Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފުޓްބޯޅަ

ޗެލްސީގެ ވައިސް ކެޕްޓަންކަން އެންޒޯ އަށް

އޭނާ ވަނީ ޗެލްސީގައި ތިބި ފްރާންސް ކުޅުންތެރިން ކިބައިން މައާފަށް އެދިފައި

ރާއްޖެ އެމްވީ | 8 އޯގަސްޓު 2024 | ބުރާސްފަތި 03:27
އެންޒޯ ފެނާންޑޭޒް ޗެލްސީގެ ކެޕްޓަން ބޭންޑް އަޅައިގެން

އެންޒޯ ފެނާންޑޭޒް ޗެލްސީގެ ކެޕްޓަން ބޭންޑް އަޅައިގެން

ފާޑުކިއުން އަމާޒުވެފައިވާ އާޖެންޓީނާގެ މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒަށް ޗެލްސީގެ ވައިސް ކެޕްޓަންކަން ދޭން ނިންމައިފި އެވެ.

އާ ކޯޗު އެންޒޯ މަރެސްކާ މި ގޮތަށް ނިންމަން ބޭނުންވީ މިވަގުތު ޓީމުގައި ތިބި ކުޅުންތެރިންނަށް ބަލާއިރު އެންޒޯ އަކީ އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާއަށްވުމުންނެވެ. އެންޒޯ އަކީ 2022 ވަނަ އަހަރުގެ ވޯލްޑްކަޕާއި މި އަހަރުގެ ކޮޕާ އެމެރިކާ އާޖެންޓީނާ އަށް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ.

އޭނާ އަށް ފާޑުކިއުން އަމާޒުވީ ކޮޕާ އެމެރިކާ ކާމިޔާބު ކުރުމަށްފަހު ފްރާންސްގެ ކުޅުންތެރިންނަށް ބަދުބަސް ބުނުމާއި ނަސްލީ ގޮތުން އެމީހުންނާ ދިމާކުރުމުގެ ގޮތުން ލަވަކިޔާފައިވާތީ އެވެ. މި މައްސަލާގައި ފީފާއިން ވެސް ފަނީ އެންޒޯގެ އަމަލުތައް ބަލަމުންނެވެ.

ނަމަވެސް ޗެލްސީގެ ކޯޗު މަރެސްކާ ބުނީ އާ ސީޒަނަށް ތައްޔާރުވާން ޗެލްސީ މިހާރު ކުރަމުންދާ ދަތުރުގައި ޓީމާ ގުޅުމަށްފަހު އެންޒޯ އެކަމާ ޗެލްސީގައި ތިބި ފްރާންސްގެ ކުޅުންތެރިންގެ ކިބައިން މައާފަށް އެދިފައިވާ ކަމަށެވެ. ނަމަވެސް އޭނާ އަށް ކެޕްޓަންކަން ދިނުމަކީ އިނގިރޭސި މީޑިއާގެ ފާޑުކިއުން އަމާޒުވާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

ނަމަވެސް މިއިން ކަމަކާ ވިސްނުމެއްނެތި މަރެސްކާ ވަނީ އެމެރިކާގައި މިހާރު ކުޅެމުންދާ ފްރީ ސީޒަން މެޗުތަކުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ހާފުގައި އެންޒޯ އަތުގައި ކެޕްޓަން ބޭންޑް އަޅުވައިފަ އެވެ.

އިތުރަށް ކިޔާލަން

27 ޖޫން 2017

ޗެލްސީގެ މަޓިކް ޔުނައިޓެޑާއެކު މެޑިކަލް ހަދަން ތައްޔާރުވެއްޖެ

27 ޖޫން 2017
ޗެލްސީގެ މަޓިކް ޔުނައިޓެޑާއެކު މެޑިކަލް ހަދަން ތައްޔާރުވެއްޖެ
31 މެއި 2017

ޗެލްސީގެ ކީޕަރު ބެގޮވިޗް އޭއެފްސީ ބޯންމައުތްއަށް ބަދަލުވެއްޖެ

31 މެއި 2017
ޗެލްސީގެ ކީޕަރު ބެގޮވިޗް އޭއެފްސީ ބޯންމައުތްއަށް ބަދަލުވެއްޖެ
24 މެއި 2017

ޗެލްސީގެ ކާމިޔާބީގެ ހިނގާލުން ނުބާއްވާ ގޮތަށް ނިންމައިފި

24 މެއި 2017
ޗެލްސީގެ ކާމިޔާބީގެ ހިނގާލުން ނުބާއްވާ ގޮތަށް ނިންމައިފި
08 މެއި 2017

ފުޓްބޯލް ރައިޓާސްގެ އެންމެ މަގްބޫލް ކުޅުންތެރިޔަކަށް ޗެލްސީގެ ކަންޓޭ

08 މެއި 2017
ފުޓްބޯލް ރައިޓާސްގެ އެންމެ މަގްބޫލް ކުޅުންތެރިޔަކަށް ޗެލްސީގެ ކަންޓޭ
18 މާރިޗު 2017

ޗެލްސީގެ ކޮންޓޭ އަށް އިންޓަމިލާންގެ ބޮޑު ހުށަހެޅުމެއް

18 މާރިޗު 2017
ޗެލްސީގެ ކޮންޓޭ އަށް އިންޓަމިލާންގެ ބޮޑު ހުށަހެޅުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު