Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތެލެސީމިއާ ހޮސްޕިޓަލް

ތެލެސީމިއާ ހޮސްޕިޓަލެއް ތަރައްޤީކުރަން ސޮއިކޮށްފި

16 އޮކްޓޯބަރު 2024 | ބުދަ 02:24

ސަރުކާރުން ބުނެފައިވަނީ މި ހޮސްޕިޓަލަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތެލަސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާތައް ދެވޭގޮތަށް އިމާރާތް ކުރާ ހޮސްޕިޓަލެއް ކަމަށް

ރާއްޖެ އެމްވީ | 16 އޮކްޓޯބަރު 2024 | ބުދަ 02:24
10 އަހަރުގެ ތެލެސީމިއާ ޕްރިވެންޝަން، މެނޭޖްމަންޓް އެންޑް ކޮންޓްރޯލް މާސްޓަރ ޕްލޭން އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

10 އަހަރުގެ ތެލެސީމިއާ ޕްރިވެންޝަން، މެނޭޖްމަންޓް އެންޑް ކޮންޓްރޯލް މާސްޓަރ ޕްލޭން އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ތެލެސީމިއާ އަށް ފަރުވާ ދެވޭ ގޮތަށް ހުޅުމާލެ ފޭސް ދޭއް ގައި ހޮސްޕިޓަލެއް އިމާރާތް ކުރުމުގެ އެމްއޯޔޫއެއްގައި އަންގާރަ ދުވަހުގެރޭ ސޮއިކޮށްފިއެވެ.

އެ އެއްބަސްވުމުގައި ސޮއިކުރީ ކުރިއަށް އޮތް 10 އަހަރަށް އެކުލަވައިލި "ތެލެސީމިއާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މާސްޓަޕްލޭން" އިފްތިތާހު ކުރުމަށް ކްރޮސް ރޯޑްސް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.

Advertisement - newsAdvertisement

ހޮސްޕިޓަލު އިމާރާތްކުރުމަށް މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދޭން ހަމަޖެހިފައިވަނީ ސައިނޯމާ އިންޖީނިއަރިންގ އިންޑަސްޓްރީ ކުންފުނިން ކަމަށާއި މި ހޮސްޕިޓަލުގަ ހިންގާ ބަލަހައްޓަން ހަމަޖެހިފައިވަނީ މެލޭޝިޔާގެ މެޑޯ އޭޝިއާ ކުންފުނިން ކަމަށް ސަރުކާރުން ބުނެއެވެ.

އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް އެވެ. މެލޭޝިޔާގެ މެޑޯ އޭޝިއާ ކުންފުނީގެ ފަރާތުން ސޮއިކުރީ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ސްޓުއާޓް ޖޭ ވެނަރ ޕެކް އެވެ. ޗިން ހިން އިންޖީނިއަރިން ގްރޫޕްގެ ފަރާތުން ސޮއި ކުރީ އެ ކުންފުނީގެ ސީއީއޯ ރޮޖަރ ލިމް ސްވީކިއެޓްއެވެ. އަދި ސައިނޯމާ އިންޖީނިއަރިންގ އިންޑަސްޓްރީގެ ފަރާތުން ސޮއި ކުރީ މެނޭޖިންގ ޑިރެކްޓަރު ލިއު ޓާއޯއެވެ.

ސަރުކާރުން ބުނެފައިވަނީ މި ހޮސްޕިޓަލަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތެލަސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާތައް ދެވޭގޮތަށް، ލެބޯޓްރީއާއި ވޯޑްތަކުގެ އިތުރުން ޕްރައިވެޓް ރޫމްތަކާއި އައިސީޔޫ އަދި ގުނަވަން ބަދަލުކުރުމާއި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ޚިދުމަތް ދެވޭނެ ހޮސްޕިޓަލެއް ކަމަށެވެ.

މި ހޮސްޕިޓަލް އެޅުމަށް ހުޅުމާލެ ދެވަނަ ފިޔަވަހިން 72،000 އަކަފޫޓުގެ ބިމެއް ސަރުކާރުން ވަނީ ހަމަޖައްސައިދީފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

11 މެއި 2017

ރާއްޖެ ޓީވީގެ ކުރުފިލްމް ފެސްޓިވަލްގެ ޖަޖުންނާ އެކު ސޮއިކޮށްފި

11 މެއި 2017
ރާއްޖެ ޓީވީގެ ކުރުފިލްމް ފެސްޓިވަލްގެ ޖަޖުންނާ އެކު ސޮއިކޮށްފި
05 މެއި 2017

ކަނޑައެޅިގެން އެނގިތިބެ ތެލެސީމިއާ ދެ ކެރިއަރުން ކައިވެނި ނުކުރުމަށް ހުތުބާގައި ގޮވާލައްވައިފި

05 މެއި 2017
ކަނޑައެޅިގެން އެނގިތިބެ ތެލެސީމިއާ ދެ ކެރިއަރުން ކައިވެނި ނުކުރުމަށް ހުތުބާގައި ގޮވާލައްވައިފި
28 އެޕްރީލު 2017

ފެންފުށީ ކައުންސިލްގެ ނައިބު ރައީސް ޕީޕީއެމް ދޫކޮށް ޖޭޕީއަށް ސޮއިކޮށްފި

28 އެޕްރީލު 2017
ފެންފުށީ ކައުންސިލްގެ ނައިބު ރައީސް ޕީޕީއެމް ދޫކޮށް ޖޭޕީއަށް ސޮއިކޮށްފި
27 އެޕްރީލު 2017

ދާއިރާގެ ގިނަ ރައްޔިތުން ސަރުކާރަށް ތާއިދު ނުކުރާކަމަށްބުނި އެމްޑީޕީ ކެނޑިޑޭޓް ޕީޕީއެމަށް ސޮއިކޮށްފި

27 އެޕްރީލު 2017
ދާއިރާގެ ގިނަ ރައްޔިތުން ސަރުކާރަށް ތާއިދު ނުކުރާކަމަށްބުނި އެމްޑީޕީ ކެނޑިޑޭޓް ޕީޕީއެމަށް ސޮއިކޮށްފި
18 އެޕްރީލު 2017

ބްރޮޑްކާސްޓިން ކޮމިޝަނުގެ މެންބަރުން ވަކި ކުރުމަށް އެދި ހުށަހަޅާ ޕެޓިޝަންގައި ރާއްޖެޓީވީ ހުރިހާ މުއައްޒަފުން ސޮއިކޮށްފި

18 އެޕްރީލު 2017
ބްރޮޑްކާސްޓިން ކޮމިޝަނުގެ މެންބަރުން ވަކި ކުރުމަށް އެދި ހުށަހަޅާ ޕެޓިޝަންގައި ރާއްޖެޓީވީ ހުރިހާ މުއައްޒަފުން ސޮއިކޮށްފި
05 އެޕްރީލު 2017

ހުޅުމާލޭ ސެންޓްރަލް ޕާކް ތަރައްޤީ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

05 އެޕްރީލު 2017
ހުޅުމާލޭ ސެންޓްރަލް ޕާކް ތަރައްޤީ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި
30 މާރިޗު 2017

ސީއެސްސީ އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި

30 މާރިޗު 2017
ސީއެސްސީ އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި
24 މާރިޗު 2017

ސިޔާސީ ޕާޓީތަކުން އެއްބަސްވުމެއްގައި ސޮއިކޮށްފި

24 މާރިޗު 2017
ސިޔާސީ ޕާޓީތަކުން އެއްބަސްވުމެއްގައި ސޮއިކޮށްފި
22 މާރިޗު 2017

ސައްތަ ކިލޯ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއިކޮށްފި

22 މާރިޗު 2017
ސައްތަ ކިލޯ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއިކޮށްފި
17 ފެބުރުއަރީ 2017

ކޮންވެންޝަން ސެންޓަރު ހަލާކުކޮށްލަން އެއުޅެނީ، ހޮސްޕިޓަލެއް ވެސް ނާޅާނެ: ޔަސްރިފް

17 ފެބުރުއަރީ 2017
ކޮންވެންޝަން ސެންޓަރު ހަލާކުކޮށްލަން އެއުޅެނީ، ހޮސްޕިޓަލެއް ވެސް ނާޅާނެ: ޔަސްރިފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް