަނީ ރުޅިގަދަވެފައެވެ.

ޑާކާއިން ވަނީ ހަސީނާގެ ޑިޕްލޮމެޓިކް ޕާސްޕޯޓު ބާޠިލުކޮށްފައެވެ.

ބަންގްލަދޭޝް އާއި އިންޑިއާ އާ ދެ ޤައުމުގެ ދެމެދުގައި ކުށްވެރިން އަނބުރާ ފޮނުވާލުމުގެ މުޢާހަދާއެއް ހަދާފައިވުމާއެކު، މި މުޢާހަދާގެ ދަށުން އޭނާ ޖިނާއީ ޝަރީޢަތަކަށް ކުރިމަތިލުމަށް އަނބުރާ ގެނައުމުގެ ފުރުޞަތު އެބައޮތެވެ.

އެހެން ނަމަވެސް ކުށްވެރިން ބަދަލު ކުރުމުގެ އެއްބަސްވުމުގައި އޮންނަ ގޮތުން، ތުހުމަތު ކުށަކީ "ސިޔާސީ ސިފައެއް" އޮތް ކުށެއްނަމަ، އަނބުރާ ފޮނުވާލުމަށް އިންކާރުކުރެވިދާނެއެވެ.

ހަސީނާގެ ހައްޔަރުކުރުމުގެ އަމުރަކަށް އެދުނު އައި.ސީ.ޓީ އަކީ 1971 ވަނަ އަހަރު ޕާކިސްތާނުން މިނިވަންވުމުގެ ހަނގުރާމައިގައި ހިންގާފައިވާ އަނިޔާވެރި ޢަމަލުތައް ތަޙްޤީޤުކުރުމަށް ޝޭޚް ހަސީނާގެ ސަރުކާރުން 2010 ވަނަ އަހަރު އުފެއްދި މުއައްސަސާއެކެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ލޯބިވެރިންގެ ދުވަސް ފާހަގަކުރުން މަނާކޮށް ޕާކިސްތާން ހައިކޯޓުން އަމުރެއް ނެރެފި

14 ފެބުރުއަރީ 2017
ލޯބިވެރިންގެ ދުވަސް ފާހަގަކުރުން މަނާކޮށް ޕާކިސްތާން ހައިކޯޓުން އަމުރެއް ނެރެފި
14 ފެބުރުއަރީ 2017

އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި

14 ފެބުރުއަރީ 2017
އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި
13 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

13 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި
10 ފެބުރުއަރީ 2017

ހަތްގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކުރުމަށް ރައީސް ޓްރަމްޕް ނެރުއްވި އަމުރު ނިއުޅެމުންދާ ގޮތަށް، ކުރު ނަޒަރެއް!

10 ފެބުރުއަރީ 2017
ހަތްގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކުރުމަށް ރައީސް ޓްރަމްޕް ނެރުއްވި އަމުރު ނިއުޅެމުންދާ ގޮތަށް، ކުރު ނަޒަރެއް!
04 ފެބުރުއަރީ 2017

ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

04 ފެބުރުއަރީ 2017
ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު