Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިތާ އިންޓަރ ރިސޯރޓް ވޮލީ

ޖޯލި ބީން ދެވަނަ މޮޅު، ހެރިޓެންސް އާރަށް ފުރަތަމަ މޮޅު

ހޮނިހިރު ދުވަހުގެރޭ ދެ މެޗު ކުޅޭނެ އެވެ.

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 10 އޯގަސްޓު 2024 | ހޮނިހިރު 05:21
އިތާ އިންޓަރ ރިސޯރޓް ވޮލީބޯޅަ މުބާރާތުގެ ތެރެއިން

އިތާ އިންޓަރ ރިސޯރޓް ވޮލީބޯޅަ މުބާރާތުގެ ތެރެއިން

އިތާ އިންޓަރ ރިސޯރޓް ވޮލީބޯޅަ މުބާރާތުގައި ޖޯލި ބީން ދެވަނަ މެޗުންވެސް މޮޅުވެ, ހެރިޓެންސް އާރަށް ފުރަތަމަ މޮޅު ހޯދައިފި އެވެ.

ޖޯލި ބީން ދެވަނަ މެޗު ކާމިޔާބުކޮށް, ސެމީގެ ޔަގީންކަން ހޯދީ ސީދާ ތިން ސެޓުން މީދުއްޕަރު ބަލިކޮށްގެންނެވެ. ގްރޫޕް އޭގައި ޖޯލި ބީން މީދުއްޕަރު އަތުން ސެޓްތައް ގެންދިޔައީ 25-7, 25-14 އަދި 25-22 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ޖޯލި ބީންގެ ސާޖިދު ރަޝީދު އެވެ. ޖޯލި ބީން ފުރަތަމަ މެޗު ކާމިޔާބުކުރީ ކުޑަފުއްޓާއި ވާދަކޮށް 3-2 ސެޓުން ނެވެ.

ހެރިޓެންސް އާރަށް ފުރަތަމަ މޮޅު ހޯދީ ފާރުުފުށި ރިސޯރޓް އެންޑް ސްޕާ ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ. ހެރިޓެންސް އާރަށް މެޗުގެ ސެޓްތައް ގެންދިޔައީ 25-22, 25-22 އަދި 25-20 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ޗަމީރާ ޕްރަޝާދު އެވެ. ފުރަތަމަ މެޗުގައި ޖޯލި މޯލްޑިވްސް އަތުން ބަލިވި ނަމަވެސް ދެވަނަ މެޗު ކާމިޔާބުކުރުމުން ހެރިޓެންސް އާރަށަށް ވަނީ ސެމީގެ ދޮރު ހުޅުވިފައެވެ.

މުބާރާތުގައި ހޮނިހިރު ދުވަހުގެރޭ ދެ މެޗު ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި ވާދަކުރާނީ ގްރޫޕް އޭގެ ކުޑަފުއްޓާއި މީދުއްޕަރެވެ. ދެވަނަ މެޗުގައި ވާދަކުރާނީ ގްރޫޕް ބީގެ ރީތިފަރާއި ހެރިޓެންސް އާރަށެވެ. މިއީ މީދޫ އެކުވެރި ކްލަބުން އެއަތޮޅުގެ ރިސޯރޓްތަކުގެ މެދުގައި މީދޫގައި ކުރިއަށް ގެންދާ މުބާރާތެކެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު