Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބަންގްލަދޭޝްގައި ކުރިއަށްދިޔަ މުޒާހަރާ

ހަސީނާ ސަރުކާރާ ދެކޮޅަށް ޔޫއޭއީގައި މުޒާހަރާ ކޮށްގެން ޖަލަށްލީ މީހުންނަށް މާފު ދީފި

މާފު ދިން މީހުން ޑީޕޯޓް ކުރުމުގެ މަސައްކަތް ޔޫއޭއީ ސަރުކާރުން ކުރަމުންދާ ކަމަށް ބުނެއެވެ.

ރާއްޖެ އެމްވީ | 4 ސެޕްޓެމްބަރު 2024 | ބުދަ 12:25
ލައްކަތަކުން މީހުން ބައިވެރިވެފައިވާ، މި މުޒާހަރާތައް ޖުލައި މަހު ފެށުނީ ދަރިވަރުން ސަރުކާރުގެ ވަޒީފާތައް ދިނުމުގައި ބޭނުންކުރާ ކޯޓާ ނިޒާމަކާ ދެކޮޅަށް

ލައްކަތަކުން މީހުން ބައިވެރިވެފައިވާ، މި މުޒާހަރާތައް ޖުލައި މަހު ފެށުނީ ދަރިވަރުން ސަރުކާރުގެ ވަޒީފާތައް ދިނުމުގައި ބޭނުންކުރާ ކޯޓާ ނިޒާމަކާ ދެކޮޅަށް

ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާގެ ސަރުކާރާ ދެކޮޅަށް އެ ގައުމުގެ ޔުނިވަރސިޓީ ދަރިވަރުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މުޒާހަރާ ތަކުގައި ބައިވެރިވުމުގެ ގޮތުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ދިރިއުޅޭ ބަންގްލަދޭޝް މީހުން އިހްތިޖާޖު ކުރުމުގެ ސަބަބުން ޖަލަލަށް ލީ މީހުން މިނިވަން ކޮށްފިއެވެ.

އެމިރޭޓްސް ނިއުސް އެޖެންސީ (ވާމް) އިން އަންގާރަ ދުވަހު ރިޕޯޓުކުރި ގޮތުގައި، ޔޫއޭއީ ގެ ރައީސް ޝެއިޚް މުޙައްމަދު ބިން ޒަޔިދު ވަނީ އެ އިހުތިޖާޖް ކުރުމުގެ ސަބަބުން ޖަލަށްލެވުނު ބަންގްލަދޭޝްގެ ރައްޔިތުންނަށް މަޢާފު ދެއްވާފައެވެ.

މީގެ ތެރޭގައި އުމުރަށް ޖަލަށްލުމަށް ހުކުމް ކުރި 3 މީހަކާއި، 10 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރި 53 މީހަކާއި، 11 އަހަރަށް ޖަލަށްލުމަށް ޙުކުމްކުރި މީހަކު ހިމެނޭ ކަމަށް ރިޕޯޓް ކޮށްފައިވެއެވެ.

އެމީހުންގެ ޖަލު ޙުކުމް ބާތިލް ކޮށްފައި ވުމާއެކު ޔޫއޭއީ ސަރުކާރުން ވަނީ އެމީހުން އަނބުރާ ބަންގްލަދޭޝަށް ފޮނުވާލުމުގެ އިންތިޒާމު ހަމަޖައްސާފައެވެ.

ޖުލައި މަހު ބަންގްލަދޭޝްގައި ސަރުކާރުގެ ވަޒީފާތައް ދިނުމުގައި އަމަލު ކުރާ ކޯޓާ ސިސްޓަމް އާ ދެކޮޅަށް ޔުނިވަރސިޓީ ދަރިވަރުން އިސް ނަގައިގެން ފެށި މުޒާހަރާތައް ހޫނުވެ އެންމެ ފަހުން، ބޮޑުވަޒީރުގެ ގަނޑުވަރަށް އެތައް ހާސް މީހުން ވަދެގަތުމަށް އެޅެން ފެށުމާއެކު ހަސީނާ ވަނީ އިސްތިއުފާ ދެއްވާ އޮގަސްޓް މަހުގެ 5 ވަނަ ދުވަހު ފިއްލަވައިގެން އިންޑިއާ އަށް ވަޑައިގެންފައެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

04 ފެބުރުއަރީ 2017
ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
31 ޖެނުއަރީ 2017

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ
30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
29 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

29 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު