Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަނިޔާވެރިކަން އިސްކުރުން

އަނިޔާވެރިކަން އިސްކުރި ވަރަކަށް ރައްޔިތުންގެ މެދުގައި މަޤްބޫލުކަން ގެއްލުން ނޫން ކަމެއް ނުވާނެ: އަހުމަދު އަބްދުﷲ

ދަތި އުނދަގޫ ޙާލަތަށް ޤައުމު ގޮސް، ރައްޔިތުންނަށް ދަތިވާނަމަ އޭގެ އުނދަގޫ ރައްޔިތުންނަށް ކުރިމަތިވާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 2 އޮކްޓޯބަރު 2024 | ބުދަ 07:36
ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އަބްދުﷲ

އަނިޔާވެރިކަން އިސްކުރި ވަރަކަށް ރައްޔިތުންގެ މެދުގައި މަޤްބޫލުކަން ގެއްލުން ނޫން ކަމެއް ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ސުވާލަކީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަހުމަދު އަބްދުﷲ ވިދާޅުވީ، މި ސަރުކާރު ސިފަ ކުރެވެނީ ހުންގާނެއް ނެތް އޮޑިއެއްގެ ގޮތުގައި ކަމަށެވެ.

Advertisement - newsAdvertisement

އެހެން ދެކިލައްވާ ސަބަބުތަކަށް އަލިއަޅުވާލައްވާ އޭނާ ވިދާޅުވީ، މި ސަރުކާރުގައި ހިންގުމުގެ ތަޖުރިބާއާއި، ކަންކަން ކުރުމުގެ ވައްޓަފާޅިއެއް ނެތް ކަމަށާއި، އެންމެ ކުޑަމިނުން ބަސް ޤަބޫލުކޮށް ނަސޭހަތް އަޑުއެހުމުގެ ވިސްނުމެއްވެސް ނެތް ކަމަށެވެ.

އޭގެ އިތުރުން، ގަދަ ބާރުން ކަންކަން ކުރާ އުސޫލަކީ މި ޒަމާނުގައި ބަލައިގަންނަ އުސޫލެއް ނޫންކަން ފާހަގަ ކުރައްވައި އަހުމަދު އަބްދުﷲ ވިދާޅުވީ، ހުދުމުހުތާރު ސިފަތަކަކީ މިއަދު ބަލައިގަނެވޭ އަދި ތަރުހީބު ލިބޭ ސިފައެއް ނޫން ކަމަށެވެ.

ހަމައެއާއެކު، އަނިޔާވެރިކަމަށް އާނބަސް ބުނެގެން މިއަދު ރައްޔިތުން ނުތިބޭނެކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، އަނިޔާވެރިކަން އިސްކުރި ވަރަކަށް ރައްޔިތުންގެ މެދުގައި މަޤްބޫލުކަން ގެއްލުން ނޫން ކަމެއް ނުވާނެ ކަމަށެވެ. އެގޮތުން ދަތި އުނދަގޫ ޙާލަތަށް ޤައުމު ގޮސް، ރައްޔިތުންނަށް ދަތިވާނަމަ އޭގެ އުނދަގޫ ރައްޔިތުންނަށް ކުރިމަތިވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިސާލެއްގެ ގޮތުން ކަރަންޓު ބިލާއި ފެން ބިލު ބޮޑުވުމުގެ މައްސަލައަށް އޭނާ އަލިއަޅުވާލެއްވިއެވެ.

ކަންކަން އެހެން ހުރުމާއެކު މި ސަރުކާރާމެދު ރައްޔިތުންގެ ކަންބޮޑުވުން ބޮޑުކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މެމްބަރު އަހުމަދު އަބްދުﷲޑރ. މުހައްމަދު މުއިއްޒު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
10 ޑިސެމްބަރު 2025

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
07 ޑިސެމްބަރު 2025

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް
06 ޑިސެމްބަރު 2025

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު