Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޕީޖީ ވަކި ކުރުމުގެ މައްސަލަ

އިތުބާރު ނެތްކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލައަށް ޖަވާބުދާރީވާ ކޮމިޓީ ލައިވްކޮށްދޭން ޝަމީމް އެދިފައިވަނިކޮށް ސިއްރުކޮށްފި

މި ޖަލްސާ ސިއްރު ނުކޮށް، ޢާންމުންނަށް ހުޅުވާލައިގެން ބާއްވަވައި ދެއްވުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އެދިލައްވާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 22 އޯގަސްޓު 2024 | ބުރާސްފަތި 06:18
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް

ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމްގެ އިތުބާރު ނެތްކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ޖަވާބުދާރީ ވެ ވަޑައިގަންނަވަން ބޭއްވި ކޮމިޓީ ސިއްރުކޮށްފިއެވެ.

ކޮމިޓީ ސިއްރު ކޮށްފައިވަނީ ކޮމިޓީގެ މި ޖަލްސާ ސިއްރު ނުކޮށް، ޢާންމުންނަށް ހުޅުވާލައިގެން ބާއްވަވައި ދެއްވުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އެދިވަޑައިގަންނަވާފައި ވަނިކޮށެވެ.

Advertisement - newsAdvertisement

ކޮމިޓީ ބައްދަލުވުން ސިއްރު ކޮށްފައިވަނީ މީގެ ކުރިން ބޭއްވި ކޮމިޓީ ބައްދަލުވުމެއް ސިއްރު ކުރައްވަން ވަކި ހިސާބަކުން ޕީޖީ އަމިއްލަފުޅަށް އެދިވަޑައިގެންފައިވާތީ އެކަމަށް އިހުތިރާމް ކުރުމުގެ ގޮތުންކަމަށް ބުނެއެވެ. ނަމަވެސް އެ ދުވަހުގެ ބައްދަލުވުން ސިއްރު ކޮށްދޭން ޕީޖީ އެދިވަޑައިގަތީ ޕީޖީ އޮފީހުގެ މަސައްކަތްތަކާ ގުޅިގެން ހައްސާސް މައުލޫމާތުތަކެއް ކޮމިޓީއަށް ހިއްސާ ކުރުމަށެވެ. އެއީ ކޮމިޓީގައި ލައިވްކޮށް ޕްރެޒެންޓޭޝަނެއްވެސް ދެއްވުމަށްފަހުއެވެ.

އެ ދުވަހު ކޮމިޓީ ސިއްރުކުރަން އެދިލެއްވީވެސް ޕީޖީ އޮފީހުގެ ކޭސް މެނޭޖްމަންޓް ސިސްޓަމް ކޮމިޓީގައި މެމްބަރުންނަށް ދައްކާލުމުގެ ގޮތުންނެވެ. އެނޫން މައުލޫމާތުތައް އާންމުކުރަން އޭރުވެސް ޕީޖީ އެދިވަޑައިގެންނެވިއެވެ.

އޭގެ އިތުރުން، ޕީޖީ ވަކި ކުރުމަށް އެދި ހުށަހަޅާފައިވާ މައްސަލައިގައި ކޮށްފައިވަނީ ބޮޑެތި ތުހުމަތުތަކެއްކަމަށްވާއިރު، އެ ތުހުމަތުތައް ކޮށްފައިވަނީވެސް ޕަބްލިކްގައި ކަމަށްވާއިރު، އެ ތުހުމަތުތަކަށް ޖަވާބުދާރީވާން ބާއްވާ ކޮމިޓީވެސް އާންމު ކުރުމަކީ ތަބައީ އިންސާފުގެ މަގުން ބަލާއިރު އެންމެ ރަނގަޅު ގޮތްކަމަށްވާތީ ޕީޖީ ވަނީ ކޮމިޓީ ސިއްރު ނުކޮށްދޭން އެދިފައެވެ.

ޝަމީމް ވަކި ކުރެއްވުމަށް މަޖިލީހަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދުއެވެ. ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާޤުން އޭރު ފާސްކޮށްފައިވަނީ މި މައްސަލައިގައި ޖަވާބުދާރީވުމަށް ޝަމީމަށް ނޯޓިސް ފޮނުވުމަށެވެ. އެގޮތުން ފަސް ދުވަހުގެ ނޯޓިސްއެއް ޝަމީމަށް ފޮނުވަން ކޮމިޓީން ފާސްކޮށް ޖަވާބުދާރީވާން ތާވަލުކުރީ ބުރާސްފަތި ދުވަހަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފެއިލްކޮށްލާނަން: ނިހާން

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފެއިލްކޮށްލާނަން: ނިހާން

22 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން

މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން

17 ފެބުރުއަރީ 2017
ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި

ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި

12 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު