Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ޔުނައިޓެޑު

ފުރުސަތުތައް ގެއްލުނަސް، ޓެން ހާގްގެ އިތުބާރު ރަޝްފޯޑަށް

ރަޝްފޯޑު އެއް ފަހަރު ވެސް ލަނޑު ޖަހައިފި ނަމަ، ދެން އޭނާ ލަނޑު ޖެހުމުގައި ދެމި ހުންނާނެ ކަމަށް ވެސް ޓެން ހާގް ވަނީ ބުނެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 އޯގަސްޓު 2024 | އާދީއްތަ 07:47
މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް އަދި މާކަސް ރަޝްފޯޑު

މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް އަދި މާކަސް ރަޝްފޯޑު

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ މާކަސް ރަޝްފޯޑަށް ފުރިހަމަ އިތުބާރު އޮތް ކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

އޭނާ މިހެން ބުނީ މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅުނު ކޮމިއުނިޓީ ޝީލްޑް މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. އެ މެޗުގެ ފުރަތަމަ 11 ގައި ހިމެނިގެން ރަޝްފޯޑު ކުޅުނުއިރު، އޭނާ އަށް ވަނީ ފުރުސަތުތަކެއް ލިބިފަ އެވެ. މެޗުގެ ފަހު 10 މިނެޓުގެ ތެރޭގައި ޓެން ހާގް ވަނީ ރަޝްފޯޑު ބަދަލު ކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޓެން ހާގް ބުނީ، ރަޝްފޯޑު އަދި ޔުނައިޓެޑު ރަނގަޅު ގޮތުގައި ކުރިއަށްދާ ނަމަ، ލަނޑުތައް ޖަހާނެ ކަމަށެވެ. އަދި މެޗުތަކުގައި ލިބޭ ފުރުސަތުތައް ގެއްލުމުގެ ސަބަބުން ކުރިމަތިވާ ޕްރެޝަރުތަކާ ކުރިމަތިލާން ވެސް ރަޝްފޯޑަށް އިނގޭނެ ކަމަށް ޓެން ހާގް ބުންޏެވެ. އަދި ރަޝްފޯޑު އެއް ފަހަރު ވެސް ލަނޑު ޖަހައިފި ނަމަ، ދެން އޭނާ ލަނޑު ޖެހުމުގައި ދެމި ހުންނާނެ ކަމަށް ވެސް ޓެން ހާގް ވަނީ ބުނެފަ އެވެ. އަދި އެކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް ވެސް ޓެން ހާގް ބުންޏެވެ.

ޔުނައިޓެޑުން ސީނިއާ ކެރިއަރު ފެށި ރަޝްފޯޑު ވަނީ މިހާތަނަށް އެ ކުލަބުގައި ހޭދަކޮށްފައިވާ 10 ސީޒަންގެ ތެރޭގައި 403 މެޗު ކުޅެދީ، 131 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާ އެކު އޭނާ ވަނީ ހަ ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އެއީ އެފްއޭ ކަޕް، ކަރަބޯ ކަޕް، އެފްއޭ ކޮމިއުނިޓީ ޝީލްޑް އަދި ޔުއެފާ ޔޫރޮޕާ ލީގެވެ.

އިތުރަށް ކިޔާލަން

19 މާރިޗު 2017

ގައުމީ ހޭންޑްބޯލް ޓީމުގެ އެސިސްޓެންޓް ކޯޗު ސޮފީ ހަންގޭރީ އަށް

19 މާރިޗު 2017
ގައުމީ ހޭންޑްބޯލް ޓީމުގެ އެސިސްޓެންޓް ކޯޗު ސޮފީ ހަންގޭރީ އަށް
27 ފެބުރުއަރީ 2017

ކޭންގެ ހެޓްރިކާއެކު ޓޮޓެންހަމް ޓޭބަލްގެ ދެވަނައަށް

27 ފެބުރުއަރީ 2017
ކޭންގެ ހެޓްރިކާއެކު ޓޮޓެންހަމް ޓޭބަލްގެ ދެވަނައަށް
20 ފެބުރުއަރީ 2017

އެފްއޭކަޕް: ޔުނައިޓެޑް އަދި ޓޮޓެންހަމް ވެސް ސަލާމަތްވެ ކުއާޓާ އަށް

20 ފެބުރުއަރީ 2017
އެފްއޭކަޕް: ޔުނައިޓެޑް އަދި ޓޮޓެންހަމް ވެސް ސަލާމަތްވެ ކުއާޓާ އަށް
12 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ

12 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ
05 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު