Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުޓެކްސް

ޓެކްސް ބޮޑު ކުރުމަށް މުއިއްޒު ދެކޮޅު، މިހާރު އެ ހުށަހެޅުއްވީ ބައެއް ޓެކްސް ދެގުނަ ކުރަން

14 އޮކްޓޯބަރު 2024 | ހޯމަ 11:13

ގްރީން ޓެކްސް ދެގުނަ ކޮށް، އެއަރޕޯޓް ޑިޕާޗަރ ޓެކްސް ބޮޑުކޮށް، ޓީޖީއެސްޓީ ބޮޑުކުރަން ވަނީ ނިންމާފައި - ސަރުކާރުން ހުށަހަޅާ ޓެކްސް ބޮޑު ކުރުމުގެ ޕްލޭން މައިގަނޑު ގޮތެއްގައި އަމާޒު ކުރެވިފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއަށް

ރާއްޖެ އެމްވީ | 14 އޮކްޓޯބަރު 2024 | ހޯމަ 11:13
މީހަކު ކަލްކިއުލޭޓަރެއް ބޭނުންކޮށްގެން ފައިސާ ގުނަނީ

މީހަކު ކަލްކިއުލޭޓަރެއް ބޭނުންކޮށްގެން ފައިސާ ގުނަނީ

ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ޓެކްސްތައް ބޮޑުކޮށްގެން ސަރުކާރުގެ އާމްދަނީ އިތުރުކުރަން ނިންމާ، ޓެކްސް އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަން މަޖިލީހަށް ފޮނުވައިފިއެވެ.

ސަރުކާރުން ޓެކްސް ބޮޑު ކުރަން ރައްޔިތުންގެ މަޖިލިހަށް ފޮނުވިއިރު، ޑޜ. މުއިއްޒު ކުރިން ވަނީ ޓެކްސް ބޮޑު ކުރުމާ ދެކޮޅަށް ވާހަކަދައްކަވާފައެވެ.

ސަރުކާރުން ޓެކްސް އޮނިގަނޑަށް ގެންނަ ބަދަލުތަކަށް ބަލާއިރު، މިނިސްޓްރީ އޮފް ފިނޭންސްއިން ހާމަކޮށްފައިވާ ގޮތުގައި، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް) އާއި ޑިޕާޗާ ޓެކްސް އިތުރުކޮށް، އަހަރަކު 1.5 ބިލިއަން ރުފިޔާ އިތުރަށް ހޯދުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މި ބަދަލުތައް 1 ޑިސެމްބަރު 2024 އިން ފެށިގެން ތަންފީޒުކުރަން ވެސް ވަނީ ނިންމާފައެވެ.

ޓެކްސް އަށް އަންނަ ބަދަލުގައި އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ދިވެހިން ފިޔަވައި އެހެން ފަސިންޖަރުންގެ އަތުން ނަގަމުން އައި 30 ޑޮލަރުގެ ޓެކްސް 50 ޑޮލަރަށް ބޮޑުކުރެވޭނެއެވެ. އަދި ބިޒްނަސް ކްލާހުން ދަތުރުކުރާ މީހުންގެ ޓިކެޓުން ނަގަމުން އައި 50 ޑޮލަރު 120 ޑޮލަރަށް ބޮޑު ކުރުމަށް ވަނީ ނިންމާފައެވެ.  މީގެ އިތުރުން ފަސްޓް ކްލާހުން ދަތުރުކުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކްސް 90 ޑޮލަރުން 240 ޑޮލަރަށް ބޮޑުކުރާ ގޮތައް ވަނީ ހަމަޖައްސާފައެވެ. އަދި ޕްރައިވެޓް ޖެޓުތަކުން އަންނަ މީހުންގެ އަތުން ނަގާ ފީ 120 ޑޮލަރުން 480 ޑޮލަރަށް ބޮޑުކުރެވޭނެއެވެ.

މީގެ އިތުރުން، 1 ޖެނުއަރީ 2025 އިން ފެށިގެން ގްރީން ޓެކްސް 100 ޕަސެންޓަށް ބޮޑުކުރުމަށް ވެސް ވަނީ ސަރުކާރުން ވަނީ ނިންމާފައެވެ. މިގޮތުން، ގެސްޓް ހައުސްތަކުން ނަގާ ގްރީން ޓެކްސް 3 ޑޮލަރުން 6 ޑޮލަރަށް ބޮޑުކޮށް، އަދި ރިސޯޓުތަކުން ނަގާ ގްރީން ޓެކްސް 6 ޑޮލަރުން 12 ޑޮލަރަށް ބޮޑުކުރުމަށް ވަނީ ހަމަޖައްސާފައެވެ. މި ބަދަލާ އެކު އަހަރަކު 964 މިލިއަން ރުފިޔާ އިތުރަށް ލިބޭނެ ކަމަށް ފިނޭންސުން ވަނީ އަންދާޒާކުރެވެއެވެ.

އަދި 1 ޖޫން 2025 އިން ފެށިގެން ޓީޖީއެސްޓީ 16 ޕަސެންޓުން 17 ޕަސެންޓަށް ބޮޑުކޮށް، އިތުރު 202 މިލިއަން ރުފިޔާ ހޯދުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

ޓެކްސް ބޮޑު ކުރަން ޤާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. މި އިސްލާހުތައް ފާސްވުމުން، ސަރުކާރަށް އަހަރަކު 2.6 ބިލިއަން ރުފިޔާ އިތުރުވެ، ޤައުމުގެ ޖީޑީޕީ 3 އިންސައްތައިގެ މިންވަރުގެ އާމްދަނީގެ އިތުރުވުމެއް ލިބޭނެ ކަމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ލަފާކުރެއެވެ.

ސަރުކާރުން ހުށަހަޅާ ޓެކްސް ބޮޑު ކުރުމުގެ ޕްލޭން މައިގަނޑު ގޮތެއްގައި އަމާޒު ކުރެވިފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއަށް ކަމަށް ފާހަގަ ކުރެވޭއިރު، ރާއްޖޭ އަކީ އަދިވެސް އަގުބޮޑު މަންޒިލެއްގެ ގޮތުގައި ފަތުރުވެރިންގެ މެދުގައި ގަބޫލު ކުރެވިފައި އޮންނަ އޮތުމަކީ ފަތުރުވެރިން ގެނައުމުގައި ކުރިމަތިވާ ގޮންޖެހުމެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

މި އޮކްޓޯބަރު މަހު ވޯލްޑް ބޭންކުން ނެރުނު "މޯލްޑިވްސް ޑިވެލޮމްޕްމަންޓް އަޕްޑޭޓް" ގައި ފާހަގަ ކޮށްފައިވާ ގޮތުގައި އަހަރުގެ ފުރަތަމަ ކުއަޓާގައި ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި މުއްދަތު އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު އެއް ގޮތެއްގައި ދެމެހެއްޓިފައި ވީނަމަވެސް، ފަތުރުވެރިއަކު ރާއްޖޭގައި ހުންނަ މުއްދަތުގައި ޚަރަދުކުރާ މިންވަރު ކުރިއާ އަޅާބަލާއިރު ދަށަށް ގޮސްފައިވާ ކަމަށެވެ.

ފަތުރުވެރިކަމުގެ ދާއިރާ އަށް ބުރަބޮޑުވާ ގޮތައް ޓެކްސްތައް މައްޗަށް ޖެއްސުމަށް ސަރުކާރުން ނިންމިޔަސް ޑރ. މުއިއްޒު ކޮންޓްރޯލް ކުރައްވާ މަޖިލިހެއް ރާއްޖޭގައި އޮތުމާއެކު، ސަރުކާރުން ހުށަހަޅާ ގޮތަކަށް ޓެކްސް ބޮޑުކުރަން މަޖިލީހުން ފާސްވާނެ ކަމަށް ވަނީ ބެލެވިފައެވެ.

ފައިސާ

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

02 ޖުލައި 2025

މާލޭ ގެއަކުން ވަގަށް ނެގި އެއްލައްކަ އަށްވުރެ ގިނަ ރުފިޔާ ހޯދައި މީހަކު ހައްޔަރުކޮށްފި

02 ޖުލައި 2025
މާލޭ ގެއަކުން ވަގަށް ނެގި އެއްލައްކަ އަށްވުރެ ގިނަ ރުފިޔާ ހޯދައި މީހަކު ހައްޔަރުކޮށްފި
19 މާރިޗު 2017

ކޮޓަރިތައް ފުރާނެ ގޮތެއް ނެތި ރިސޯޓުތަކުގެ ވެރިން ކަންބޮޑުވެފައި

19 މާރިޗު 2017
ކޮޓަރިތައް ފުރާނެ ގޮތެއް ނެތި ރިސޯޓުތަކުގެ ވެރިން ކަންބޮޑުވެފައި
24 ފެބުރުއަރީ 2017

ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް

24 ފެބުރުއަރީ 2017
ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް
21 ފެބުރުއަރީ 2017

މިހާރު ކޭޝްކާޑު ޓެކްސީތަކުގައި ވެސް ބޭނުންކުރެވޭ

21 ފެބުރުއަރީ 2017
މިހާރު ކޭޝްކާޑު ޓެކްސީތަކުގައި ވެސް ބޭނުންކުރެވޭ
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
10 ފެބުރުއަރީ 2017

ސަރަޙައްދީ އޮފީސްތަކަށް ބަލައިގަތް ޓެކްސް ޢާމްދަނީ އިތުރުވެއްޖެ

10 ފެބުރުއަރީ 2017
ސަރަޙައްދީ އޮފީސްތަކަށް ބަލައިގަތް ޓެކްސް ޢާމްދަނީ އިތުރުވެއްޖެ
01 ފެބުރުއަރީ 2017

މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ

01 ފެބުރުއަރީ 2017
މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ
20 ޖެނުއަރީ 2017

މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ

20 ޖެނުއަރީ 2017
މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ
17 ޖެނުއަރީ 2017

ރެމިޓެންސް ޓެކްސް ދެއްކުމުން ބަރީޢަވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާގޮތަށް ހަމަޖައްސައިފި

17 ޖެނުއަރީ 2017
ރެމިޓެންސް ޓެކްސް ދެއްކުމުން ބަރީޢަވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާގޮތަށް ހަމަޖައްސައިފި
11 ޖެނުއަރީ 2017

ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ

11 ޖެނުއަރީ 2017
ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް